ހަތްދިހަ އަހަރަށް ފަހު އިންޑިއާގެ ފަސްގަނޑަށް ޗީތާތަކެއް

އެންމެ ގިނަ ޗީޓާ އުޅެނީ ނަމީބިއާގައި: އެ ގައުމުގެ ޗީޓާތަކެއް އިންޑިއާއަށް ފޮނުވާނީ އޯގަސްޓް މަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެންމެ ގިނަ ޗީޓާ އުޅެނީ ނަމީބިއާގައި: އެ ގައުމުގެ ޗީޓާތަކެއް އިންޑިއާއަށް ފޮނުވާނީ އޯގަސްޓް މަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހަތްދިހަ އަހަރަށް ފަަހު އިންޑިއާފެ ފަސްގަނޑުގައި ޗީތާ ގެންގުޅެން ތައްޔާރުވެއްޖެ އެވެ.

ނަމީބިއާގެ އަށް ޗީޓާ އިންޑިއާއަށް ގެންދާނީ އޯގަސްޓު މަހު އެވެ. އެންމެ ގިނަ ޗީތާ އުޅޭ ގައުމަކީ ނަމީބިއާ އެވެ.

އިންޑިއާގައި އުޅުނު ޗީތާތައް ނެތިގެން ދިޔަ ކަމަށް ރަސްމީކޮށް އިއުލާން ކުރީ 1952 ވަނަ އަހަރު އެވެ.

Advertisement

ޗީތާއަކީ އެންމެ ބާރަށް ދުވާ އެއްގަމުގައި އުޅޭ ޖަނަވާރެވެ. އެއަށް ގަޑިއަކު 70 މޭލު ބާރު މިނުގައި ދަަތުރު ކުރެވެ އެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަަވޭޝަން އޮފް ނޭޗާ ރެޑް ލިސްޓު އޮފް ތްރެޓްންޑް ސްޕީސީޒްއިން ކަނޑައަޅާފައިވާ ގޮތުގައި ޗީތާއަކީ ނެތި ދިޔުމުގެ ބިރު ބޮޑު ޖަނަވާރެކެވެ. މިހާރު ދުނިޔޭގައި ވަނީ އެންމެ 7،000 ޗީތާ ކަމަށް ބެލެވެ އެވެ.

އިންޑިއާއަށް ގެންދާ ޗީތާތައް ދޫކޮށްލާނީ މަދްޔަ ޕްރަދޭޝް ސްޓޭޓުގެ ކޫނީ ޕަލްޕޫރް ނެޝަނަލް ޕާކަށެވެ. އެ ތަނުގެ ފަސްގަނޑަކީ "ޗީއާއާ ރައްޓެހި" ފަސްގަނޑެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

އިންޑިއާގައި ޒަމާނުއްސުރެ އުޅުނު ޗީތާތައް ނެތި ދިޔައީ ޝިކާރަ ކުރުމާއި، ޖަންގަލީގެ މާހައުލަށް ގެއްލުންވުމާއި، ކާތަކެތި ލިބުން ދަތިވުން ފަދަ ކަންކަމާ ހެދި އެވެ.

އިންޑިއާގައި އުޅުނު ވައްތަރު އޭޝިއެޓިކް ޗީތާ މީގެ ކުރިން އަަރަބި ގައުމުތަކާއި އަފްގާނިސްތާނުން ވެސް ފެނުނެވެ. އެކަމަކު އެ ވައްތަރުގެ ޗީތާ މިހާރު އުޅެނީ ހަމައެކަނި އިރާނުގަ އެވެ.

މި އަހަަރު އިރާނުގެ އޮފިޝަލުން ބުނީ އެ ގައުމުގައި މިހާރު އުޅެނީ އެންމެ 12 އޭޝިއެޓިކް ޗީތާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox