ވެލިގާ ފެންޓަސީ ލީގުގެ ވަނަތައް ހޮވައި، އިނާމު ހަވާލުކޮށްފި

Jul 18, 2022, 8:19 AM
ވެލިގާ ފެންޓަސީ ލީގުގެ ވަނަތައް ހޮވައި، އިނާމު ހަވާލުކޮށްފި

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ގުޅިގެން ކުރިއަށްގެންދިޔަ ވެލިގާ ފެންޓަސީ ލީގުގެ ވަނަވަނައަށް އައި މީހުންނަށް އިނާމު ހަވާލުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގު، (އެފްޕީއެލް) އަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ވަރަށް ފޯރީގައި ކުރިއަށްދާ މަގުބޫލު ގޭމެކެވެ. ކޮންމެ މީހަކަށް ވެސް ވަކިން ޓީމެއް ހަދާލައިގެން ޕްރައިވެޓް ލީގުތަކެއްގައި ވާދަކުރުމުގެ ފުރުސަތު ލިބެ އެވެ.

އެގޮތުން، ވެލިގާ އިން ދެ ލީގެއް ކުރިއަށްގެންދިޔަ އެވެ. އެއީ، އާންމުންނަށް ހުޅުވާލައިގެން ބޭއްވި ލީގާއި އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ބޭއްވި ލީގެވެ. ދެ ލީގަށް ވެސް ވެލިގާއިން އަގުހުރި އިނާމުތަކެއް ކަނޑައެޅި އެވެ. އާންމުންނަށް ހުޅުވާލައިގެން ބޭއްވި ލީގުގައި 1،200 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ވަނަވަނައަށް ދިޔަ މީހުންނާ އިނާމުތައް ހަވާލުކޮށްފަ އެވެ. އިނާމު ހަވާލުކޮށްދިނީ ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ސަލީމް އެވެ.

އާންމުންގެ ލީގުން އެއްވަނައަށް ހޮވުނު ލިޒާން އަހްމަދަށް 30،000ރ. ގެ އިނާމެއް ދިން އިރު ދެވަނައަށް ދިޔަ އަބްދުﷲ ވަހީދަށް ދީފައި ވަނީ 20،000ރ. އެވެ. އަދި، ތިންވަނައަށް ދިޔަ އަލީ ނާހިދަށް ދީފައި ވަނީ ޕްލޭސްޓޭޝަން 5 އެވެ. އަދި، ގަދަ 10 އަކަށް ވަނީ އޮރިޖިނަލް ފުޓްބޯޅަ ޖާޒީއަކާއި 2،000ރ. ހަވާލުކޮށްފަ އެވެ.

ވެލިގާގެ މުވައްޒަފުންގެ މެދުގައި ކުރިއަށްގެންދިޔަ ލީގުގައި އެއްވަނައަށް ދިޔަ މުހައްމަދު ހާޒިމް އަށް ޕްލޭސްޓޭޝަން 5 އެއް ދިންއިރު ދެވަނައަށް ދިޔަ ހަސަން މުއާޒަށް ދީފައިވަނީ ލެޕްޓޮޕެކެވެ. އަދި، ތިންވަނައަށް ދިޔަ އަމީމަށް ދީފައިވަނީ ކޮފީ މެޝިނެކެވެ.

މިއީ ވެލިގާއިން ކުރިއަށްގެންދިޔަ މިފަދަ ފުރަތަމަ ލީގު ކަމަށްވާއިރު އަންނަ ސީޒަނުގެ އިނގިރޭސި ލީގާ އެކު ވެސް ވެލިގާ ފެންޓަސީ އެނބުރި އަންނާނެ އެވެ. އަދި، ދެން އޮތް ސީޒަނުގެ ފެންޓަސީ ލީގުގެ އިނާމުތައް މިއަށްވުރެ ބޮޑުވާނެ ކަމަށް ވެލިގާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox