ބަންގްލަދޭޝްގައި ކޮންމެ ދުވަހަކު ދެ ގަޑިއިރަށް ކަރަންޓު ކަނޑަނީ

ބަންގްލަދޭޝްގެ ޕެޓްރޯލް ސްޓޭޝަނެއް: ފިޔަވަޅުތަކެއް އަޅަން ޖެހުނީ ތެލުގެ އަގު ބޮޑުވުމުން ކަމަށް ސަރުކާރުން ބުނޭ. -- ފޮޓޯ: ބީޑީނިއުސް24

ބަންގްލަދޭޝްގެ ޕެޓްރޯލް ސްޓޭޝަނެއް: ފިޔަވަޅުތަކެއް އަޅަން ޖެހުނީ ތެލުގެ އަގު ބޮޑުވުމުން ކަމަށް ސަރުކާރުން ބުނޭ. -- ފޮޓޯ: ބީޑީނިއުސް24

ޑާކާ، ބަންގްލަދޭޝް (ޖުލައި 19) - ބަންގްލަދޭޝްގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން ދެ ގަޑިރިއަަށް ކަރަންޓު ކަނޑައި، ރޭގަނޑު އަށެއްގެ ފަހުން ފިހާރަތައް ބަންދު ކުރަން އަންގައިފި އެވެ.

އޮފިޝަލުން ބުނީ ހަކަތަ ބޭނުން ކުރުން ލިމިޓްކޮށް، ހަކަތަ އުފައްދާ ޕްލާންޓްތައް އަންގާރަ ދުވަހު ބަންދު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އިގްތިސާދަށް ލޮޅުން އަރާފައި ވާތީ ކަމަށެވެ.

ހަކަތައާ ބެހޭ މިނިސްޓްރީގެ ތަރުޖަމާނު އަސްލަމުއްދީން ވިދާޅުވީ ޔޫކްރެއިން ހަނގުރާމައާ ހެދި ތެލުގެ އަގުތައް ވަރަށް ބޮޑަށް އުފުލުނު ކަމަށާއި ޑީސެލް ޕްލާންޓްތައް ބަންދުކޮށް، ބައެއް ގޭސް ޕްލާންޓްތަައް ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް މަދުވެގެން ދެ ގަޑިއިރަށް ކަރަންޓު ކެނޑުމަށާާއި ރޭގަނޑުގެ އަށެއްގެ ފަހުން ފިހާރަތައް ބަންދު ކުރަން އަންގާފައިވާ ކަމަށް އޮފިޝަަލުން ބުންޏެވެ.

"ފިހާރަތަކާއި މޯލްތަކުން މި އެންގުމާ ހިލާފުވާ ނަމަ، އެ ތަަންތަނަށް ފޯރުކޮށްދޭ ކަރަންޓު ހިދުމަތް ކަނޑާލެވޭނެ،" އަަސްލަމުއްދީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސްކިތްތަަކުގައި ވެސް ފަސް ނަމާދު ވަގުތުގައި އެކަނި އެއާ ކޮންޑިޝަނިން ބޭނުން ކުރުމަށް އަންގާފައިވާ ކަމަށެވެ. އެ ގައުމުގައި އެތައް ހާސް މިސްކިތް ހުރެ އެވެ.

ބޮޑު ވަޒީރުގެ ހަކަތައާ ބެހޭ އެޑްވައިޒަރު ތައުފީގޭ އެލާހީ ޗައުދަރީ ހޯމަ ދުވަހު އާއްމުންނަށް ގޮވާލެއްވީ ވީހާވެސް ބޮޑަށް ކަރަންޓު އިސްރާފު ނުކުރުމަށެވެ.

އިންޓަނޭޝަނަލް މަނިޓަަރީ ފަންޑް (އައިއެމްއެފް) ގެ ކުރީގެ އޮފިޝަލް އަހްސަން މަންސޫރް ވިދާޅުވީ ކަރަންޓު ރޭޝަން ކުރުމަކީ އެންމެ ރަނގަޅު ހައްލު ނޫން ކަމަަށެވެ.

"މިއީ ބެލެންސް އޮފް ޕޭމަންޓް މައްސަލައެއް. މިއީ މެނޭޖު ކުރެވޭނެ ހާލަތެއް. ކަރަންޓު ރޭޝަން ކުރުމުގެ ބަދަލުގައި ސަރުކާރުން ޖެހޭނީ އަގު ބޮޑު ކުރަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox