ޒުވާން ފޯވާޑް އެކިޓީކޭ ޕީއެސްޖީ އަށް

Jul 18, 2022, 6:03 AM
ޒުވާން ފޯވާޑް އެކިޓީކޭ ޕީއެސްޖީ އަށް

ޕެރިސް (ޖުލައި 18) - ފްރާންސްގެ ރެއިމްސް އަށް ކުޅެމުންދިޔަ ޒުވާން ފޯވަޑް ހޫގޯ އެކިޓީކޭ ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީއާ ގުޅިއްޖެ އެވެ.

މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި އެކިޓީކޭ، 20، ޕީއެސްޖީއާ ލޯނު އެއްބަސްވުމެއްގެ ދަށުން ގުޅުނީ އަންނަ ސީޒަންގެ ނިޔަަލަށެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި 36 މިލިއަންގެ ޔޫރޯގެ ޓްރާންސްފާ ފީއެއްގައި އެކިޓީކޭ ގެންނަން ޕީއެސްޖީން ބޭނުންވި ނަމަވެސް، އެކިޓީކޭ އާއި ރެއިމްސްއާ ދެމެދު އުފެދިފައިވާ މައްސަލައެއްގެ ސަބަބުން ދާއިމީ ޓްރާންސްފާއެއް ހަމަނުޖެހުނީ އެވެ.

މިދިޔަ ސީޒަންގެ ފްރާންސް ލީގުގައި، އެކިޓީކޭ ވަނީ ޖުމްލަ 11 ލަނޑު ޖަހައިފަ އެވެ.

އެކިޓީކޭ ގެންދަން ނިއުކާސަލް ޔުނައިޓަޑާއި ޔޫރަޕްގެ އެހެން ބައެއް ބޮޑެތި ކްލަބުތަކުން މަސައްކަތްކުރި ނަމަވެސް، ޓްރާންސްފާއެއް ހަމަޖެހޭ ގޮތެއް ނުވި އެވެ.

ޕީއެސްޖީން ވަނީ ކުރިއަށް އޮތް ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ޕޯޓޯ އަށް ކުޅެމުންދިޔަ މިޑްފީލްޑަރު ވިޓީނިއާ ގެނެސްފަ އެވެ. މީގެ އިތުރުން، ސްޕޯޓިން ލިސްބަން އިން ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް މިދިޔަ ސީޒަންގައި ކުޅުނު ޑިފެންޑަރު ނޫނޯ މެންޑޭސް ވެސް ވަނީ ދާއިމީ ޓްރާންސްފާއެއްގެ ދަށުން އެ ޓީމަށް ގެނެސްފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox