ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ގޯތި އެންމެ ހައްގުވަނީ ކޮން ބަޔެއް ކަމުގެ ޒުވާބު

ރޭ ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމަށް ހާޒިރުވި މާލޭގެ ބައެއް ރައްޔިތުން. --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ރޭ ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމަށް ހާޒިރުވި މާލޭގެ ބައެއް ރައްޔިތުން. --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ސަރުކާރުން އިއުލާންކޮށްފައިވާ ގޯތި ސްކީމްގައި ގޯތި ލިބުން އެންމެ ހައްގު ބަޔަކާ ގުޅޭ ގޮތުން، ހިޔާލު ފާޅުކުރި އާންމު ރައްޔިތުންގެ މެދުގައި ބޮޑު ޒުވާބެއް ރޭ ހިނގައިފި އެވެ.

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރަން ސަރުކާރުން އިއުލާންކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލެވެނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ރަށެއްގެ ރަށްވެހިކަން ނެތް އަދި އަބަދުވެސް މާލޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށެވެ. މިހެންވެ ދަފްތަރުގައި ތިބި މީހުނަށް ވެސް ކުރިމަތި ނުލެވޭނެ އެވެ.

މި ޒުވާބު ރޭގެ ބައްދަލުވުމުގައި ފެށިގެން ދިޔައީ މާލެ ދަފްތަރުގައި އޮންނަ ހައްޖައްތަ ނަމަކަށް ކިޔާ މީހަކު ފާޅުކުރި ހިޔާލަކާ އެކުގަ އެވެ. ދަފްތަރުގައި ތިބި ގާތްގަނޑަކަށް 17،000 އެއްހާ މީހުންގެ ތެރޭގައި ވެސް ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވެސް މި ސަރަހައްދުން ގޯތި ހައްގުވާނެ ކަމަށް އޭނާ ބުންޏެވެ.

"މާލެ ދަފްތަރުގައި ޖެހުނީ ވަކި ބޭނުންވެގެނެއް ނޫން، ދަފްތަރުގައި ޖެހެން މަޖުބޫރު ކުރީ، މާލޭގައި މުޅި އުމުރު ހޭދަވެގެން މި ދަނީ، މި ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު މި ގޮވާލަނީ، މި އަޑުނީވޭ ސަރުކާރަށް މޭޔަރު މުއިއްޒު މި ކަން އިއްވައިދޭށޭ،" ހައްޖައްތަ ބުންޏެވެ.

މާލެ ރަށްވެހިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއީލް ނާޒިމް ބުނީ، ދަފްތަރު އުވާލުމަށް ފަހު ދަފްތަރުގައި ތިބި މީހުންނަށް އެ މީހުންގެ އަމިއްލަ އުފަން ރަށުން ބިން ދޭން ޖެހޭ ކަމަށެވެ. މާލޭ ރައްޔިތުން އަމިއްލަ ރަށުގައި ދިރިއުޅެނީ "ރެފިއުޖީންނަށް" ވެގެން ކަމަށް އޭނާ ބުންޏެވެ.

ހިޔާލު ފާޅުކުރި އެހެން އަންހެން މީހަކު ބުނީ ދަފްތަރުގައި ހިމެނޭ އެހެން ރަށްރަށަށް ނިސްބަތްވާ މީހުންނަށް ރަށްރަށުގައި އަދިވެސް އާއިލާ މީހުނާއި ވާރުތަ މުދަލުން ވެސް ބިން ލިބޭނެ ކަމަށެވެ. މާލެ ފުރިގެން ދިޔައިރު މާލެ ރައްޔިތުންނަށް އެ ފުރުސަތު ނެތް ކަމަށެވެ.

"މިއީ ހިލޭ ލިބޭ ގޯތިތަކެއް ނޫން، އަޅުގަނޑުމެން އެބަ ޖެހޭ މާލޭގައި އޮތް ކުޑަ ތަންކޮޅުު ދޫކޮށްލަން، ދަފްތަރުގައި ތިބޭ މީހުން ވެސް މި ސަރަހައްދުން ގޯތި ބޭނުންވާނަމަ ކުޑަމިނުން އެބަ ޖެހޭ އެބަ ރަށްރަށުގެ މީހުން ވާރުތައިން ލިބޭ ބިންތައް ދޫކޮށްލަން ވެސް،" އޭނާ ބުންޏެވެ.

އެ ފަހުން ދަފްތަރުގައި ހިމެނޭ އަންހެނަކު ވަނީ ލ. ގަމުން މީގެ ކުރިން މާލެ މީހުނަށް ގޯތި ދިން ކަން ފާހަގަކޮށްފަ އެވެ. އެ ތަންތަނުގައި ކިތައް މީހުން ދިރިއުޅޭތޯ ބެލުމަށާއި އެ ބިންތައް ބޭނުން ނުހިފި އޮތުމުން އެެހެން މީހުނަށް ގޯތި ނުދެވި އޮތް ވަރު ބެލުމަށް ވެސް އޭނާ ގޮވާލި އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން މިހާރު ވެސް ދޫކޮށްފައިވާ ފްލެޓްތައް ލިބިގެން އެ ފްލެޓްތަކުގައި އުޅެނީ ކިތައް މީހުންތޯ އާއި އޭގެ ބަދަލުގައި ބަޔަކަށް އެ ތަން ކުއްޔަށް ދޫކޮށްފައި މާލޭން ބޭރުގައި ދިރިއުޅެނީ ކިތައް މީހުންތޯ ބެލުމަށް ވެސް އޭނާ ސަރުކާރަށާއި ސިޓީ ކައުންސިލަށް އޭނާ ގޮވާލި އެވެ.

އެ ފަހުން އަނެއްކާ ވެސް މާލެ ރަށްވެއްސަކު ވަނީ ލ. އަތޮޅުން އޭރު ވެސް ގޯތި ދޫކޮށްފައި ވަނީ މާލޭގެ މަތީ ފެންވަރުގެ އާއިލާތަކުގެ މީހުނަށާއި މާލެ ދަފްތަރުގައި ވެސް ހިމެނޭ މުއްސަނދި އާއިލާތަކަށް ކަމަށް ފާހަގަކޮށްފަ އެވެ. މާލޭގެ ނިކަމެތި މީހުނަށް އެ ފުރުސަތުތައް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

މި ހިޔާލުތަކާ ގުޅިގެން މުއިއްޒު ވިދާޅުވި ހަމައެކަނި ވާހަކައަކީ އެ ކަމަކީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ކަންކަން ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގައި ހިއްސާކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ އެފަދަ ސްކީމްތައް ހިންގުމުގައި ކައުންސިލް ބައިވެރިނުކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox