އިންޑިއާގައި ރަހީނު ކުރި ކަމަށް ހެދުނު އެމެރިކާ މީހަކު ހައްޔަރުކޮށްފި

ހައްޔަރު ކުރި އަންހެން މީހާ ނިއު ދިއްލީއަށް ދިޔައީ މިދިޔަ މޭ މަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހައްޔަރު ކުރި އަންހެން މީހާ ނިއު ދިއްލީއަށް ދިޔައީ މިދިޔަ މޭ މަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރަހީނު ކުރި ކަމަށް ހަދައި އޮޅުވާލި ކަމުގެ ތުހުމަތުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެމެރިކާ އަަންހެނަކު ހައްޔަަރުކޮށްފި އެވެ.

އުމުރުން 27 އަހަރުގެ އަންހެން މީހާ ރަހީނު ކުރި ކަމަށް ހަދައި އޮޅުވާލީ އޭނާގެ މައިންބަފައިން "ބްލެކްމެއިލްކޮށް" ފައިސާ ހޯދުމަށް ކަމަަށް ފުލުހުން ބުންޏެވެ.

އެ އަންހެން މީހާ އިންޑިއާއަށް ދިޔައީ މޭ ތިން ވަނަ ދުވަހު އެވެ. އޭނާގެ މަންމައަށް ގުޅައި، ފިރިހެނަކު ހަމަލާދެމުންދާ ކަމަށް ބުނީ ބުނީ ޖުލައި ހަތް ވަނަަ ދުވަހު އެވެ.

އާއިލާގެ ފަރާތުން އެމެރިކާ އެމްބަސީއަށް ކަންބޮޑުވުން ހުށަހެޅުމުން، ފުލުހުން ތަހުގީގު ކުރަން ފެށީ އެމްބަސީއިން ރަސްމީކޮށް މައްސަލަ ހުށަހެޅުމުންނެވެ.

އަންހެން މީހާ އުޅޭ ތަނެއް ހޯދުމަށް ކުރި ތަހުގީގުގައި އޭނާ އީމެއިލްތަކެއް ފޮނުވައި މަންމައަށް ވީޑިއޯ ކޯލް ކުރި އައިޕީ އެޑްރެސްތައް ޓްރޭސްކުރި އެވެ.

ފުލުހުންގެ މަސައްކަތުން އުމުރުން 31 އަހަރުގެ ނައިޖީރިއާ ފިރިހެނަކު ހައްޔަަރުކޮށް ސުވާލުކުރި އެވެ. އެ ފިރިހެން މީހާާ ބުނީ އަންހެން މީހާ ދިރިއުޅެނީ ދިއްލީ ކައިރީގައި އޮންނަ ނޮއިޑާގެ އެޕާޓްމަންޓެއްގައި ކަމަށެވެ.

"އަންހެން މީހާ ސަލަާމަތް ކުރުމުން އެނގުނީ، ރަހީނު ކުރި ކަމަށް ހަދައި އޮޅުވާލީ މަައިންބަފައިން ބްލެކްމެއިލް ކުރުމަށް ކަން،" ނިއު ދިއްލީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަމްރުތާ ގުގުލޮތް ވިދާޅުވި އެވެ.

ފުލުހުން ބުނީ ވޮޝިންޓަނަށް ނިސްބަތްވާާ އަންހެން މީހާ އާއި ނައިޖީރިއ ފިރިހެން މީހާ ދިއްލީގައި ދިރިއުޅެނީ އެކުގައި ކަމަށާއި އަންހެން މީހާގެ ވިސާ އަދި ފިރިހެން މީހާގެ ޕާސްޕޯޓް ވެސް ހަމަވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox