ސްރީލަންކާގެ އިދިކޮޅު ލީޑަރު ރައީސް ކަމަށް ވާދަނުކުރަން ނިންމައިފި

ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ: އެމަނިކުފާނު ނިންމެވީ ރައީސް ކަަމަށް ވާދަ ނުކުރުމަށް. -- ފޮޓޯ: ނިއުސް ފަސްޓް

ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ: އެމަނިކުފާނު ނިންމެވީ ރައީސް ކަަމަށް ވާދަ ނުކުރުމަށް. -- ފޮޓޯ: ނިއުސް ފަސްޓް

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު އޮންނަ ރައީސް އިންތިހާބު ކުރުމުގެ ވޯޓުގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ނުކުރާނެ ކަމަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ ވިދާޅުވެއްޖެ އެވެ.

ސަޖިތު ވިދާޅުވީ އެމަނިކުފާނުގެ ޕާޓީއިން ރައީސް ކަަމަށް ތާއީދު ކުރާނީ ޑަލަސް އަލަހައްޕެރުމައަށް ކަމަށެވެ.

"އަޅުގަނޑު އެންމެ ލޯބިވާ ގައުމާއި ރައްޔިތުންގެ މަސްލަހަތަށްޓަކަައި، އަޅުގަނޑުގެ ނަން އަނބުރާާ ގެންދަން ނިންމައިފިން،" ސަަޖިތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

"އެސްޖޭބީ އާއި އަޅުގަނޑުމެންގެ ބައިވެރިންނާއި އިދިކޮޅު ޕާޓްނަރުން މަސައްކަތް ކުރާނީ ޑަލަސްއަށް ކާމިޔާބު ހޯދައި ދިނުމަށް."

އެހެންކަމުން ރައީސް ހޮވުމުގެ ވޯޓުގައި ދެން އެންމެ ވާދަވެރިކަން ބޮޑު ވާނީ ޑަލަސް އާއި މިހާރު ވަގުތީ ރައީސް ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހައާ ދެމެދު އެވެ.

ސްރީލަންކާގެ މަޖިލީހުގައި 225 މެމްބަަރުން ތިއްބަަވަ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން މި ވަގުތު ގައުމުން ބޭރުގައި ތިބި ނަމަވެސް، ބުދަ ދުވަހުގެ ވޯޓަށް އެނބުރި ލަންކާއަށް ދާނެ ކަމަށް ބެލެވެ އެވެ.

ސްރީލަަންކާ ފްރީޑަމް ޕާޓީއިން ބުނީ ތާއީދު ބޮޑު ކެންޑިޑޭޓަކަށް ފުރުސަތު ދިނުމުގެ ގޮތުން އެ ޕާޓީގެ ފަރާތުން ވަކި ކެންޑިޑޭޓެއް ނުނެރޭނެ ކަމަށެވެ.

އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވިދާޅުވީ މެމްބަރުންގެ ވޯޓު ގަންނަން ފަައިސާ ހުށަަހަޅަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox