ލަންކާގެ ރިޔާސީ ގަނޑުވަރުން ނިކުންނަން މުޒާހަރާގެ ބައިވެރިން ނިންމައިފި

މުޒަހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރުގައި: ހިސޯރުކޮށްފައި ހުރި ސަރުކާރުގެ އިމާރާތްތައް ދޫކޮށްލާނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ:

މުޒަހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރުގައި: ހިސޯރުކޮށްފައި ހުރި ސަރުކާރުގެ އިމާރާތްތައް ދޫކޮށްލާނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ:

ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިން ރައީސް ގޮތަބަޔާ ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރާއި ބޮޑު ވަޒީރުގެ ގެކޮޅުން ނިކުންނަން ނިންމާފައިވާ ކަމަށް ބައިވެރިން މިއަދު ބުނެފި އެވެ.

ލަންކާ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ، ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަތީ ވޯޓާ ކެނޮން ބޭނުންކޮށްގެން ފެންޖަހައި، ކަރުނަ ގޭސް ބޭނުންކުރަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ.

ރައީސްގެ ގަނޑުވަރުގެ އިތުރަށް މުޒާހަރާގެ ބައިވެރިން ފަހުން ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހުގެ ގެކޮޅަށް ވެސް ވަދެ އެ ގެކޮޅުގައި އަލިފާން ޖަހާފަ އެވެ.

އަދި، އިއްޔެގެ ވަގުތެއްގައި ބޮޑުވަޒީރު އަދި ވަގުތީގޮތުން ވެރިކަމުގައި މިވަގުތު ހުންނެވި ރަނިލް ވިކްރަމްސިންހަގެ އޮފީހަށް ވެސް ވަނީ ވަދެގެންފަ އެވެ.

މުޒާހަރާގެ ބައިވެރިންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިޔާސީ ގަނޑުވަރުންނާއި ބައިވެރިން ހިސޯރުކޮށްފައިވާ އެހެނިހެން ތަންތަނުން ސުލްހަވެރިކަމާއެކު ނިކުންނަން މިހާރު ވަނީ ނިންމާފަ އެވެ. އަދި މިއަދު އެ ތަންތަން ސަލާމަތީ ބާރުތަކާ ހަވާލުކުރާނެ ކަމަށް ވެސް ވެ އެވެ.

އެތަންތަނުން ނިކުންނަން ނިންމި ނަމަވެސް މުޒާހަރާތައް ހުއްޓާލާނީ ވެރިން އިސްތިއުފާ ދިނުމުން ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފަ އެވެ.

ލަންކާގައި މުޒާހަރާތައް ހުއްޓާނުލާ ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިއަދު މެންދުރު 12 އިން ފެށިގެން ކޮލަމްބޯގައި ވަނީ ކާފިއު ވެސް އިއުލާނުކޮށްފަ އެވެ.

ގޮތަބަޔާ އޭނާގެ އާއިލާއާ އެކު ރޭ ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ސްރީ ލަންކާގެ އާންމުންގެ ވަރަށް ގިނަ ބަޔަކު އެއްވެ ގޮތަބަޔާގެ ގެކޮޅަށް ހިސޯރު ކުރުމަށް ކުރި ބޮޑު މުޒާހަރާއަށްފަހު އޭނާ ވަނީ ވެރިކަމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަދިވެސް މަގާމުން އިސްތިއުފާދެއްވާފައެއް ނުވެ އެވެ.

ރައީސް ގޮތަބަޔާ ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ސައުދީ އެއާލައިންސްގެ ފްލައިޓަކުން ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox