ފަހު ވަގުތު ޓީނޭޖް އަތުން ބަލިވެ، ވިކްޓަރީގެ އުންމީދުތައް ފެނަށް

Jul 31, 2022, 1:58 PM
ވިކްޓަރީ އާއި ޓީނޭޖް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ވިކްޓަރީ އާއި ޓީނޭޖް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

މެޗުގެ ފަހު ވަގުތު ޖެހި ލަނޑާ އެކު، އެފްއޭއެމް ދެ ވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ވިކްޓަރީ ސްޕޯޓްސް އަތުން 1-0 އިން މޮޅުވެ، ކްލަބް ޓީނޭޖް ސެމީ ފައިނަލްގެ އުންމީދުތައް ދެމެހެއްޓިއިރު، ވިކްޓަރީ އަށް ސެމީ ފައިނަލްގެ ފުރުސަތު ގެއްލިއްޖެ އެވެ.

ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެން ދަނިކޮށް، ޓީނޭޖުން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގައި އަލީ އަހުމަދު އަލް އަފީފީ ކާމިޔާބުކުރި ލަނޑުންނެވެ.

ވިކްޓަރީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން 2-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި އެލްޓީ ސްޕޯޓްސްއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ތިން ވަނަ މެޗުގައި ވާދަވެރި ނިއު ރޭޑިއަންޓް އަތުން ވަނީ ތަފާތު ބޮޑުކޮށް، 4-1 އިން ބަލިވެފަ އެވެ.

ގުރޫޕް ދޭއްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން، ވިކްޓަރީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ވިކްޓަރީ އަށް ވުރެން ކުރީގައި އޮތީ އެއް ވަނައިގައި ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައިވާ ނިއު ރޭޑިއަންޓާއި ދެ ވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން އޮތް އެލްޓީ ސްޕޯޓްސް ކްލަބް އަދި ތިން ވަނައިގައި ނުވަ ޕޮއިންޓް ހޯދައިގެން އޮތް ޓީނޭޖް އެވެ.

ވިކްޓަރީ އަށް ފުރުސަތު ގެއްލުނީ ޓީނޭޖާއި އެލްޓީ އަށް ބާކީ ދެ މެޗު އޮތްއިރު، އޭގެ ތެރެއިން އެއް މެޗަކީ އެ ދެ ޓީމު ބައްދަލުކުރާ މެޗަށް ވެފައި އެ މެޗުން ކޮންމެ ނަތީޖާއެއްް ނުކުތަސް ވިކްޓަރީ އަށް ދެން އޮތް ދެ މެޗުން މޮޅުވެގެން ވެސް ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ސެމީ އަށް ދެވޭނެ ގޮތެއް ނެތުމުންނެވެ.

ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި 2019 ވަނަ އަހަރުން ފެށިގެން ސަސްޕެންޝަންގައި އޮތުމަށް ފަހު، ވިކްޓަރީގެ އާ ބޯޑެއް މި އަހަރު އެކުލަވާލައި، ދެ ވަނަ ޑިވިޝަނަށް ނުކުތީ ދަރަނިތައް ހަލާސްކުރުމަށް ފަހު އެވެ. އެހެން ނަމަވެސް، ސްރީލަންކާގެ ތަޖުރިބާކާރު ކޯޗު ޕަކީރު އަލީގެ އިރުޝާދުގެ ދަށުން ނިކުތް ވިކްޓަރީ އަށް ވަނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox