ކޮސްމޯ

Jul 15, 2022, 5:17 AM
ކޮސްމޯ

ލުޖައިލްގެ ޝަހާދަތް އިނގިލީގެ ކުރި ޖައްސާލީ އަތުގައި އޮތް ޒަމާނީ ޓެބްލެޓުގެ ސްކުރީނުގައެވެ. އެއާއެކު އޭނާގެ ވިންދުތައް އަވަސްވިއެވެ. ދެ ލޮލަށް ގޮތެއް ހަދައިލިއެވެ. ދެ ކޮލުގެ މަސްތަކުގައި މަޑުމަޑު ތުރުތުރެއް ދުވެލިއެވެ. ޝަހާދަތް އިނގިއްޔާ ބޮޑުވާ އިނގިލީގެ ދާއިރާ ފުޅާކޮށްލާ ފޮޓޯގަނޑު ބޮޑުކޮށްލިއެވެ. އެއީ ޗިސްޗިސްވެފައިވާ މީހުންގެ ހަށިތަކެކެވެ. ކުދިކުދިވެ ހަފުސްވެ ފިހިފައި ހުރި މިނިމަސް ތަކެކެވެ. ގޮތް ނޭނގޭ ވަރަށް މަސްހުނިވެ ފުނޑުފުނޑުވެފައިވާ ހަށިތައް ހުރީ އައްޔާއި ވެއްޔާ އެކުވެ، ވެށި ގެށިފައެވެ. ގަދަ ހޫނުން ފިހި ރޯފިލައިފައެވެ. ލުޖައިލްގެ މޭބޮޑުވިއެވެ. ދޫ ދަށުން ކުޅުތައް ގިނަވިއެވެ. އޭނާއަށް ފުން ނޭވާއެއް ބޭރުންކޮށްލެވުނެވެ. އެއާއެކު ހަނދާނުގެ ދުރުމި ހުއްޓުނީ އެ ހާދިސާއަށެވެ.

ފާލަން ކައިރިއަށް ރަށުޕިކަޕެއް މަޑުކޮށްލިއެވެ. ފާލަމުގައި ތިބި މީހުން ބަލައިލީ އެ ދިމާއަށެވެ. އެ މީހުންގެ މޫނުމަތިން ފާޅުވީ އެއް އިހުސާސެކެވެ. ހިތްހަމަ ނުޖެހުމާއި ފޫހިކަމެވެ. މައްސަލައަކަށްވީ ރަށުޕިކަޕެއް ނޫނެވެ. ދުއްވަން އިން މީހާއެވެ. ލުޖައިލެވެ. ލުޖައިލު ލުއި ހިނިތުންވުމަކުން އެމީހުންނަށް ވެދުންކޮށްލިއެވެ. ނަމަވެސް، އެ މީހުންގެ ތުންފަތުގައި ނަށަށް ފެށީ މަލާމާތުގެ ހިނިތުންވުމެކެވެ. ލުޖައިލަށް އެކަން އެނގުނެވެ.

ދެވަނަ ފަހަރަށް ލުޖައިލު އެ މީހުންނަށް ބަލައިލިއެވެ. ދަށަށް ޖަހައިލައިފައިވާ ހުދުކުލައިގެ ގަމީހާއި ކަރަށް ވާންކޮށްލައިފައިވާ ޓައީ ތަކަށެވެ. އެ މީހުން ފައިހިއްލަމުން އެ ދަނީ މާލެއިން އަންނަ ވަފުދުގެ އިސްތިޤުބާލުގައެވެ. ލުޖައިލަށް ބަލައިލެވުނީ އެއްގަމާ ދިމާއަށެވެ. ލޮލުގައި އަޅައިގަތީ އެއްގަމާ ވީކޮޅުން، މާބޮނޑިތަކެއް އަތަށް ލައިގެން ދެފިޔަވަޅު އެއްކުރުމުން އައި ދެތިން އަންހެނުންނެވެ. އެ މީހުންގެ އިނގިލި ކުރިތަކުގައި ހިފައިލައިގެން ތިބި މައުސޫމު ކުދިންނަށެވެ. އެ ކުދިންގެ ކުރިމަގާ މެދު އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެ ކުދިންގެ ހިމާޔަތެއް ނެތްކަން ކަށަވަރުވާތީ ފެންކަޅިވިއެވެ. ރަށުގެ ޙައްޤުގައި މިއަދު ދެއްކި ހުރިހާ ވާހަކައެއް ބޭކާރުވި ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އުފަން ފަސްގަނޑުގައި އޭނާއަކީ އަގެއް ނެތް ބީރައްޓެއްސެއްކަން އެމީހުން ވިސްނައިދީފިއެވެ.

Advertisement

ލުޖައިލްގެ ކަނާއަތު މުލައްދަނޑީގައި މީހަކު ހިފައިލިއެވެ. އޭނާ ބަލައިލިއެވެ. އެއީ މިލްނާއެވެ. މިލްނާއަކީ އަމިއްލަ ފުރާނައަށް ވުރެ ބޮޑަށް އޭނާ ދެކެ ލޯބިވާ މީހާއެވެ. ޝަރުތަކާ ނުލައި، ދުނިޔޭގެ އުފަލާއި އަރާމު ދޫކޮށް އޭނާއާއެކު މާސިންގާ ބިޔަ ކަނޑަށް ނުކުންނަށް ކެރުނު ހަމައެކަނި އިންސާނާއެވެ.

"މާ ލަސްވެދާނެ. އަވަސްކުރަމާ." މިލްނާ ހިނިތުންވެލިއެވެ.

ލުޖައިލް ބަލައިލީ ރަށުޕިކަޕުގައި އިން މުސްކުޅި ފިރިހެން މީހާ ކެއްސާލުމުންނެވެ. މާނޭވައިލެވި، ގުނބުހިލިފައި އިން އެ ނިކަމެތި މީހާއާ ދިމާ އަށެވެ. ތަރުތީބެއް ނެތް ރޫތަކުން ފުރިފައިވާ އެ މައުސޫމު މޫނަށެވެ. ކަނާއަތު ކަންފަތާ ދިމާއަށް ސޮހިފައިވާ ހުދު ތާކިޔާ އަށެވެ. އެ މުސްކުޅިޔާގެ ގައިގައި އޮތް ހުދުކުލައިގެ ގަންޖިފަރާހުގެ ކަރު އޮތީ މެދަށް ގޮނިވަދެ އުޅާސްވެފައެވެ. އަނގަވަނީ މެދު މިނަކަށް ހުޅުވިފައެވެ. ދެ މިޔަކަނުން ވިދަމުން ދިޔައީ އަނގަތެރެއަށް ގިނަވަމުން ދިޔަ ކުޅުތަކެވެ. ކަނާއަތު މިޔަކަނުން ރިހި ބޮތްކެއްހެން ފުފެމުން ބޮޑުވަމުން، ދިޔަ ސޮނިތައް ފެނުނީ މިލްނާ އަށެވެ. މިލްނާގެ ހަރަކާތްތައް އަވަސްވިއެވެ. އަތުގައި އޮތް ކުޑަކުޑަ ތުވާލިކޮޅުން އެ މުސްކުޅިޔާގެ އަނގަމަތި ފޮހެލަދިނެވެ. ލޯތްބާއި އޯގާތެރި ކަމާއެކުގައެވެ.

ލުޖައިލަށް އެކަންވީ ތަސައްލީއެއް ލިއްބައިދިން ހަރަކާތަކަށެވެ. ލުޖައިލް ވެސް ލަސްފިޔަވަޅުތަކެއް އަޅަމުން ގޮސް އެ މުސްކުޅި މީހާގެ ބުރަކަށީގައި ލޯތްބާއި އޯގާތެރިކަމާއެކު ފިރުމައިލިއެވެ.

"ބައްޕާ! އަހަންނަށް މަޢާފުކުރާތި! މިއީ އުނދަގޫ ދަތުރެއް. ހިތްވަރުކުރާތި!" ލުޖައިލް ބުނެލިއެވެ.

ތުރުތުރުއަޅާ އަތަކުން އެ މީހާ ހިފައިލީ ލުޖައިލްގެ ކަނާއަތުގައެވެ. އޭނާ ލުޖައިލްގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. ތުންފަތް ހަރަކާތް ކޮށްލިއެވެ. ނަމަވެސް އިވުނު އަޑުތައް ލުޖައިލަށް ފަހުމެއްނުވިއެވެ.

"އެ ބުނީ އިތުބާރުކުރަމޭ. އަވަސްކުރާށޭ. މިހާރު ވަގުތު ކުޑަތަންވާހެން ހީވެޔޭ. ހުދުކުލައިގެ ބަޔަކު ދުރުގައި ބަލައި އައިސް ތިބެގެން އެބަގޮވަޔޭ." ބައްޕަގެ ތުންފަތުގެ ހަރަކާތް އަޑަށް ބަދަލުކޮށް ދިނީ މިލްނާއެވެ.

ލުޖައިލް އިނގިލި ޖައްސާލީ އަތުގައި އޮތް ސްމާޓު ގަޑީގެ ސްކުރީނުގައެވެ. ދެވަނަ ސިކުންތުގައި ދަބަހުގައި އޮތް ސުމޭކު އާލާތް ނަގައި ބަލައިލިއެވެ.

އޭރު ފާލަން މައްޗަށް މީހުން ޖަމާވެ ނިމެނީއެވެ. މާލެއިން ރަށަށް ޒިޔާރަތްކުރާ ސަރުކާރުގެ ވަފުދުގެ އިސްތިގުބާލުގައެވެ. މަރުހަބާ ކިޔުމަށެވެ. މިލްނާ ބަލައިލީ ލުޖައިލްގެ މޫނަށެވެ. ފާލަންމަތީގައި ތިބި މީހުންގެ ހަރަކާތްތައް އެ މީހުންނާ ދިމާއަށް އަމާޒުވުމުންނެވެ.

އެ މީހުންގެ އެންމެ ކުރީ ސަފުގައި ހުރީ ވަފުދުގެ އިސްވެރިޔާއެވެ. ފަހަތުގައި ތިބީ ރަށުގެ އިސްވެރިންނެވެ. ރަށުގެ ބޮޑުބާރައިންނެވެ. ވަފުދުގެ ވެރިޔާ ލޮލުގައި އަޅައިގަތީ ލުޖައިލްގެ ބައްޕައެވެ. ސަލާމަތް އަތްދިއްކޮށްލުމާއެކު ބައްޕަގެ ކަނާއަތް ހިއްލައިލަ ދިނީ ލުޖައިލެވެ.

"އަޅުގަނޑަށް މިނެޓެއްވަރު ދެއްވިދާނެތޯ!" ލުޖައިލް އަހައިލިއެވެ.

ދެމީހުން ޖެހިލީ ތަންކޮޅެއް ދުރަށެވެ. އަވަސް ހަރަކާތްތަކަކާއެކު ލުޖައިލް ވާހަކަތަކެއް ކިޔައިދެމުން ދިޔައެވެ. ވެރިޔާގެ މޫނު މައްޗަށް އެކި ކުލަތައް އަރައިފައިބަމުން ދިޔައެވެ. ދެތިން ފަހަރަކު ބޯ ޖަހައިލާ ހަރަކާތްކޮށްލިއެވެ.

"ހެޔޮ ނަސޭހަތް އަޑުއަހައިގެން ގެއްލުމެއް ނުވާނެ. ސަމާލުކަމަށް ގެންނާނަން." ލުޖައިލާ ސަލާމްކޮށްލަމުން އޭނާ ވެސް ރަށުޕިކަޕާ ދިމާއަށް ހިނގައިގަތެވެ.

"ބޭބެއަށް ހެޔޮ ރަހުމަތްލައްވާށި! ހިތްހެޔޮ ކުރައްވާތި!" ބައްޕަގެ ކޮނޑުގައި ފިރުމައިލިއެވެ.

އެންމެން މިސްރާބު ޖެހީ އެއްގަމަށެވެ. ބަނދަރުމަތީގައި ތިބި މީހުން ލުޖައިލާއި މިލްނާއަށް ކުދިކިޔަމުން ދިޔައެވެ. އެމީހުންގެ ނަޒަރުގައި ލުޖައިލަކީ މޮޔައެކެވެ. ސޭކެކެވެ. ހަމަނުޖެހޭ މީހެކެވެ. ރަށު މީހުން ދެކެނީ ކިޔެވި ކިޔެވީނުން ލުޖައިލްގެ ސިކުނޑި ހަމައިން ނެއްޓުނީ ކަމަށެވެ. މާބޮޑަށް އެނގިގެން އޭނާ މޮޔަވާހަކަ ދައްކަނީ ކަމަށެވެ.

"މި ރަށު މީހުން އޭނާއަށް ކިޔާނީ ކޮސްމޯ. އޭނާ ބުނާ ގޮތުން އޭނާ ކިޔެވީ ކޮސްމޮލޮޖީ. އެވެސް ދެން ކިޔަވާ މާއްދާއެއްތަ އަޅެ؟" މާލެއިން ރަށަށް ޒިޔާރަތްކުރި ވަފުދުގައި ހިމެނޭ މެހެމާނަކު ލުޖައިލަކީ ކާކުތޯ އެހުމުން، ގާތުގައި ހުރި މީހަކު އޮޅުންފިލުވައިދިނެވެ.

ވަފުދުގެ މެންބަރު ހިނިތުންވެލިއެވެ. އޭނާ ބޭނުންވީ ލުޖައިލްއާ ސަލާމްކޮށްލާ ހިތްވަރުދޭށެވެ.

"އަހަންނަށް އެނގޭ އެސްޓްރޯ ފިޒިކްސްއާ ކޮސްމޮލޮޖީއަކީ ކޮބައިކަން ވެސް. ތިޔައީ ޤައުމުގެ ނިސްބަތުން މުހިއްމު މީހަކަށް ވާނެ. ފަހުން ބައްދަލުވާނެ ކަމަށް އުއްމީދުކުރަން." އޭނާ ލުޖައިލާ ސަލާމްކޮށްލުމަށްފަހު އެއްގަމަށް ހިނގައިގަތެވެ.

ލުޖައިލް އަވަސްވެގަތީ ފާލަން ކައިރީގައި އޮތް އޭނާގެ ލޯންޗަށް ބައްޕައާއި މިލްނާ އަރުވާށެވެ. މަންޒިލެއް ނެތް އެ ދަތުރަށް ނުކުންނާށެވެ. އެ ދަތުރަށް ޓަކައި އެ މީހުން މާގިނަ ސާމާނެއް ނުގެނެއެވެ. އިރުއޮއްސުމުގެ ކުރިން ލުޖައިލް ވަނީ ބޯނެފެނާއި ކާނެ ބައެއް ތަކެތި ލޯންޗަށް އަރުވާފައެވެ.

މިލްނާއާއި ބައްޕަ ލޯންޗަށް އެރުވުމަށްފަހު ލުޖައިލް އެއްގަމަށް ފޭބިއެވެ. އޭނާ ބޭނުންވީ ރަށުގެ ނަން ހިމެނޭ ރަސްމީ ބޯޑާއި މެހުމާންސަރާއާއެކު ބަނދަރުގެ މަންޒަރުތައް އޭނާގެ ފޯނުގައި ރައްކާ ކުރާށެވެ.

ކުއްލިއަކަށް އޭނާގެ ސިކުނޑީގައި ކުރެހެންފެށީ ތަފާތު މަންޒަރެކެވެ. ޅައިރުގެ ހަނދާނެކެވެ. ބައްޕަގެ އުރުގައި ޖަހައިލައިގެން ގަދަކަމުން ކަހަލަ ގޮތަކަށް ބައްތެއްޔަށް އަރުވަން އޭނާ ގެންދިޔަ ހަނދާންތަކެވެ. ރޮއިރޮއި އޮއްވާ މަންމައާ ވަކިކޮށްލި އެ ދުވަހެވެ. އެ މަންޒަރުން އޭނާގެ ހިތް ފަޅިފަޅުވަމުން ދިޔައެވެ. އެ ވޭނީ ރުއިމުގެ އަޑު ކަންފަތުގައި ގުގުމަމުން ދިޔަ ކަހަލައެވެ. ކަޅާއި ހުދުގެ މަންޒަރުތަކެއްގެ ސިފައިގައި ހިތުގައި ފެވެމުން ދިޔައެވެ.

ބައްޕަގެ އަތުން ވީއްލިގެން ކުޑަކުޑަ ލުޖައިލް ގޮސް މަންމަގެ ލިބާހުގެ ފަސްބައިގެ ތެރެއަށް ވަދެ ފިލިއެވެ. ބައްޕައާއި ބޮޑުބޭބެ އައިސް އޭނާ ނަގައިގަތެވެ. މަންމަގެ ޝަހާދަތް އިނގިލިން އޭނާގެ އިނގިލިތައް ދޫވީއެވެ. މަޖުބޫރުވީއެވެ. މަންމަގެ ދެ ލޮލަށް ޖަމާވި ކަރުނަތައް އޭނާއަށް ފެނުނެވެ. މަންމަ ގަދަކަމުން ހިންދިރުވާލި ގޮތް އޭނާގެ ސިކުނޑީގައި ހަރުލިއެވެ. އެއީ އެންމެ ފަހު ފަހަރަށް އޭނާގެ މަންމަގެ އަތުގައި ހިފުނު ހަނދާނެވެ. އެ މޫނު ފެނުނު ވަގުތެކެވެ. ލުޖައިލް މާލެ ގޮސް މަހެއް ނުވަނީސް މަންމަ ނިޔާވި ޚަބަރު ލިބުމާއެކު އެ މަންޒަރުތައް ވެގެން ދިޔައީ އޭނާގެ މާޒީގެ އެންމެ ހިތި، ކަޅު މަންޒަރުތަކަށެވެ.

މިރޭ ވެސް އޭނާއަށް ކުރެވެނީ އެކަހަލަ އިހުސާސެކެވެ. އުފަން މަންމަޔާ ވަކިވެގެން ދާން ޖެހުނު ދުވަހު ކުރެވުނު އިހުސާސެވެ. އެ މަންމަ ދެން ނުފެނިދާނެތީ ކުރެވޭ އިހުސާސެވެ. އޭނާ ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތްމަތިން ތުނިތުނި ތުނބުޅީގެ ތެރެއަށް ފޭދިގެން ދިޔައެވެ. މަޑުމަޑު އާޚެއް އޭނާގެ އަނގައިން ނުކުތެވެ.

އެ ދުވަހު އޭނާ ގެންދިޔައީ ގަދަކަމުންނެވެ. މީހަކަށް ހެދުމަށެވެ. މިއަދު އޭނާ އެ ދަނީ މީހަކަށްވީތީ ވިސްނިގެންނެވެ. ހިތާ ދެކޮޅަށެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ޝަކުވާތަކެކެވެ. މީހުންގެ ވިސްނުމުގެ ބަލިކަށި ކަމާމެދު ކުރެވޭ ޝަކުވާތަކެކެވެ.

ލުޖައިލަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތުން ކޮސްމޮލޮޖީ އާއި އެސްޓްރޯ ފިޒިކްސްގެ ދާއިރާއިން ދެވަނަ ޑިގުރީއަށް ކިޔަވަމުންދާ ޒުވާނެކެވެ. ލިބުނު ބަންދުގައި އޭނާ ރަށަށް އައީ ބޮޑުބޭބެ ނިޔާވި އިރަށް ބައްޕަ ބަލިވި ޚަބަރު ލިބުމުންނެވެ. އޭނާ ރަށަށް އައީ ބައްޕަ ގޮވައިގެން އިނގިރޭސިވިލާތަށް ދާށެވެ. ހުވަފެނީ ވަޒީފާ އޮތީ އިނގިރޭސިވިލާތުގެ ރަށްވެއްސަކަށް ވެގެން ކަމަށްވާތީއެވެ.

މިހާރު ވެސް ލިބޭ ހުސްވަގުތުގައި އޭނާ ދަނީ ވަޒީފާ އަށެވެ. އޭނާއަކީ ވަޒީފާއަށްދަމުން ކިޔަވާ ހިތްވަރުގަދަ، ކެރޭ މީހެކެވެ. ވަޒީފާއަށް ދަނީ އިންސްޓިޓިއުޓް އޮފް ކޮސްމޮލޮޖީ އެންޑް ގްރެވިޓޭޝަން ނުވަތަ އައިސީޖީއަށެވެ. އެއީ ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތުގެ ރިސާޗް އިންސްޓިޓިއުޓެކެވެ. އެ ތަނުން ކުރާކަމަކީ މަޑިކިލަނބުތަކާއި ތަރިތައް އުފެދުމާއި ޖައްވާއި ކައުނާއި ފަޒާއިން ފެންނަ ބޮޑެތި ހިލަތަކާއި ޖައްވުގެ ހަކަތައިގެ ބުރަދަނާއި ބިމަށްދަމާ ބާރުގެ ބާވަތްތައް ދިރާސާކުރުމެވެ.

ލުޖައިލަކީ އެކަމަށް ފަރިތަވަމުން އަންނަ ހީވާގި ޒުވާނެކެވެ. ކޯސް ނިމޭއިރަށް މަގާމަކަށް ބަދަލުކޮށްދީ، ކުރިއެރުން ލިބޭނެކަމުގެ ކަށަވަރުކަން ދިނީ އޭނާގެ ފަރުވާތެރިކަމުގެ އިނާމެއްގެ ގޮތުގައެވެ. އޭނާ ކޮންމެހެން ވެސް ރަށަށް އައީ ވެސް އެހެންވެއެވެ. ވަޒީފާ ބަދަލުވުމުން ދެން ރަށަށް ނާދެވޭނެތީއެވެ.

ރަށު ފަސްގަނޑުގައި ފައި ޖެހުނު އިރަށް ލުޖައިލްގެ ހިތުގައި ވިކައިލީ މިލްނާއެވެ. މިލްނާގެ ނިޔަނެތި ހަރަކާތްތަކެވެ. މުސްކުޅި ބައްޕައަށް ހޭހަން ކޮށްދިން މަންޒަރުތަކުންނެވެ. މިލްނާއަކީ ޔަތީމެކެވެ. މިސްކީނެކެވެ. މަސްތުގެ ދުނިޔޭގައި އުޅުނު ދެމަފިރިއަކަށް ލިބުނު ކުއްޖެކެވެ. އާއިލާއަށް ބެލޭނެ ފަދައެއް ނެތިގެން އުޅެނިކޮށް ބޮޑުބޭބެގެ ހިމާޔަތަށް ގެނައި ތުއްތު ކުއްޖެކެވެ.

މިއީ އޭގެ ވިހި އަހަރު ފަހެވެ. މިހާރު އެއީ އެ މީހެއްގެ ހިޔަނީގައި ޒުވާނުން ބޮސްދޭ ފަދަ ފަތްމިންޏެކެވެ. މިލްނާގެ ފަރި ހިނގައިލުމާއި ނިޔަނެތި ހަރަކާތްތަކުން މާހައުލު ވެސް ނިދިން ހޭލައްވާލައެވެ. އޭނާގެ އޯގާތެރި ފިރުމުންތައް ބަލަން ކާއިނާތު ވެސް އޮންނަނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އިއްތިފާގަކުން މިލްނާގެ ހިތުގައި ޖެހި ވިންދާއި ލުޖައިލްގެ ހިތުގައި ޖެހި ވިންދުވީ އެއް ވިންދަކަށެވެ. އެ ދެ ވިންދުން ގުގުމީ އެއް ތާލެކެވެ. އެއް ރާގެކެވެ. އެހައި ހިސާބުން ފެށުނީ ލޯބީގެ އާ ފަސްލެކެވެ. ލުޖައިލްގެ ކިޔެވުމަށް ވުރެ އިސްކަން ދެވުނީ މިލްނާ އަށެވެ. ލޯތްބަށެވެ. ހަފުތާއަކަށް ރަށަށް އައި މީހާގެ ތިން ހަފުތާ ވީއިރު ވެސް ރަށު ފަސްގަނޑުން ފައި ހިއްލައިލާ ހިތް ނުވީއެވެ. އިއްޔެއަކީ އެ ދެ އަރޫޝުންގެ އަލަތު ކައިވެނީގެ ގޮށް ޖައިލި ދުވަހެވެ.

އެ އުފާވެރި ކަމުގެ މޫސުމުގައި ވެސް ލުޖައިލަށް ފެނުނީ ބޯމަތިން ކަޅުވިލާތަކެއް ފާއްދާލި މަންޒަރެވެ. ބަނަ ކޮޅިގަނޑެއް ބޯމަތިކުރުވި މަންޒަރެވެ. ބިޔަ ރާޅެއް ނަގައި ހަތަރު އުދަރެސް ވަށައިލިތަނެވެ. އޭނާ އެކަން އެންމެ ފުރަތަމަ ހިއްސާކުރީ މިލްނާއަށެވެ. ބަހެއް ނެތި މިލްނާ އެކަން ގަބޫލުކުރިއެވެ. އޭނާގެ ވާހަކަތައް އަޑުއެހިއެވެ. ދެން އޭނާ މަސައްކަތްކުރީ ރަށުގެ ކަމުވޮށިގެންވާ މީހުންނަށް އެ ޚަބަރުދޭށެވެ. އެކި މީހުންނަށް އެ ވާހަކަ ކިޔައިދިނުމަށެވެ. ޤަބޫލުކުރާނެ ހަމަ އެކަކު ވެސް ނުވިއެވެ. އަޑު ވެސް ނޭހީއެވެ. ބަދަލުގައި އޭނާއަށް ޖޯކު ޖެހީއެވެ. ގަނާކުރީއެވެ.

އެންމެފަހުން ލުޖައިލް އެ ނުކުތީއެވެ. އޭނާއާއި އޭނާގެ ވާހަކަތައް އަޑުއެހި ހަމައެކަނި ދެ ފުރާނައާ އެކުގައެވެ. އޭނާ ބޭނުންވަނީ އެރޭގެ ބާރަ ޖެހުމުގެ ކުރިން ފުރާށެވެ. ރަށު ފަސްގަނޑު ދޫކޮށްދާށެވެ. ވީހާ ވެސް ދުރަށް ދާށެވެ. ސަލާމަތުގެ މަގަކީ އެއީ ކަމަށް ބަލައިގެންނެވެ. ލުޖައިލްގެ ރަށަކީ އަތޮޅުގެ ބޭރު ދުނީގައި، ރާއްޖޭގެ ހުޅަނގު ދެކުނު ކަނުގައި އެކަހެރިކޮށް އޮތް ރަށެކެވެ. އެއީ ފަންސަވީހަކަށް ހެކްޓަރު ވެސް ހަމަ ނުވާ ރަށެކެވެ. ގުދުރަތީ ކުޑަ އަތޮޅެއްގެ މެދުގައި އޮތް މީހުން ދިރިއުޅޭ ހަމައެކަނި ރަށެވެ. އެއީ މަސްވެރިކަން ކުރާ ހީވާގި ބަޔަކު އުޅޭ ރަށެކެވެ.

ލުޖައިލް ލޯންޗަށް އެރިއެވެ. އޭރު އޭނާގެ ބައްޕަ އޮތީ ލޯންޗުގެ ފަހަތު ޝީޓުގައި އޮށޯވެލައިގެންނެވެ. ބައްޕަގެ ބޯ އޮތީ މިލްނާގެ އުނގުގައެވެ. ލުޖައިލްގެ މޫނަށް ބަލައިލަމުން މިލްނާ ހިނިތުންވެލިއެވެ. ލުޖައިލް ވެސް ގަދަކަމުން ހިންދިރުވާލިއެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox