އެފްއޭއެމް ދެ ވަނަ ޑިވިޝަން: ޓެންޓް ވެސް ބަލިކޮށް ބުރު ސެމީ ފައިނަލާ ގާތަށް

Jul 31, 2022, 12:29 AM
ގޯލު ޖެހުމަށް ފަހު ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލު ޖެހުމަށް ފަހު ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ޓެންޓް ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމާ ގާތަށް ޖެހިލައިފި އެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަން މުބާރާތަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ބުރު ވަނީ ގުރޫޕް އެކެއްގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ބުރު ތާވަލްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތްއިރު، އެ ޓީމުން ވަނީ ޖުމްލަ 18 ލަނޑު ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ އެންމެ ދެ ލަނޑެވެ.

މި ގުރޫޕްގައި ބުރަށް ބާކީ ދެ މެޗު އޮތްއިރު، ސެމީ ފައިނަލްގެ ޖާގައެއް މުޅިން ކަށަވަރު ކުރުމަށް އެ ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ބުރުގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ޖެހީ ބްރެޒިލްގެ ޑިފެންޑަރު ބްރޫނޯ އަރަބަލް ޕަސަމާނީ އެވެ. ބުރަށް ލިބުނު ހިލޭޖެހުމަކުން އެ ޓީމުގެ ކުޅުންތެރިއެއް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ބްރޫނޯ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

ކެޕިޓަލް ސިޓީ އާއި ޖޭޖޭ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މުބާރާތުގައި މިއަދު ހަވީރު ޖޭޖޭ ސްޕޯޓްސް ކްލަބް ވަނީ 6-0 އިން ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

މެޗުގައި އިތުރު ލަނޑުތަކެއް ޖެހުމަށް ބުރުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެކަމަކު، އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ކައުންޓާ އެޓޭކްގައި، ޓެންޓަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް، މެޗުގެ ފަހުކޮޅު އެ ޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ކުރިއަށް ޖެހި މަސައްކަތްކުރި އެވެ.

މި ގުރޫޕްގެ ދެ ވަނަގައި ކުޑަ ހެންވޭރު ޔުނައިޓަޑް އޮތީ ފަސް މެޗު ކުޅެގެން ލިބުނު ނުވަ ޕޮއިންޓާ އެކު އެވެ. މި ގުރޫޕްގައި ދެން އޮތް ޓެންޓާއި، ދިވެހި ސިފައިންގެ ކްލަބާއި ޖެޖޭ ސްޕޯޓްސް ކްލަބު އަދި ކްލަބު ޕީކޭ ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. މި ހަތަރު ޓީމަށް ވެސް ބާކީ ތިން މެޗު އެބައޮތެވެ.

ހަތް ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ބިސް ބުރު ސްޕޯޓްސް ކްލަބެވެ. ތާވަލްގެ ފުލުގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބަލިވި ކެޕިޓަލް ސިޓީ ސްޕޯޓްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox