ޒުވާން ގައުމީ ޓީމުގެ ފެންވަރު ރަނގަޅު، ޝާކިއްޓެގެ އަމާޒަކީ ފައިނަލް

Jul 23, 2022, 6:24 AM
20 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ): ފައިނަލަށް ދިއުމުގެ ޓާގެޓެއް އޮތް ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

20 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ): ފައިނަލަށް ދިއުމުގެ ޓާގެޓެއް އޮތް ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަންނަ ހޯމަ ދުވަހު އިންޑިއާގެ ބުބަނޭޝްވަރުގައި ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ގައުމީ ޓީމުގެ ފެންވަރު ރަނގަޅު ކަމަށާއި އަމާޒަކީ ފައިނަލް ކުޅުން ކަމަށް ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށް ފޯމެޓް ރޭވިފައި އޮތް މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ދެން ވާދަކުރަނީ، ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލް އެވެ.

ރާއްޖޭގެ ޓީމު މުމްބާއީ މަގުން އިއްޔެ، ބުބަނޭޝްވަރަށް ގޮސްފައިވާއިރު، ފަރިތަކުރުންތައް ބާއްވަން ދެ ދުވަހެއް ވަރު ލިބޭނެ އެވެ.

"އަދަދު" އަށް ދިން އިންޓަވިއުއެއްގައި ޝާކިއްޓެ ބުނީ އޭޕްރީލް މަހުން ފެށިގެން 20 އަހަރުން ފަށުގެ ޓީމުގެ ޕްރެކްޓިސްތައް ފަށައިގެން ކުރިއަށްގެންދިޔައިރު، ކްލަބްތަކުން ދިން އެއްބާރުލުން ފާހަގަކުރާ ކަމަށެެވެ.

ޒުވާން ގައުމީ ޓީމުގައި ތިބީ ކްލަބްތަކުގެ ސީނިއާ ލެވަލްގައި ވެސް ކުޅޭ ކުުޅުންތެރިން ކަމަށާއި ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭ ދުވަސްތަކުގެ ތެރޭގައި ގައުމީ ޓީމުގެ ޕްރެކްޓިހަށް ވެސް އެ ކުޅުންތެރިން ރިލީސްކޮށްދިނުމަކީ ޒުވާން ގައުމީ ޓީމުގެ ތައްޔާރީ އަށް ފަސޭހަވި ސަބަބެއް ކަމަށް ޝާކިއްޓެ ފާހަގަކުރި އެވެ.

"އަސްލު ހަގީގަތުގައި ތިބުނިހެން، މިއީ އެންމެ ގިނަ މެޗު ފުރަތަމަ ޑިވިޝަނުގައި ކުޅެފައިތިބި ކުޅުންތެރިންނަށް ބަލާއިރު، މި ލެވަލްގެ މުބާރާތަކަށް ރާއްޖޭން ދާނެ އެންމެ މޮޅު އެއް ޓީމު. އެކަމަކު، މި ޓީމު އެކުގައި ޕްރެކްޓިސް ކޮށްލަން މި ޖެހުނީ ކްލަބްތަކުގެ ޕްރެކްޓިސްތައް ވެސް ދާ ދަނޑިވަޅެއްގައި ވީމަ ހުރިހާ ކަމެއް އެންމެ ބޭނުންވާ ގޮތަށް ނުވެދާނެ،"

އެހެން ނަމަވެސް ހަގީގަތުގައި ފެންވަރަށް ބަލާއިރު މިއީ ރަނގަޅު ޓީމެއް، އަމާޒަކީ ފައިނަލް، މި ޓީމަށް ކުރެވޭނެ ވަރުގެ ކަމެއް އެއީ،" " ގައުމީ ފުޓްބޯޅަ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓަކަށް ހުރި ޝާކިއްޓެ ބުންޏެވެ.

ޒުވާން ގައުމީ ޓީމުގެ ކެޕްޓަނުންނާއި ވައިސް ކެޕްޓަން އަދި ކޯޗާއި މެނޭޖަރު ފޮޓޯ އަކަށް ހުއްޓިގެން: (ކ.ވ)، ވައިސް ކެޕްޓަން، ނަފްކޮ، ކޯޗު ޝާކިއްޓެ، ކެޕްޓަން ހުމެއިދު، މެނޭޖަރު އަބީރު އަދި ވައިސް ކެޕްޓަން މީސަމް

އިދިކޮޅުގައި އޮތް ޓީމުތަކަށް ބަލާއިރު، އެންމެ ވަރުގަދަކޮށް ފެންނަނީ އިންޑިއާ ކަމަށް ޝާކިއްޓެ ފާހަގަކުރީ އެ ޓީމުން މުބާރާތް ކުޅޭ ދަނޑުގައި ޕްރެކްޓިސް ކުރަން ލިބުނު މުއްދަތު ރަނގަޅުވެފައި "ހޯމް" އެޑްވާންޓޭޖް އޮންނާނެތީ އެވެ. ނޭޕާލުން ވެސް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސައިދިން "އިން ހައުސް" ކޭމްޕެއްގައި އެކުގައި ޕްރެކްޓިސް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އެ ޓީމު ވެސް މި ލެވަލްގައި ރަނގަލު ވާނެކަމަށް ޝާކިއްޓެ ގަބޫލުކުރެ އެވެ.

ބަންގްލަދޭޝާއި ލަންކާ އިން ޓީމު އެކުލަވާލައިގެން ޕްރެކްޓިސްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަކު، މި ވަގުތު ފެންނަ ފެނުމަށް ބަލާއިރު، އެ ދެ ޓީމާ މެދު ސީދާ އެއްޗެއް ބުނެވޭނީ ފުރަތަމަ މެޗުތައް ބަލާލުމުން ކަމަށް ޝާކިއްޓެ ބުންޏެވެ.

"ފަސޭހައެއް ނުކޮށްލާނަން އެއްވެސް މެޗެއް. ކޮންމެ މެޗަކަށް ވެސް މި ކުޅުންތެރިން ނުކުންނާނީ މޮޅެއް ހޯދަންކަން އެނގެނީ،" ޝާކިއްޓެ ބުންޏެވެ.

ފުރަތަަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖޭން މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި މި މަހު 29 ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާނެ އެވެ. އޭގެ ދެ ދުވަސް ފަހުން، މި މަހު 31 ވަނަ ދުވަހު ލަންކާއާ ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު ދެ ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ކްލަބް އީގަލްސްގެ ޑިފެންޑަރު ހުމެއިދު ހުސެއިން އެވެ. ވައިސް ކެޕްޓަނުންނަކީ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލުކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox