ހަގީގަތާ ނުބައްދަލު ހަކަތައިގެ ސިޔާސަތުތަކުން ގެއްލުން ވާނެ: ސައުދީ ވަލީ އަހުދު

ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން: އެމަނިކުފާނު ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދު ކުރަަން ގެންގުޅޭ ސިޔާސަތުތަކުން ގެއްލުން ވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ

ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން: އެމަނިކުފާނު ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދު ކުރަަން ގެންގުޅޭ ސިޔާސަތުތަކުން ގެއްލުން ވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ

ހަގީގަތާ ނުބައްދަލު ހަކަތައިގެ ސިޔާސަތުތަަކުން އިންފްލޭޝަން މަތިވާނެ ކަމަށާއި ދުނިޔޭގެ އިގްތިސާދު ރަނގަޅު ކުރުމަށް އެއްބައިވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަަހުދު އަމީރު މުހަައްމަަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ޖިއްދާގައި ހޮނިހިރު ދުވަހު އޮތް ސެކިއުރިޓީ އެންޑް ޑިވެލޮޕްމަންޓް ސަމިޓުގައި ވަލީ އަހުދު ވިދާޅުވީ ހަކަތައާ ގުޅޭ ހަގީގަތާ ނުބައްދަލު ސިޔާސަތުތަކުން އިންފްލޭޝަން މަތިވެ، މުސްތަަގްބަލުގައި ކަރަންޓުގެ އަގު އިތުރަށް އުފުލިގެން ދާނެ ކަމަށެވެ.

"ޖައްވަށް ދޫކުރާ ވިހަ ގޭސް މަަދު ކުރަން ހަގީގަތާ ނުބައްދަަލު ސިޔާާސަތުތަކަށް އަަމަަލުކޮށް، ހަކަތައިގެ މައި ވަސީލަތްތަކާ ދުރުވުމުން، ކުރިއަށް އޮތް އަހަރުތަކުގައި އިންފްލޭޝަން ވަރަށް ބޮޑަށް މަތިވެ، ކަރަންޓުގެ އަގު އުފުލި، ވަޒީފާ ނެތް މީހުން އިތުރުވުމާ އެކު ސީރިއަސް އިޖުތިމާއީ އަދި ސެކިއުރިޓީ މައްސަލަތައް އިތުރަށް ގޯސް ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

ސައުދީ އަރަބިއްޔާއިން ރޭވި ސަމިޓު ހޮނިހިރު ދުވަހު ފެށި އިރު، ގަލްފްގެ ހަ ގައުމާއި މިސްރު، އުރުދުން އަދި އިރާގުން ވެސް ބައިވެރިވެ އެވެ.

ހުކުރު ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އެމެރިކާގެ އެހެން އޮފިޝަަލުން ވެސް އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

ސަމިޓު ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަަލީ އަހުދު ވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ސަލާމާއި ހެޔޮ އެދުން ގަައުމުތަކުގެ އޮފިޝަަލުންނަށް ފޮނުއްވާފަ އެވެ.

އޭގެ އިތުރުން ސަރަހައްދީ ކަންކަމުގައި އިރާނުން އެއްބާރުލުން ދިނުމަށާއި ގައުމުތަކުގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ވަލީ އަހުދު ގޮވާލެއްވި އެވެ.

ބައިޑެން ވިދާޅުވީ ނިޔުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު އިރާނަށް ނުލިބޭނެ ކަމަށާއި މެދުއިރުމަތީގައި އެމެރިކާ ދެމިއޮންނާނީ ހަރަކާތްތެރި، ބަދަހި ބަައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

އޭގެ އިތުރުން އިޖުތިމާއީ އަދި އިގްތިސާދީ ހެޔޮ ބަދަލު ގެނައުމަށް އިންސާނީ ހައްގުތަކަކީ ބޮޑު ބާރެއްގެ ގޮތުގައި ބަަލައިގަތުމަށް އަރަބި ލީޑަރުންނަށް ބައިޑެން ގޮވާލެއްވި އެވެ.

ބައިޑެން އިތުރަށް ވިދާޅުވީ މެދުއިރުމަތީގައި ރަޝިއާ، ޗައިނާ އަދި އިރާނުގެ ނުފޫޒު ގަދަަ ކުރެވޭނެ ފަދަ ހުސް ޖާގައަށް އެމެރިކާއިން ފުރުސަތު ނުދޭނެ ކަމަށާއި އެމެރިކާގެ މަސްލަހަތު ގުޅިފަައި އޮތީ މެދުއިރުމަތީގެ ކާމިޔާބާ ކަމަށެވެ.

ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުން. -- ފޮޓޯ: ރޮއިޓާޒް
ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުން. -- ފޮޓޯ: ރޮއިޓާޒް

ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުން. -- ފޮޓޯ: ރޮއިޓާޒް

ސަމިޓުގައި ވާހަކަފުޅު ދެއްކެވި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެ ވަނަަ ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލު ނުލިބެނީސް މެދުއިރުމައްޗަށް ހަމަނުޖެހުން ނާންނާނެ ކަމަށެވެ.

ކުވެއިތުގެ ވަލީ އަހުދު ޝެއިހް މެޝާލް އަލް އަހްމަދް އަލް ސަބާހް އިރާނަށް ގޮވާލެއްވީ ސަރަހައްދުގެ ރައްކާތެރިކަމަށްޓަކައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދިނުމަަށެވެ.

އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ކަދޭމީ ގޮވާލެއްވީ ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާ ސްޓްރެޓެޖީއެއް ބިނާކޮށް، ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވޭނެ ގޮތްތައް ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox