ގޯތި ފޯމު އޮންލައިންކޮށް ފުރުމުގައި އެހީވާން މާލެ ސިޓީ ކައުންސިލުން ޑެސްކް ބަހައްޓަނީ

މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް - ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް - ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރަން ސަރުކާރުން އިއުލާންކޮށްފައިވާ 3000 ގޯއްޗަށް އެދި ހުށަހަޅާ ފޯމު އޮންލައިންކޮށް ހުށަހަޅަން ޖެހޭތީ ފުރަން ދަތިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ދެ ހެލްޕު ޑެސްކްއެއް ބަހައްޓަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ ކުރިއަށް ގެންދާ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ގޯތި ސްކީމަށް އެދުމަށް އޮންނަ ފޯމު އޮންލައިންކޮށް ހުށަހެޅުމުގައި އެހީތެރިކަން ދިނުމަށް ހެލްޕު ޑެސްކް ބަހައްޓާފައި ވަނީ މާފަންނާއި ހެންވޭރުގައި ކަމަށެވެ.

"އޮގަސްޓް މަހުގެ ފުރަތަމަ އާދީއްތައިން ފެށިގެން، ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް، މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ގާއިމް ކުރާ ޑެސްކްއަކާއި، މާފަންނު މަދަރުސާގައި ބަހައްޓާ ޑެސްކްއެއްގައި އެ އެހީތެރިކަން ފޯރުކޮށްދޭން އަޅުގަނޑުމެންގެ މުވައްޒަފުން ތިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ޑެސްކް ހުޅުވާފައި ހުންނަ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޯތި ސްކީމަށް ޝަރުތު ހަމަވެ ގިނަ އަދަދަކަށް ޕޮއިންޓް ލިބޭ ކޮންމެ މީހަކު ވެސް އެ ސްކީމްގައި ބައިވެރިވި ކަން ކަށަވަރު ކުރަން ސިޓީ ކައުންސިލަށް ކުރެވެން ހުރި މަަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކައުންސިލުން ބޭނުން، އެ ސްކީމް އިން ގޯތި އެންމެ ހައްގު މީހުން މީގައި ބައިވެރިވާން، އެކަމަށްޓަކައި މިއަށް ޝަރުތު ހަމަވާ ކޮންމެ މީހަކު ވެސް ފޯމު ހުށަހެޅިފައި އޮތުން ބޭނުންތެރި،" މުއިއްޒު ވިދާޅުވި އެވެ.

ގޯތި ސްކީމާއި ސަރުކާރުގެ ފްލެޓް ސްކީމްތަކާ ގުޅޭ ގޮތުން ސިޓީ ކައުންސިލާ އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވާ ވާހަކަ މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. އެހެންވިޔަސް ސިޓީ ކައުންސިލުން ދެވެން އޮތް އެހީތެރިކަމެއް ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ފަރާތުން ވެސް މި ގެންނަ ޕްރެޝަރުތަކުގެ ސަބަބުން ސަރުކާރަށް ވެސް އެބަ މަޖުބޫރުވޭ ކޮންމެ ވެސް ނަތީޖާތަކެއް ނެރެން، އަޅުގަނޑުމެން އެދެން އެހެން ރަށްރަށެކޭ އެއް ގޮތަށް މާލޭ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ލިބިގެން ދާން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތަކާއި ސިޓީ ކައުންސިލުން ނަގަން ޖެހޭ ހުއްދަތަކަށް އެދުމަށް ހުށަހަޅާ ފޯމުތައް ވެސް އޮންލައިންކޮށް ހުށަހަޅާ ގޮތަށް "މާވެހި ޕޯޓަލް" ނަމުގައި ޕޯޓަލްއެއް ވެސް މިރޭ އިފްތިތާހް ކުރި އެވެ.

މީގެ އިތުރުން ގާނޫނުގައި އަންގާފައިވާ ގޮތުގެ މަތިން ސިޓީ ކައުންސިލުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ވެސް ރައްޔިތުންނާ މިރޭ ހިއްސާ ކުރި އެވެ. އަދި، އެ ބައްދަލުވުމުގައި ބައިވެރިވި އާންމު ރައްޔިތުންގެ ހިޔާލުތައް ފާޅު ކުރުން ކުރިއަށް އެބަ ގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox