ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޒުބައިރަކީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ. ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި ދާއިރާ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި މަަސައްކަތް ކުރެއްވި އެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގައާއި ޑްރަގް ކޯޓުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާގެ (1) ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޒުބައިރު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވީ ކަމަށެވެ.













