ހަޝޮގްޖީއަށް ވީ ގޮތާ މެދު ހިތާމަކުރަން: ސައުދީ ވަލީ އަހުދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ސައުދީ ވަަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން: ދެ ބޭފުޅުންގެ ބައްދަލުވުން އޮތީ ހުކުރު ދުވަހު ޖިއްދާގައި. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ސައުދީ ވަަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން: ދެ ބޭފުޅުންގެ ބައްދަލުވުން އޮތީ ހުކުރު ދުވަހު ޖިއްދާގައި. -- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީއަށް ވީ ގޮތާ މެދު "ހިތާމަ ކުރައްވާ" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރެއްވުމަށް ފަހު ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އެ ދެ ބޭފުޅުން ބަައްދަލުކުރެއްވީ ހުކުރު ދުވަހު ޖިއްދާގަ އެވެ. ބައްދަލުވުމުގައި ބައިވެރިވި ސައުދީގެ އިސް އޮފިޝަލަކު ބުނީ ދޮޅު ގަޑިއިރަށް ޝެޑިއުލް ކުރި ނަމަވެސް، ތިން ގަޑިއިރު ވަންދެން ދެ ލީޑަރުން އެކި މައުލޫއުތަކުގައި ވާހަކަ ދެއްކެވި ކަމަށެވެ.

ވަލީ އަހުދު ވިދާޅުވީ ހަަޝޮގްޖީގެ މައްސަލައިގައި ސައުދީ އަރަބިއްޔާއިން ހުރިހާ ގާނޫނީ އިޖުރާއަތުތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން ތަހުގީގުތައް ހިންގައި، ޝަރީއަތްކޮށް، ހުކުމްކޮށް، ހުކުމް ތަންފީޒު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިމަގުގައި އެފަދަ ބޮޑު ގޯހެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ނިޒާމުތައް ގާއިމްކޮށްފައި ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއީ ދުނިޔޭގެ ކޮންމެ ތަަނެއްގަައި ވެސް ހިނގުން އެކަށީގެންވާ ފަދަ ހާދިސާއެއް ކަމަށާއި ހަޝޮގްޖީ ނޫނަސް ހަމަ އެ އަހަަރު ގިނަ އަދަދެއްގެ ނޫސްވެރިން އެހެން ގައުމުތަކުގައި މަރާފައިވާ ކަމަށް ވަލީ އަހުދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމެރިކާއިން ވެސް ބޮޑެތި ގޯސްތައް ހަދާފައިވާ ކަމަށާއި އިރާގުގެ އަބޫ ގުރައިބް ޖަލުގައި މީހުންނަށް އަނިޔާކޮށް މެރުމުގެ އިތުރުން ވެސް ލާއިންސާނީ އެތައް އަމަލެއް އެމެރިކާާއިން ހިންގި ކަމަށެވެ.

ވަލީ އަހުދު ވަނީ އިޒްރޭލްގެ ސިފައިން ފަލަސްތީނުގެ ނޫސްވެރިޔާާ ޝީރީން އަބޫ އަކްލެހް މަރާލި ގޮތަށް އިޝާރާތް ކުރައްވައި، އެކަމުގައި އެމެރިކާ އާއި އެހެން ގައުމުތަކުން އެޅީ ކޮން ފިޔަަވަޅެއްތޯ ސުވާލު ކުރައްވައިފަ އެވެ.

ޖަމާލް ހަޝޮގްޖީ މަރުވީ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންޒިއުލޭޓް ތެރޭގައި ބަޔަކު އޭނާގެ ކަރުގައި ހިފައި ނޭވާ ހާސް ކުރުމުންނެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ވަކިކުރި އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި ހަޝޮގްޖީ މަރާލުމަށް އަމުރު ކުރެއްވީ ސައުދީ ވަލީ އަހުދެވެ. ނަމަވެސް އެމަނިކުފާނު އެކަން ދޮގުކުރައްވަ އެވެ.

ސައުދީގެ ކޯޓަކުން 2019 ވަނަ އަހަރު ޝަރީއަތް ކުރުމަށް ފަހު ނަން ހާމަނުކުރާ އަށް މީހެއްގެ މައްޗަށް ހަޝޮގްޖީ މަރާލި ކަމަށް ސާބިތުވި އެވެ.

އޭގެ ތެރެއިން ފަސް މީހުންނަކީ ހަޝޮގްޖީ މަރާލުމުގައި ސީދާ ބައިވެރިވި މީހުންނެވެ. އެ މީހުންނަށް އިއްވި މަރުގެ ހުކުމް ފަހުން ވަނީ 20 އަހަރުގެ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ.

އިތުރު ތިން މީހުންގެ މައްޗަށް ސާބިތުވީ އެ ހާދިސާ ސިއްރު ކުރި ކަމަށެވެ. އެ މީހުންނަށް އިއްވީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެވެ.

ހަޝޮގްޖީ އަކީ އަމިއްލަ އަށް ގައުމުން އަރުވާލެވިގެން އެމެރިކާގައި ދިރިއުޅެމުން ދިޔަ ސައުދީ ނޫސްވެރިއެކެވެ. އޭނާ ވަނީ ސައުދީ ވަލީ އަހުދަށް ވަރަށް ބޮޑަށް ފާޑުކިޔައި ކޮލަމްތައް ދަ ވޮޝިންޓަން ޕޯސްޓު ނޫހުގައި ޝާއިއުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox