20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ އިންޑިއާ އަށް، ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް

Jul 21, 2022, 1:11 PM
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން ޒުވާން ގައުމީ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން ޒުވާން ގައުމީ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ ހޯމަ ދުވަހު އިންޑިއާގެ ބުނަނޭޝްވަރުގައި ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ފުރިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅެން ޖެހޭނީ ނޭޕާލާ އެވެ.

ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ހެޑް ކޯޗުކަމުގައި މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ސްކޮޑުގައި މި އަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުން ފާހަަގަވި ކުޅުންތެރިންނާއި، މި ފަހަރުގެ ސީޒަނުގައި ގަވާއިދުން ޓީމުތަކަށް ކުޅުނު ކުޅުންތެރިން ހިމެނެ އެވެ.

މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ އާއި ހޯސްޓް އިންޑިއާގެ އިތުރުން، ނޭޕާލް، ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ. ފުރަތަަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖޭން މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި މި މަހު 29 ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާނެ އެވެ. އޭގެ ދެ ދުވަސް ފަހުން، މި މަހު 31 ވަނަ ދުވަހު ލަންކާއާ ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު ދެ ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން މިއަދު މާލޭ ބަސް ޓާމިނަލުގައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލީގު ބުރު ނިމޭއިރު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއްގެ މެދުގައި ފައިނަލް މެޗު ކުޅޭނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ.

ޝާކިއްޓެ، ވަނީ މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކީ ވެސް ޝާކިއްޓެ އެވެ. ޝާކިއްޓެގެ ބެލުމުގެ ދަށުން ޔޫތު ޓީމު މިދިޔަ އޭޕްރީލް މަހު ޕްރެކްޓިސް ފެށިއިރު، ޓީމުގައި ހިމެނޭ ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ކުޅުންތެރިން އެކަށޭނެ ވަރަށް ޕްރެކްޓިސް ކުރަން ރިލީސްކޮށްދީނީތީވެ، ޝާކިއްޓެ އެކަން ފާހަގަކުރެ އެވެ.

ޝާކިއްޓެއާ އެކު، ކޯޗިން ޓީމުގައި މަސައްކަތް ކުރާނީ ތަޖުރިބާކާރު ގޯލްކީޕަރު، އިމްރާން މުހައްމަދު އާއި އިބްރާހިމް ސައީދު (ކަކާ) އަދި އަހުމަދު ފައްރާހު (ފައްރަ) އެވެ. ޓީމުގެ މެނޭޖަރަކީ މުހައްމަދު އަބީރު އެވެ.

ގައުމީ 20 އަހަރުން ދަށުގެ ޓީމަށް، ފުރަތަމަ ޑިވިޝަނުގައި ގަވާއިދުން ކްލަބްތަކުގައި ކުޅެމުން އަންނަ ކުޅުންތެރިން ރިލީސްކުރުމުން ލީގުގެ ފަހު މެޗުތަކުގައި އެ ޓީމުތަކުން ކުޅެން ޖެހޭނީ އެ ކުޅުންތެރިން ނުލަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުުމުގެ ގޮތުން 20 އަހަރުން ދަށުގެ ޓީމުން ވަނީ ޓާފް ދަނޑުގައި އެކި ޓީމުތަކާ ދެކޮޅަށް ޕްރެކްޓިސް މެޗުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި މާލެ ކައިރި ރަށްތަކުގެ ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތައް ހިމެނެ އެވެ.

20 އަހަރުން ދަށުގެ ފައިނަލް ސްކޮޑު

ޝައިހާން އަލީ، އައިހަމް ސައީދު، އިސްމާއިލް ސައިފް، އަހުމަދު މައީޝް މުހައްމަދު، ހުމައިދު ހުސެއިން، މުހައްމަދު ޒައިން ސުޖާއު، އަހުމަދު އީރާސް، އަހުމަދު ޔައީޝް ޔޫޝައު، އައިހަމް ހަމްދޫން، އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ)، ޒައިން ޒަފަރު، ހުސެއިން ޝާވިން، އަބްދުﷲ އަމިން އަލީ، އަހުމަދު ޒައުލް ނާޒިމް، މުހައްމަދު ސަމާހު މޫސާ، އަހުމަދު މާއިޝް ރަޝީދު، އަލީ އިޝްފާގު ހަަސަން މަޖީދު، އަލީ ޝައިބާން، ފަހުމާން އަބްދުލް ހަމީދު، އިބްރާހިމް ޝަރީފް މުހައްމަދު، މުހައްމަދު ފާލިލް ފާއިގް، ޔޫސުފް މީސަމް އަބްދުﷲ، ލަމާން ޒުހެއިރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox