ދެ ވަނަ ޑިވިޝަން: ބީޖީ ބަލިކޮށް ވިކްޓަރީގެ އެނބުރި އައުން މޮޅަކުން ފާހަގަކޮށްފި

Jul 15, 2022, 6:07 PM
ވިކްޓަރީގެ ލެބަނަން ފޯވާޑް ކުޑޫ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ވިކްޓަރީގެ ލެބަނަން ފޯވާޑް ކުޑޫ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ 2-1 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބް ފުޓްބޯޅައިގެ ހަރަކާތްތަކަށް އެނބުރި އައުން މޮޅަކުން ފާހަގަކޮށްފި އެވެ.

އެޑްމިނިސްޓްރޭޝަނާއި މުސާރައިގެ މައްސަލަތަކާ ހެދި ވިކްޓަރީ ތިން އަހަރެއްހާ ދުވަހު ސަސްޕެންޝަނެއްގައި އޮތުމަށް ފަހު، އެނބުރި އައިސް ރަސްމީ މެޗެއް ކުޅުނީ މިރޭ އެވެ. މިއީ 51 އަހަރުވީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ، ވިކްޓަރީން ފާއިތުވި 1021 ދުވަސް ތެރޭ ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. އަދި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުށި އަތުން މޮޅުުވި ފަހުން ރަސްމީ މެޗެއްގައި މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗަށް ނުކުތް ވިކްޓަރީގެ ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ވިކްޓަރީން 2019 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ނަމަވެސް ސަސްޕެންޝަނާ ހަމައަށް ދިޔައިރު އޮތީ މޮޅެއް ނުލިބި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން، ފުރަތަމަ ހާފުގައި ވިކްޓަރީން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ވިކްޓަރީގެ ފުރަތަމަ ގޯލު ޖެހީ އެ ޓީމުގެ ލެބަނަން ފޯވާޑް މުހައްމަދު ކުޑޫ އެވެ. މިއީ ވިކްޓަރީގެ ވާތުބެކް، މުހައްމަދު އާމިރް ނެގި ހުރަހަކުން އޭރިއާތެރެއިން އަހުމަދު އިމާޒް (އާއްކޮ) ބޮލުން ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޯވަހެޑް ކިކަކުން ކުޑޫ ޖެހި ގޯލެކެވެ.

ގޯލު ޖެހުމަށް ފަހު ވިކްޓަރީގެ ކުޑޫ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ލީޑުނެގިތާ އިރުކޮޅެއްގެ ތެރޭގައި ވިކްޓަރީން ވަނީ ދެ ވަަނަގޯލެއް ޖަހައިފަ އެވެ. ކުޑޫ ކުރިއަށް ޖައްސާލި ބޯޅަ ބީޖީ ޑިފެންސް ފަހަތުން ހޯދައި، ވިކްޓަރީގެ ކުރިއަށް ކުޅޭ އަހުމަދު ހުސެއިން (އައްމަޑޭ) ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ކުރިން ވިކްޓަރީގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ، ހަސަން އަދުހަމް (ސަޑޭ)ގެ ކެޕްޓަންކަމުގައި ކުޅުނު ވިކްޓަރީން ފުރަތަމަ ހާފު ނިމުމުގެ ކުރިން އާއްކޮ ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އެ ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ފުރަތަމަ ހާފުގައި ބީޖީގެ ކުޅުންތެރިންނަށް ވިކްޓަރީގެ ގޯލުގައި ހުރި މިސްރުގެ ކީޕަރު، އަހުމަދު ސައީދު ހުރި ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނެވެ.

ވިކްޓަރީގެ ޝާން (ކ) މިރޭގެ މެޗުގެ ތެރެއިން ބީޖީ ކުޅުންތެރިއަކު ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ބީޖީން ކުރިއަށް ޖެހިގެން ކުޅެ ފުރުސަތު ތަނަވަސްކުރަން ފެށި އެވެ. ބީޖީން ވަނީ މެޗުގެ 60 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗުގެ ތެރެއަށް އެނބުރި އައިސްފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ޔަފާއު މުހައްމަދު (ޔާ) އެވެ.

މެޗުގެ ފަހުކޮޅުގައި ބީޖީން ކުރިއަށް ޖެހިގެން އިތުރު ގޯލެއް ޖަހައި ނަތީޖާ ހަަމަހަމަކުރަން ކުރި މަސައްކަތް .ކާމިޔާބެއްނުވި އެވެ. އެ ޓީމުން ފޮނުވާލި ބޯޅަތައް ބްލޮކްކުރުމުގައި ވިކްޓަރީގެ ޑިފެންސްލައިން ފެނުނީ ވަރުގަދަކޮށެވެ.

އަނެއްކޮޅުން، ވިކްޓަރީން ވެސް ބަދަލުތަކެއް ގެނެސްގެން، ކައުންޓަ އެޓޭކުގައި ތިން ވަނަ ގޯލެއް ޖެހޭތޯ ބެލި އެވެ. ވިކްޓަރީގެ އައްމަޑޭ އަށް މެޗުގެ އިތުރު ވަގުތުގައި ލިބުނު ފުރުސަތަކުން އޭނާ އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީ ހިމެނޭ ގްރޫޕްގެ ދެ މެޗެއް މާދަމާ އޮންނާނެ އެވެ. ހަވީރު ކުޅޭ މެޗުގައި އެލްޓީ ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، މާދަމާ ރޭ އޮންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ޓީނޭޖް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox