މަސްވެރިކަން ކުރާ އުޅަނދުތަކުގައި ލޮކޭޓިން ޑިވައިސް އާއި މޮނިޓަރިން ސިސްޓަމްސް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކަމާ ބެހޭ އިދާރާތައް ގުޅިގެން މަސްވެރިކަން ކޮންޓްރޯލްކޮށް، މޮނިޓާކޮށް، ސާވޭލަންސްއާ ބެހޭ ނިޒާމެއް ގާއިމުކުރުމަށް މަސްވެރިކަމުގެ ގާނޫނުން ލާޒިމުކުރެ އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު "އަދަދު"އަށް ބުނީ މަސްވެރިކަން ކޮންޓްރޯލްކޮށް، މޮނިޓާކޮށް، ސާވޭލަންސް ރަގަނޅުކުުރުމުގެ ގޮތުން މަސްވެރި އުޅަނދުތަކުގައި ވެސެލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ)އާއި އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމްސް (އީއެމްއެސް) ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން، މިއަދާ ހަަމައަށް 349 އުޅަނދެއްގައި ވީއެލްޑީ އާއި 14 އުޅަނދެއްގައި އީއެމްއެސް ހަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ.
މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލަންސްއާބެހޭ ނިޒާމެއް ގާއިމްކުރަން ޖެހެނީ ސިފައިންގެ ކޯސްޓްގާޑާއި، ފުލުހުންނާއި، ކަސްޓަމްސްގެ އިތުރުން ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި، އެނޫންވެސް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީންނެވެ.













