ވަކިވަކި އެޕާޓްމެންޓުތައް މިހާރު ވެމްކޯގައި ރެޖިސްޓްރީކުރެވޭނެ

ވެމްކޯއިން ކުނި އުކާލުމުގެ މަަސައްކަތް ކުރަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެމްކޯއިން ކުނި އުކާލުމުގެ މަަސައްކަތް ކުރަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޭބިސީތަކުން ކުނި އުކާލުމުގައި ވަކިވަކި އެޕާޓްމެންޓުތައް ވެސް މިހާރު ރެޖިސްޓްރީ ކުރެވޭނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފި އެވެ.

ކުނި އުކާލުމުން ވެމްކޯއަށް އުޖޫރަ ނުލިބޭ މައްސަލަ ބޮޑުވެ، ވެމްކޯއިން ވަނީ ގޭގެ ވެރިފަރާތުން ހިދުމަތަށް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަމަޖައްސައި، ގޭބީސީތަކަށް ކުނި އުކާލުމުގެ ހިދުމަތް އެޕާޓްމެންޓު ދޮރުމަތިން ދޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ބަދަލުކޮށްފަ އެވެ.

"ގޭބިސީތައް ރެޖިސްޓްރީކޮށްގެން ކުނި އުކާލުމުގެ ކަންކަން ކުރިއަށް ގެންދަން ފެށުމުން ފީ ދެއްކުމުގެ ބައި ވަރަށް ބޮޑަށް ހައްލުވެގެން ދިޔަ، އެހެންނަމަވެސް އެ ކަމުގައި ވެސް ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރުމުން މިހާރު ކުއްޔަށް ނަގައިގެން އުޅޭ ފަރާތުގެ ނަމުގައި ވަކިވަކި އެޕާޓްމެންޓުތައް ވެސް ރެޖިސްޓްރީ ކޮށްދެމުން އަޅުގަނޑުމެން މި އަންނަނީ،" ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު މި ނޫހަށް ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނަން ނިންމީ ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ އެވެ. އަދި ވަކިވަކި އެޕާޓްމެންޓުތައް ހިދުމަތުގައި ރެޖިސްޓްރީ ކުރުން އާންމުކޮށް އަމަލު ކުރަމުން އަންނަ ގޮތާ ތަފާތުވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު މި ނޫހަށް އިންޓަވިއު ދެއްވަނީ--ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު މި ނޫހަށް އިންޓަވިއު ދެއްވަނީ--ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު މި ނޫހަށް އިންޓަވިއު ދެއްވަނީ--ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެގޮތުން، އާންމު ރެޖިސްޓްރޭޝަންތައް އޮންލައިންކޮށް ކުރިއަށް ގެންދެވުނު ނަމަވެސް، ވަކިވަކި އެޕާޓްމެންޓުތައް ރެޖިސްޓްރީ ކުރެވޭނީ ގޭގެ ވެރިފަރާތުގެ އިޒުނައާއެކު، ވެމްކޯ އޮފީހަށް ހާޒިރުވެގެންނެވެ.

"ވެމްކޯގެ އެހެނިހެން ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބިވަޑައިގަންނަވާނެ، އެހެންނަނަވެސް ވަކި އެޕާޓުމެންޓުތައް ރެޖިސްޓްރީ ކުރުމަށް އަދި ހަމަޖެހިފައި އޮތީ ހާޒިރުވެގެން ކުރާ ގޮތަށް، އެއީ ގޭގެ ވެރިފަރާތުން ބޭނުންވެގެން ޑިޕޮސިޓެއް ބަހައްޓާފައި، ކުއްޔަށް ނަގައިގެން އުޅޭ ފަރާތްތަކުން އަމިއްލައަށް ފައިސާ ދައްކާ ގޮތަށް،" ސިރާޖު ވިދާޅުވި އެވެ.

ކުއްޔަށް ނަގައިގެން އުޅޭ ފަރާތުގެ ނަމުގައި ހިދުމަތް ރެޖިސްޓްރީ ކޮށްދެމުން އަންނަތާ މިހާރު ދެ މަސް ވެފައިވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ގޭގެ ވެރިފަރާތުން ވެމްކޯގެ ހިދުމަތުގައި ރެޖިސްޓްރީ ކުރާ ގޮތަށް އެ ކުންފުނިން ނިންމީ ކުނި އުކާލުމުން ބިލް ނުދައްކާ އެ ކުންފުންޏަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބޭ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ. މިހާރު ވެސް ވެމްކޯއަށް ކުނި އުކައިގެން ލިބެން ޖެހޭ 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާއިރު، އެ ފައިސާ ހޯދުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

މާލޭ ސަރަހައްދުގައި ވެމްކޯގައި ރެޖިސްޓްރީ ކޮށްގެން މިހާރު ކުނި އުކަމުން އަންނަނީ 14،000 ގޭބިސީންނެވެ. އެހެންނަމަވެސް ކަރަންޓާއި ފެން ފަދަ އެހެނިހެން ޔުޓިލިޓީ ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ އަދަދު 40،000 އަށް ވުރެ އިތުރުކަން ސިރާޖު ފާހަގަކުރެއްވި އެވެ.

އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ވޭސްޓު މެނޭޖުމަންޓު ބިލުގައި ވަނީ ޔުޓިލިޓީ ބިލްތަކާއެކު ކުނީގެ ބިލް ވެސް ހިމެނުމަށް ހިމަނާފަ އެވެ.

އެ ބަދަލު ގެނައުމާއެކު، ވެމްކޯއިން ދެމުން އަންނަ ހިދުމަތްތަކުގެ ހަމަ އުޖޫރަ ލިބިގެން ދާނެ ކަމަށް ސިރާޖު ވެސް ގަބޫލުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox