ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލާނީ ޒަޔާން އާއި ޖުމާނާ އެކުގައި

ކޮމަންވެލްތު ގޭމްސްގެ ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން މިއަދު ބޭއްވި ރަސްމިއްޔާުތުގެ ތެރެއިން: (ކ.ވ) އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫ، އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު، ޓީޓީ ތަރި ޖުމާނާ، ބެޑްމިންޓަން ތަރި ޒަޔާން، މިނިސްޓަރު މަހުލޫފް، ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަން ޖަވާޒް.-- ފޮޓޯ: އޮލިމްޕިކް ކޮމިޓީ

ކޮމަންވެލްތު ގޭމްސްގެ ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން މިއަދު ބޭއްވި ރަސްމިއްޔާުތުގެ ތެރެއިން: (ކ.ވ) އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫ، އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު، ޓީޓީ ތަރި ޖުމާނާ، ބެޑްމިންޓަން ތަރި ޒަޔާން، މިނިސްޓަރު މަހުލޫފް، ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަން ޖަވާޒް.-- ފޮޓޯ: އޮލިމްޕިކް ކޮމިޓީ

އަންނަ ބުރާސްފަތި ދުވަހުގެރޭ އިނގިރޭސިވިލާތުގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޒިންމާ ގައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ އާއި ތަޖުރިބާކާރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ޖުމާނާ ނިމާލްއާ މިއަދު ހަވާލުކޮށްފި އެވެ.

ބާމިންހަމް ކޮމަންވެލްތު ގޭމްސްގެ އެތުލީޓްސް ވިލެޖްގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިދަ އުފުލާ އެތުލީޓުންނަށް ދިދަ ހަވާލުކޮށްދެއްވީ އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.

މިއީ ޖުމާނާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އަދި ޒަޔާން ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ހޯދި ތިން ވަނަ ފަހަރެވެ. ތިރީހަކަށް ހާސް މީހުންގެ ކުރިމަތީގައި ބާމިންހަމްގެ އަލެކްސަންޑަ ސްޓޭޑިއަމްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް ލިބުމުން ޖުމާނާ އާއި ޒަޔާން ވެސް ދެކެނީ މިއީ ޝަރަފެއްގެ ގޮތުގަ އެވެ.

ކޮމަންވެލްތު ގޭމްސްގެ ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން މިއަދު ބޭއްވި ރަސްމިއްޔާުތުގެ ތެރެއިން: މިނިސްޓަރު މަހުލޫފް (ވ) އާއި ޖުމާނާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމަންވެލްތު ގޭމްސްގައި މި ފަހަރު ރާއްޖޭން ފަސް ކުޅިވަރެއްގައި ވާދަކުރާއިރު، އެ އެތުލީޓުންނާ މުހާތަބުކޮށް އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރާއި މިނިސްޓަރު މަހުލޫފް ވެސް ވަނީ ދުނިޔޭގެ ލެވަލްގެ ބޮޑު ގޭމްސްއެއްގައި ވާދަކޮށްލަން ލިބުނު މި ފުރުސަތުގެ ބޭނުން ހިފަން އެދޭ ކަމަށް ބުނެފަ އެވެ.

ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ މުބާރާތްތަކަކީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗްވޮލީބޯޅަ އަދި ބެޑްމިންޓަން އެވެ.

ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ އެވެ. ރާއްޖޭގެ ޓީޓީ އަންހެން ޓީމަށް ކޮމަންވެލްތު ގޭމްސް އިން ޖާގަ ލިބުނީ ރޭންކިން ގަދަ 16 ގައި ހިމެނޭތީ އެވެ. އަންހެން ޓީޓީ ޓީމުގައި ހިމެނެނީ ޖުމާނާ، ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އަދި މަލާކް ބިންތި މުއިއްޒު އެވެ.

ޓީޓީގެ ފިރިހެން ތަރި، މޫސާ މުންސިފް ވެސް ކޮލިފައިވެގެން ޓޭބަލް ޓެނިހުގެ އޯޕަންސް ބައިގައި ވާދަކުރާނެ އެވެ. ބީޗްވޮލީބޯޅައިގައި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވާދަކުރާނެ އެވެ. މިއީ ކޮމަންވެލްތު ގޭމްސްގައި ވާދަކުރަން ފެށިފަހުން ބީޗްވޮލީބޯޅައިގައި ރާއްޖެ ފެންނާނެ ފުރަތަމަ ފަހަރެވެ. ބީޗްވޮލީބޯޅަ ޓީމަށް ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ލިބުނީ ރާއްޖޭގެ ވޮލީ އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީ މެދުވެރިވެގެން ކުރި މަސައްކަތުންނެވެ.

ކޮމަންވެލްތު ގޭމްސްގެ ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން މިއަދު ބޭއްވި ރަސްމިއްޔާުތުގެ ތެރެއިން: އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު (ކ) ޒަޔާންއާ ދިދަ ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގައުމީ ސްވިމިން ޓީމަށް ބަލާއިރު، ކޮމަންވެލްތު ގޭމްސްގެ ޓީމުގައި ހިމެނެނީ، ހަމްނާ އަހުމަދާއި އައިޝަތު ސައުސަން، މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު އާން ހުސެއިން އަދި މުހައްމަދު ރިހާން ޝިހާމް އެވެ. އެތުލެޓިކްސް ޓީމުގައި ހަސަން ސާއިދުގެ އިތުރުން ދެން ވާދަކުރަނީ އަންހެން ރިލޭ ޓީމެވެ. ރިލޭ ޓީމުގައި ހިމެނެނީ މަރިޔަމް ރޫޔާ އަލީ، އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދު އެވެ.

ކްލަބްތަކާ ގުޅިގެން ބެޑްމިންޓަން ގައުމީ ސްކޮޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައިގެން ވާދަކުރާނީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގަ އެވެ. ގޭމްސް އަށް ނެގި ބެޑްމިންޓަން ސްކޮޑުގައި ހިމެނެނީ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ، މުހައްމަދު އަޖުފާން ރަޝީދު، ނިބާލް އަހުމަދު، އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އަދި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު އެވެ. މީގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބް ތެރެއިން ގައުމީ ސްކޮޑަށް އައި ކުޅުންތެރިންނަކީ ޒަޔާން އަދި ރިޝްވާން ޝިޔާމް އެވެ.

ކޮމަންވެލްތު ގޭމްސްގެ ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން މިއަދު ބޭއްވި ރަސްމިއްޔާުތުގެ ތެރެއިން: ރާއްޖޭގެ ކޮންޓިންޖެންޓް ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި މި ބައިވެރިވަނީ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ރާއްޖޭގެ ކުޅުންތެރިން ކޮމަންވެލްތު ގޭމްސްގައި ވާދަކުރީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގަ އެވެ.ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ.

އެހެންވެ، އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ބައިވެރިނުވެވުނެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަށް ކޮމަންވެލްތު ގޭމްސް އިން އަލުން ފުރުސަތު ލިބުނުކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox