ހުލާސާކޮށް އިއްޔެ: ޓެކްސް ރޭޓު ބޮޑުނުކުރަން އައިއެމްއެފްގެ ލަފާ

ހުލާސާކޮށް އިއްޔެ: ޓެކްސް ރޭޓު ބޮޑުނުކުރަން އައިއެމްއެފްގެ ލަފާ

ކޮވިޑުގެ ބަލިމަޑުކަމާއި ސަޕްލައި ދަށްވުމުގެ ސަބަބުން މުޅި ދުނިޔޭގައި އުފެދިފައިވާ އިންފްލޭޝަން މަތިވުމުގެ މައްސަލަ ހަމައަކަށް ނޭޅެނީސް ރާއްޖޭގައި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން ނުފެންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ސަރުކާރުން މިދިޔަ މަހު ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.

އާ ޓެކްސް ރޭޓަށް އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އަމަލުކުރަން ފަށާއިރު، ޓެކްސް ރޭޓު ބޮޑުކުރީ އައިއެމްއެފްއިން ދިން ލަފާގެ ދަށުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމިކަން ސަރުކާރުން އިއުލާނުކުރުމުގެ ކުރިން މިދިޔަ މަހުގެ 16 ގައި އައިއެމްްއެފުން ނެރުނު ރިޕޯޓެއްގައި ބުނީ މިހާރު ދުނިޔޭގައި އޮތް އިންފްލޭޝަނަރީ ޕްރެޝަރާއި ކޮވިޑުގެ ބަލިމަޑުކަން އަދިވެސް ކުރިއަށް ދާތީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން އެންމެ އަވަސް ވެގެން ވެސް 2024 އާ ހަމައަށް މަޑުޖައްސައިލަން ލަފާދޭ ކަމަށެވެ.

ރާއްޖޭގެ އިންފްލޭޝަން ހުރީ ގާތްގަނޑަކަށް ތިން ޕަސަންޓުގައި ކަމަށާއި، ޓެކްސް ބޮޑު ކުރުމުގެ ސީދާ އަސަރު އިންފްލޭޝަނަށް ކުރާނީ ގިނަވެގެން އެއް ޕަސަންޓު ކަމަށް ލަފާކުރެވޭކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި މިއަހަރު އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކުރެވެނީ 2.3 ޕަސެންޓުންނެވެ.

"މިހާރު އޮތް އިންފްލޭޝަނަރީ ޕްރެޝަރަށް ބަލާއިރު، އަދި ކޮވިޑުގެ ބަލިމަޑުކަން ކުރިއަށް ދާތީއާ ވެސް އެކުގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން، 2024 ވަނަ އަހަރާ ހަމައަށް މަޑުޖައްސައިލުމަކީ ލަފާދޭ ކަމެކެވެ،" އައިއެމްއެފްގެ ރިޕޯޓުގައި ބުންޏެވެ.

ޓެކްސް ބޮޑުކުރުމާއި ޓެކްސް ބޮޑުކުރާކަން އިއުލާނު ކުރުން ވެސް މަޑުޖައްސައިލަން އައިއެމްއެފުން ލަފާދިން އެއް ސަބަބަކީ ރާއްޖޭގައި ތަކެތީގެ އަގުބޮޑުވަމުން ދިއުމެވެ. އެ ޖަމާއަތުން ދެކޭ ގޮތުގައި ޓެކްސް އަށް ބަދަލު ގެންނަ ވާހަކައަކީ ވެސް ތަކެތީގެ އަގުބޮޑުކުރުމަށް ބާރަކަށް ވާނެ އެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި މިހާރު ނިންމާފައިވާ ގޮތަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރިޔަސް ދައުލަތުގެ އާމްދަނީ އަށް މާބޮޑު އިތުރުވުމެއް ނާންނާނެ އެވެ. އެއީ ޓެކްސް ނެގުމުގައި މިހާރު ހުރި ބައެއް ސިޔާސަތުތަކުގެ ސަބަބުންނެވެ. އެއީ ޓެކްސް އިން އިސްތިސްނާވާ ގިނަ ބާވަތްތަތަކާއި ހިދުމަތްތަކެއް ހުރީމަ އެވެ. އެ ޖަމާއަތުގެ ލަފަޔަކީ ޓެކްސް ނުނަގާ ލިސްޓް އަލުން މުރާޖައާ ކުރުމެވެ.

އެ ރިޕޯޓްގައި ލަފާދީފައި ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ މިހާރު ބޮޑުކުރުމުގެ ބަދަލުގައި އެކި މަރުހަލާ ތަކަށް ބަހާލައިގެން، މުޅި ޓެކްސް ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާށެވެ.

އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން ވަކި ވަރަކަށް އަދި އާއްމު އެހެން ދާއިރާތަކުން ވަކި ވަރަކަށް ނަގާ ގޮތަށް (ޖީއެސްޓީއާއި ޓީޖީ އެސްޓީ ވަކިވަކިން ނަގާ ގޮތަށް) އޮތުމުގެ ބަދަލުގައި ޖީއެސްޓީ އެއް ރޭޓަކުން ނަގާ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.

ޖީއެސްޓީ، ޓީޖީއެސްޓީގެ ތާރީހު

ގާނޫނާއެކު 2011 ގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޖީއެސްޓީ ތައާރަފުކުރި އިރު، އޭރު ރޭޓު ހުރީ 3.5 ޕަސަންޓުގަ އެވެ. އޭގެ ފަހުން، މިހާރު ނަގަމުންދާ ހަ ޕަސަންޓަށް ޖީއެސްޓީ ބޮޑުކުރީ 2012 ވަނަ އަހަރެވެ.

ޓޫރިޒަމް ޖީއެސްޓީ 2013ގައި ތައާރަފުކުރިއިރު އަށް ޕަސަންޓުގައި ހުރިއިރު، މިހާރު ނަގަމުންދާ 12 ޕަސަންޓަށް ބޮޑުކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • ހދ. ކުޅުދުއްފުށި ސިޓީގައި ގާއިމްކޮށްފައި ހުރި ހައި ކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮފި އުވާލާ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގުކުރެއްވީ އިއްޔެ އެވެ.
  • ކ. މާފުށީ ޖަލަށް ވަގަށް ވަންނަން މަސައްކަތް ކުރި ދެ މީހުންގެ ތެރެއިން އެކަކު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށާއި އަނެކަކު ގާތްގަނޑަކަށް ދޮޅު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • އިގުތިސޯދަށް ފިއްތުންތަކެއް ހުރި ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބި، ދައުލަތުގެ އާމްދަނީގެ ރެކޯޑުތައް މުގުރާލާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ ޓެކްސް ރޭޓް ބޮޑުކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނީ:

މިހާރު އޮތް އިންފްލޭޝަނަރީ ޕްރެޝަރަށް ބަލާއިރު، އަދި ކޮވިޑުގެ ބަލިމަޑުކަން ކުރިއަށް ދާތީއާ ވެސް އެކުގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން، 2024 ވަނަ އަހަރާ ހަމައަށް މަޑުޖައްސައިލުމަކީ ލަފާދޭ ކަމެކެވެ،

ދުވަހުގެ ފޮޓޯ

ރާއްޖޭގައި މިހާރު ކުރިއަށްްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި 170 ސެންޓިމީޓަރު ބައިން ރަން މެޑަލް ރާއްޖޭގެ އަޒްނީން ރަޝާދު ހޯދުން. މިއީ، އޭޝިއާ ބައްރުގެ ބޮޑީބިލްޑިން މުބާރާތަކުން ރާއްޖެ އަށް ލިބުނު ދެ ވަަނަ ރަން މެޑަލް.
ރާއްޖޭގައި މިހާރު ކުރިއަށްްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި 170 ސެންޓިމީޓަރު ބައިން ރަން މެޑަލް ރާއްޖޭގެ އަޒްނީން ރަޝާދު ހޯދުން. މިއީ، އޭޝިއާ ބައްރުގެ ބޮޑީބިލްޑިން މުބާރާތަކުން ރާއްޖެ އަށް ލިބުނު ދެ ވަަނަ ރަން މެޑަލް.

ރާއްޖޭގައި މިހާރު ކުރިއަށްްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި 170 ސެންޓިމީޓަރު ބައިން ރަން މެޑަލް ރާއްޖޭގެ އަޒްނީން ރަޝާދު ހޯދުން. މިއީ، އޭޝިއާ ބައްރުގެ ބޮޑީބިލްޑިން މުބާރާތަކުން ރާއްޖެ އަށް ލިބުނު ދެ ވަަނަ ރަން މެޑަލް.

ދިރާސާތަކުން ކިޔާލުމަށް

"އެންހޭންސިން ރިސީލިއަންސް ޓު ކްލައިމެޓް ޗޭންޖު އިން ދަ މޯލްޑިވްސް"

މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެކުލަވާލާފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox