ޓީސީ ބަލިކޮށް ގްރީން ސްޓްރީޓްސް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށްފި

Jul 31, 2022, 7:03 PM
ގްރީން ސްޓްރީޓްސްގެ އޮގީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގްރީން ސްޓްރީޓްސްގެ އޮގީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން މޮޅުވެ، ކްލަބް ގްރީން ސްޓްރީޓްސް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށް، މި ސީޒަންގެ ދިވެހި ލީގުގެ ކެމްޕޭން ނިންމާލައިފި އެވެ.

މި ސީޒަންގެ ލީގު ގްރީން ސްޓްރީޓްސް ނިންމާލީ 30 ޕޮއިންޓާ އެކު އެވެ. ކުޅުނު 21 މެޗުގެ ތެރެއިން، ގްރީން ސްޓްރީޓްސް ވަނީ ނުވަ މެޗު ކާމިޔާބުކޮށްފަ އެވެ. ތިން މެޗު އެއްވަރުވިއިރު، ނުވަ މެޗުން ވަނީ ބަލިވެފަ އެވެ.

ލީގުގައި މާދަމާ ހަވީރު ޔުނައިޓަޑް ވިކްޓަރީ އާއި ކްލަބު ވެލެންސިއާ ކުޅޭ މެޗުން ޔުނައިޓަޑް ވިކްޓަރީ މޮޅުވެ، ނުވަތަ މެޗު އެއްވަރުވެއްޖެ ނަމަ، ގްރީން ސްޓްރީޓްސް އަށް ތިން ވަނައިގައި ލީގު ނިންމާލެވޭނެ އެވެ. މި ވަގުތު 29 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ވެލެންސިއާ މޮޅުވެއްޖެނަމަ، ތިން ވަނަ ލިބޭނީ އެ ޓީމަށެވެ.

Advertisement

ޓީސީ މި ސީޒަންގެ ދިވެހި ލީގު ނިންމާލީ 28 ޕޮއިންޓާ އެކު އެވެ. ލީގުގައި މާދަމާ ހަވީރު ޔުނައިޓަޑް ވިކްޓަރީ ކުޅޭ މެޗުން އެ ޓީމު މޮޅުނުވެއްޖެނަމަ، ޓީސީ އަށް ފަސް ވަނަ ކަށަވަރުވާނެ އެވެ.

ގްރީން ސްޓްރީޓްސް އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ރަނގަޅު ފޯމެއްގައި ފެށި ނަމަވެސް، ސީޒަންގެ މެދުތެރެއިން ގްރީން ސްޓްރީޓްސްގެ ފޯމު ދަށްވި އެވެ. އެކަމަކު، މިޑް-ސީޒަންގެ ޓްރާންސްފާ އަށް ފަހު ނަތީޖާތައް ރަނގަޅުކޮށް، އެ ޓީމު ލީގު މި ނިންމާލީ ވަރުގަދަކޮށެވެ.

ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި މެޗު ކުރިއަށްދިޔައިރު، ގަލޮޅު ރަސްމީ ދަނޑުގެ ޕިޗު އޮތީ ފެންހެދި، ވަރަށް ބޮޑަށް ޗަކަވެފަ އެވެ. އެހެންކަމުން، ތިރިތިރިން ޕާސްކޮށް ކުޅުމަށް ދެ ޓީމަށް ވެސް އުނދަގޫވި އެވެ. އަދި ވަރަށް ގިނަ ފައުލްތައް މެޗުގެ ތެރެއިން ފެނިގެންދިޔަ އެވެ.

ހަމަލާތައް އުފެއްދުމަށް ދެ ޓީމަށް ވެސް އުނދަގޫވި ފުރަތަމަ ހާފުގެ 42 ވަނަ މިނިޓުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޓީސީގެ ގޯލްކީޕަރު، ސްރީ ލަންކާގެ ގައުމީ ޓީމުގެ ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 44 ވަނަ މިނިޓުގައި ގްރީން ސްޓްރީޓްސްގެ ޕެނަލްޓީ އޭރިޔާ ބޭރަށް ނުކުމެ، އެ ޓީމުގެ ގޯލްކީޕަރު، ޕާކިސްތާންގެ ސާގިބް ހަނީފް ބޯޅަ ސާފުކޮށްލަން މަސައްކަތްކުރި ނަމަވެސް، އޭނާ ސާފުކޮށްލި ބޯޅަ ލިބުނީ ހާފުގެ މެދާ ހިސާބުގައި ހުރި ޓީސީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަށެވެ. އެކަމަކު، ގްރީން ގޯލްކީޕަރު، ސާގިބް ގޯލަށް ރަނގަޅަށް ނޭރެނީސް އޭނާ ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ 48 ވަނަ މިނިޓުގެ ތެރޭގައި ޓީސީގެ ފޯވަޑް ޒަޔާން ނަސީރަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ގްރީން ސްޓްރީޓްސްގެ ޑިފެންޑަރެއްގެ ފަހަތުން އަރައި، އޭނާ ބޯޅަ ހޯދި ނަމަވެސް، އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަންނަން ދަނިކޮށް، އެ ބޯޅަ ފެންގަނޑުގެ ސަބަބުން ހަރުލީ އެވެ.

ގްރީން ސްޓްރީޓްސް އިން ލީޑު ނެގީ މެޗުގެ 59 ވަނަ މިނިޓުގައި އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ސައިފް ޖެހި ލަނޑުންނެވެ. ގްރީން ސްޓްރީޓްސް އަށް ލިބުނު ހިލޭޖެހުމަކުން އަންސަރު އިބްރާހިމް (އަންކޮ) ގޯލާ ދިމާލަށް ހުރަސްކޮށްލި ބޯޅަ، ގޯލުގެ ހުރަސް ދަނޑީގައި ޖެހި ޕެނަލްޓީ އޭރިޔާ ތެރެއަށް ފެނުޖެހުނު ވަގުތު، ސައިފް ވަނީ ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ބޯޅަ ގޯލަށް ވަނީ ޓެކަލް ކުރި ޓީސީ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

މެޗުގެ 75 ވަނަ މިނިޓުގައި ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހީ މުހައްމަދު ޖައިލަމް (އޮގީ) އެވެ. ޓީސީގެ އޭރިޔާ ތެރެއަށް ވަދެ، އަންކޮ ފޮނުވާލި ބޯޅަ ޓީސީގެ ގޯލްކީޕަރު، ސުޖަން ދިފާއުކުރި ނަމަވެސް، ރީބައުންސްގައި ނިކުތް ބޯޅަ ކޮންޓުރޯލް ކޮށްލުމަށް ފަހު، އޮގީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ޓީސީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުހައްމަދު މުސްލިހު (މުއްޓި) އެވެ. ކުރިން ގްރީން ސްޓްރީޓްސް އަށް ކުޅުނު މުއްޓި ޖެހި މި ޕެނަލްޓީ މިއީ ޓީސީގެ އިބްރާހިމް ނޫރައްދީން (އެންޑިން) އަށް، ގްރީން ސްޓްރީޓްސް ސާއިފް ކުރި ފައުލަކާ ގުޅިގެން ޓީސީ އަށް ލިބުނު ޕެނަލްޓީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox