ޕާލިމެންޓް މެދުވެރިކޮށް ސްރީލަންކާގެ އާ ރައީސް ހޮވުން މިއަދު

ސްރީލަންކާގެ ރައީސް ކަމަށް ވާދަަކުރާ ތިން ކެންޑިޑޭޓުން: އަނޫރާ ކުމާރަ ޑިއްސަނަޔެކެ، ރަނިލް ވިކްރަމަސިންހެ އަދި ޑަލަސް އަލަހައްޕެރުމަ (ކ-ވ). --

ސްރީލަންކާގެ ރައީސް ކަމަށް ވާދަަކުރާ ތިން ކެންޑިޑޭޓުން: އަނޫރާ ކުމާރަ ޑިއްސަނަޔެކެ، ރަނިލް ވިކްރަމަސިންހެ އަދި ޑަލަސް އަލަހައްޕެރުމަ (ކ-ވ). --

ސްރީލަންކާގެ އާ ރައީސް ހޮވުމަށް އެ ގައުމުގެ ޕާލިމެންޓް މެމްބަރުންގެ މެދުގައި މިއަދު ހެނދުނު ވޯޓު ނަގަން ތައްޔާރުވެއްޖެ އެވެ.

ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ނޮމިނޭޓް ކުރީ ވެރިކަން ކުރީ ޕާޓީއިންނެވެ. އެމަނިކުފާނަށް ވޯޓު ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ.

އެކަަމަކު ކުރީގެ ރަައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ބާރު އެޅި އާއްމުން ބޭނުން ވަަނީ ރަނިލް ވެސް އިސްތިއުފާ ދެއްވުމަށެވެ.

ރަަނިލްއަށް އެންމެ ބޮޑަށް ވާދަވެރިކަމެއް އޮތީ ވެރިކަން ކުރާ ޕާޓީގެ ކުރީގެ މެމްބަރު ޑަލަސް އަލަހައްޕެރުމަގެ ފަރާތުންނެވެ. މައި އިދިކޮޅު ވަނީ ޑަލަސްއަށް ތާއީދުކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޑަލަސްއަށް ރައީސްކަން ލިބިއްޖެ ނަމަ ބޮޑު ވަޒީރު ކަމަށް އަައްޔަނު ކުރައްވާނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަަ އެވެ.

ޕާލިމެންޓުން އިންތިހާބު ކުރާ ރައީސް މަގާމުގައި ހުންނަވާނީ ނޮވެމްބަރު 2024 އާ ހަމައަށެވެ. އެއީ އިސްތިއުފާ ދެއްވި ރައީސް ގޮތަބަޔާގެ ދައުރުގެ ބާކީ ބަޔެވެ.

މިއަަދުގެ އިންތިހާބުގައި 225 ޕާާލިމެންޓް މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މެމްބަރުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓެއް މޮޅު ވާނެ އެވެ.

ރަނިލް އާއި ޑަލަސްގެ އިތުރުން ދެން އެ މަގާާމަށް ވާދަކުރައްވަނީ ވައަތު ފިޔައިގެ ނޭޝަނަލް ޕީޕަލްސް ޕަަވާ ޕާޓީގެ އަނޫރާ ކުމާރަ ޑިއްސަަނަޔެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox