ސްރީލަންކާގައި އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސްރީލަންކާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހަދާފައިވާ ކިޔޫއެއް: ސަރުކާރުން އެދިފައި ވަނީ ތެޔޮ ވިއްކަން ފެށުމުގެ ކުރިން އުޅަނދުތައް ޖަމާ ނުވުމަށް. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހަދާފައިވާ ކިޔޫއެއް: ސަރުކާރުން އެދިފައި ވަނީ ތެޔޮ ވިއްކަން ފެށުމުގެ ކުރިން އުޅަނދުތައް ޖަމާ ނުވުމަށް. -- ފޮޓޯ: އޭއެފްޕީ

ހޯމަ ދުވަހުން ފެށިގެން މުޅި ސްރީލަންކާގައި އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

ކުއްލި ނުރަައްކަލުގެ ހާލަތުގައި ފުލުހުންނާއި ސަލާމަތީ ބާރުތަކަށް ފަސޭހަކަމާ އެކު މީހުން ހައްޔަރުކޮށް ބަންދު ކުރުމުގެ ބާރު ލިބެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ ނެރުއްވި ގެޒެޓް އަމުރެއްގެ ދަށުންނެވެ.

އެ އަމުރުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާއްމު ރައްކާތެރިކަމާއި އަމަންއަމާންކަން ދަމަަހައްޓައި، ޒަރޫރީ ހިދުމަތާއި މުދާ ސަޕްލައި ކުރުން ދެމެހެއްޓުމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު، ވަރަށް އަވަހަަށް ސްރީލަަންކާގައި ޕްރައިވެޓް ވެހިކަލްތަކަށް ތެޔޮ ވިއްކަން ފަަށާނެ ކަމަށް ބެލެވެ އެވެ.

ނިއުސްވަޔާ ނޫހުން ބުނީ ހޯމަ ނުވަތަ އަންގާރަ ދުވަހު ޕެޓްރޯލް ޝިޕްމަންޓެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. ހަކަތައާ ބެހޭ މިނިސްޓަރު ކަންޗަނާާ ވިޖެސޭކަރަ އާދީއްތަ ދުވަހު ވިދާޅުވީ ޝިޕްމަންޓްތަކަށް ފައިސާ ދައްކާފައިވާ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ނޭޝަނަލް ފިޔުލް ޕާސްގެ ނަމުގައި ދޫކުރާ ފާހެއް މެދުވެރިކޮށް ޕްރައިވެޓް ވެހިކަލްތަކަށް ކޮންމެ ހަފްތާއަކަށް ކޯޓާ ކަނޑައަޅައިގެން ތެޔޮ ވިއްކުމަށެވެ.

މިހާތަނަށް 100،000 އަށް ވުރެ ގިނަ ގިނަ އުޅަނދަށް އެ ފާސް ނަގާފައިވާ އިރު، ތެލުގެ އާ ސްޓޮކް ވިއްކަން ފަށާނީ ރަޖިސްޓްރޭޝަން ފުރިހަމަވުމުން، ޖުލައި 20 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެން ނަމަވެސް، މިހާރު ވެސް ޕެޓްރޯލް ސްޓޭޝަންތަކުގައި ދިގު ކިޔުތައް ވަނީ ހަދަން ފަށާފަ އެވެ. ހަކަތައާ ބެހޭ މިނިސްޓަރު އެދިވަޑައިގެންނެވީ ތެޔޮ ވިއްކަން ފެށުމުގެ ކުރިން ކިޔުތަކަށް ނޭރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox