ހަރުދަނާ ސަރުކާރެއް ގާއިމް ނުކުރެވޭ ނަމަ ގައުމު ހުއްޓޭނެ ކަމުގެ އިންޒާރު

ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންގެ. -- ފޮޓޯ: ރޮއިޓާޒް

ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންގެ. -- ފޮޓޯ: ރޮއިޓާޒް

ހަރުދަނާ ސަރުކާރެއް ގާއިމް ނުކުރެވޭ ނަމަ ގައުމު ހުއްޓޭނެ ކަމުގެ އިންޒާރު ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންގެ ދެއްވައިފި އެވެ.

ކޮންމެހެން ބޭނުންވާ ޕެޓްރޯލިއަމް އިމްޕޯޓް ކުރަން ބޭރު ފައިސާ ހޯދޭނެ ކަމާ މެދު "ގިނަ ޝައްކުތަކެއް" އެބަ ހުރި ކަމަަށް ބީބީސީގެ ނިއުސްނައިޓް ޕްރޮގްރާމްގައި އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާލަތުން އަރައިގަންނަން ބައިނަލްއަގްވާމީ އެހީގެ ޕެކޭޖެއް ލިބުން ބިނާ ވަނީ ހަރުދަނާ ސަރުކާރެއް ގާއިމް ކުރުމުގެ މައްޗަށް ކަމަަށެވެ.

"މި މަސް ނިމެންދެން ބޭނުންވާ ޑީސެލްގެ ތިން ޝިޕްމަންޓާއި ޕެޓްރޯލްގެ އެކެއް ނުވަތަ ދެ ޝިޕްމަންޓަށް ފައިސާ ހަމަޖެހިއްޖެ. އެކަމަކު އޭގެ ފަހުން ދެން ވާނެ ގޮތެއް ނޭނގޭ،" އެޕްރީލް މަހު ގަވަރުނަރު ކަމަށް ވަޑައިގެންނެވި ނަަންދަލާލް ވިދާޅުވި އެވެ.

"ހަމަޖެހޭ ނިންމުންތައް ނިންމޭނެ ބޮޑު ވަޒީރަކާއި، ރައީސަކާއި، ކެބިނެޓެއް އަޅުގަނޑަަށް ބޭނުން ވަނީ އެހެންވެ. އެކަން ނުވާ ނަމަ ރައްޔިތުން އުޅެން ޖެހޭނީ ވަރަށް ހާލުގައި."

އިގްތިސާދީ ކާރިސާއާ ހެދި ހަލަބޮލިވެފައިވާ ސްރީލަންކާގެ ރައްޔިތުން ޑިމާންޑް ކުރަނީ ރައީސް އާއި ބޮޑު ވަޒީރުގެ އިސްތިއުފާއަށެވެ. ގައުމު ދޫކުރައްވައި ރާއްޖޭގައި އެއް ދުވަސް މަޑު ކުރެއްވުމަށް ފަހު ބުރާސްފަތި ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވި ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ އިސްތިއުފާގެ ސިޓީ ރަސްމީކޮށް ހުށަހަޅުއްވައިފަ އެވެ.

މިހާރު ވަގުުތީ ރައީސްގެ މަގާމުގައި ހުންނެވީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަަ އެވެ. ހަމަނުޖެހުންތަކާ ހެދި އެމަނިކުފާނު ވަނީ ދެ ވަނަ ދުވަހަކަށް ކާފިއު ހިންގަވާފަ އެވެ.

އިގްތިސާާދީ ކާރިސާއިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު މަޝްވަރާ ކުރުމުގަައި އިސްކޮށް އުޅުއްވަނީ ގަވަރުނަރު ނަންދަލާލް އެވެ.

"ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަަޝްވަރާގައި ކްރެޑިޓަރުންނާ އެކު ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ. އެކަމަކު އެ މަޝްވަރާ ކުރިއަށް ދިޔުން ބިނާ ވަނީ ހަރުދަނާ ސަރުކާރެއް ގާއިމް ކުރުން އަވަސްކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ހަރުދަނާ ސަަރުކާރެއް ގާއިމް ކުރުމަށް ފަހަު ކުރިއަަށް އޮތް "ތިން މަހާއި ފަސް މަހުގެ މުއްދަތެއްގެ ތެރޭގައި" މި ކާރިސާއިން އަރައިގަނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ރައީސްގެ މަގާމަށް އަންނާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގަައި ނަންދަލާލް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އޭނާ ބީބީސީއަަށް ވިދާޅުވީ "އެއްވެސް ސިޔާސީ މަގާމަކަށް ޝަައުގެއް ނެތް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox