ތަޖުރިބާ ހޯދުމަށް ވުރެން، ކުޅިވަރުން ކުރިއެރުމަށް ފޯކަސް ކުރަންޖެހޭ: މަހުލޫފް

Jul 20, 2022, 5:08 AM
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭން މަތީ ފެންވަރުގެ ގައުމުތަކާއި އެތުލީޓުންނާ ވާދަކުރާއިރު، ހަމައެކަނި ތަޖުރިބާއެއް ހޯދުމުގެ ބަދަލުގައި ކުރިއެރުން ހޯދަން ފޯކަސްކޮށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މި ގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ހާއްސަ އިވެންޓްގައި ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް އަށް ވުރެ މަތީ ފަންތީގެ ގޭމްސް އެއްކަން އެނގޭ ކަމަށެވެ. އަދި އެކަން ދަނެގެން ވެސް ކުޅުންތެރިން ކާމިޔާބު ހޯދަން ބުރަކޮށް މަސައްކަތް ކުރަން އެދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ އަހަރުތަކެއް ކުރިން، ހަމަ ބައިވެރިވާން، ހަމައެކަނި ތަޖުރިބާއެއް، އެ ތަޖުރިބާއަކުން އަޅުގަނޑުމެން ނުދިޔަ، އެހެންވީމަ މި ހަމައެކަނި ތަޖުރިބާގެ ބަދަލުގައި ކުރިއަށްދާން، ނޫނީ މޮޅުވާން. ނޫނީ މި އަންނަ އަހަރު އޮންނަ ސާފް ގޭމްސް އާއި އައިއޯއައިޖީ ކަހަލަ މުބާރާތްތަކުން އިތުރު ނަތީޖާއެއް ނެރެން ލިބޭ ފުރުސަތަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ،" މި ފަހަރު ޖެހިޖެހިގެން މި އޮތް ބޮޑު ދެ ގޭމްސް އިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި އަށް އިޝާރާތް ކުރައްވާ މަހުލޫފް ވިދާޅުވި އެވެ.

"އެ ބޮޑު މުބާރާތަށް ގޮސްފައި ވެސް، އަޅުގަނޑުމެން ޓީޓީ ކުޅޭއިރު ވެސް ބެޑްމިންޓަން ކުޅޭއިރު ވެސް، ނޫނީ އެހެން ކުޅިވަރެއްގައި ވިޔަސް، އެއް ޕޮއިންޓުގެ އިތުރަށް ދެ ވަނަ ޕޮއިންޓް އެއީ އަޅުގަނޑުމެންނަށް މުހިންމު ޕޮއިންޓެއް ކަމަށް ދެކިގެން މަސައްކަތް ކުރަންވީ. އަޅުގަނޑު ގަބޫލުކުރަނީ ހަމަ މި ދެ ގޭމްސްގައި ވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުޅިވަރު، ޓީޓީ، ބީޗް ވޮލީ، ބެޑްމިންޓަން ކަހަލަ ކުޅިވަރުތަކުން، ބައެއް ކުޅިވަރުތައް (ކުޅިވަރުތަކުގެ ނަން) ވެއްޓިވެސް ދާނެ ކަންނޭނގެ، ފުރުސަތުތަކެއް މި ލިބެނީ ރަނގަޅު ނަތީޖާތަކާ ހަމައަށް ދިއުމަށް،"

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެއް ވަނައާ ދެކޮޅަށް ކުޅުނަސް އެއް ޕޮއިންޓް ޔަގީންކޮށް ލިބޭނެ ކަމަށާއި އެ އަށް ފަހު ދެ ވަނަ ޕޮއިންޓް ހޯދަން މަަސައްކަތް ކުރާ މަސައްކަތަކީ ހަގީގަތުގައި "ކުރިއެރުން ވަޒަންކުރެވޭ" ހިސާބު ކަމަށެވެ.

"އަޅުގަނޑު ހާއްސަކޮށް އެތުލީޓުންނަށް ބުނެލަން ބޭނުން، ބައިވަރެއް މަސައްކަތްތަކެއް އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާއިރުގައި ހަމަ މި ލިބޭ ކޮންމެ ފުރުސަތަކީ ވެސް ހަމަ އިތުރަށް ކުރިއަށް ދިއުމަށް ކުރާ މަސައްކަތަކަށް ހެދުމަށް އޭގެ ބޭނުން ހިފުމަށް، އަހަރެމެންގެ ވިސްނުން މިހާރަށް ވުރެ ވެސް ރަނގަޅަށް ބަދަލުކުރަންވީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ހަތަރު އަހަރު ތެރޭގައި ކުޅިވަރުގެ ކަންކަމުގައި ގޮތެއް ކިޔާނަމަ ދެ އަހަރު މަދުކޮށް ވާހަކަ ދައްކަން ޖެހޭ ސަބަބެއް އެބައޮތް ކަމަށާއި އެއީ ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން ބަލާއިރު ވެސް، މަސައްކަތް ކުރެވުނު ދެ އަހަރުގެ މުއްދަތުގައި ކުޅިވަރަށް ބޮޑެތި ކަންތައްތަކެއް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ ކަންކަން އެ ގޮތަށް ކުރުމަށް މަހުފަހިކޮށްދެއްވީތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"މި އަހަރަށް އެކަނި ބެލިކަމުގައި ވިޔަސް ބައިނަލްއަގުވާމީ ގާތްގަނޑަކަށް އަށް މުބާރާތް ރާއްޖޭގައި މި ބާއްވަނީ ވަރަށް ބޮޑެތި ހަރަދުތަކެއް އަޅުގަނޑުމެން އެބަކުރަން. ބަޖެޓްގެ ދަތިތަކެއް ހުރި ވާހަކަ އެކި ގޮތްގޮތުން އަޑު އިވޭނެ، އެހެން ނަމަވެސް، އެކަމުގެ ތެރެއިން ވެސް ހުރިހާ ގޮތަކުން ރައީސް އެ އެއްބާރުލުން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެެވެ.

"ކޮންމެ ފަހަރަކު ވެސް އައިސް ރައީސަށް މީގެ މުހިންމުކަން ބުނެދެން ނުޖެހޭ، ކުޅިވަރު ކުޅުއްވި، ކުޅިވަރުގެ ކަންތައްތައް ރަނގަޅަށް އަންޑަސްޓޭންޑްވާ ބޭފުޅެންވީމަ އެކުމުގެ އެހީތެރިކަން އެ ދެއްވަނީ،"

ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ގުޅިގެން ކުރާ މަސައްކަތުގައި ކުޅުންތެރިންނާއި ކުޅުންތެރިންގެ ބެލެނިވެރިންގެ އެއްބާރުލުން ލިބޭތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މަހުގެ 28 އިން އަންނަ މަހުގެ އަށް ވަނަ ދުވަހަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ އެވެ. އަންނަ މަހުގެ އަށް ވަނަ ދުވަހު ތުރުކީގެ ކޮންޏާގައި ކުރިއަށްގެންދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox