ގޮތަބަޔާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ: ލަންކާ ސަރުކާރު

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ: އެމަނިކުފާނު މިހާރު ހުންނެވީ ސިންގަޕޫރުގައި. -- ފޮޓޯ: ޓެމިލް ގާޑިއަން

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ: އެމަނިކުފާނު މިހާރު ހުންނެވީ ސިންގަޕޫރުގައި. -- ފޮޓޯ: ޓެމިލް ގާޑިއަން

ސިންގަޕޫރަށް ވަޑައިގެން އިސްތިއުފާ ދެއްވި ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ކެބިނެޓް ތަރުޖަމާނު ބަންޑުލާ ގުނަވަރްޑެނަ އަންގާރަ ދުވަހު ނޫސްވެރިންނަށް ވިދާޅުވީ ގޮތަބަޔާ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި އެކަމަކު އެނބުރި ވަޑައިގަންނަވާނެ ތާރީހެއް ނޭނގޭ ކަމަށެވެ.

އިގްތިސާދީ ކާރިސާއާ ގުޅިގެން އެތައް މަހެއް ވަންދެން ރައްޔިތުން ކުރި މުޒާހަރާގައި ޕްރެޝަރު ބޮޑުވެ އިސްތިއުފާ ދެއްވުމުގެ ކުރިން ގޮތަބަޔާ އެންމެ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެ އަށެވެ. އިސްތިއުފާ ދެއްވީ ރާއްޖެ ދޫކޮށް، ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު އެވެ.

Advertisement

އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކު ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަބަޔާ ރައީސްކަމުން އިސްތިއުފާ ދެއްވުމުން، ދައުލަތުގެ އެންމެ އިސްވެރިޔާއަށް ލިބޭ "އިމުއިނިޓީ" ދެން ލިބިވަޑައިނުގަންނަވާނެ އެވެ.

ސިންގަޕޫރުން ބުނީ ސިޔާސީ ހިމާޔަތް ހޯދަން ގޮތަބަޔާ އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އެމަނިކުފާނު ސިންގަޕޫރުގައި މަޑު ކުރަން 14 ދުވަހުގެ ވިސާއެއް ދިނުމަށް ފަަހު، އެ މުއްދަތު މިހާރު ވަނީ އިތުރު 14 ދުވަހުން ދިގުދަންމާފަ އެވެ.

ގޮތަބަޔާ ދެން ދަތުރު ކުރައްވާނެ ތަނަކާ މެދު ގިނަ އަޑުތައް ފެތުރިފައިވާ އިރު، ބައެއް ރިޕޯޓުތައް ބުނީ ޔޫއޭއީއަށް ދަތުރު ކުރެއްވުން އެކަށީގެންވާ ކަމަށެވެ.

އެހެން ނަމަވެސް، ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލަދީ ބްލޫމްބާގް ނޫހުން ބުނީ އެނބުރި ކޮލޮމްބޯއަށް ވަޑައިގަންނަވަން އެމަނިކުފާނު ބޭނުންވާ ކަމަށެވެ.

އޮފިޝަލް އެގޮތަށް ބުނެފައި ވަނިކޮށް އަންގާރަ ދުވަހު ކެބިނެޓް ތަރުޖަމާަނު ވެސް ވިދާޅުވީ ގޮތަބަޔާ އެނބުރި ވަޑައިގަންނަވާނެކަމުގެ މައުލޫމާތު ލިބިފައިވާާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox