ދެ ވަަނަ ޑިވިޝަން: ޓެންޓް މޮޅުވިއިރު، ކެޕިޓަލް ސިޓީ ޓީމު ހަމަނުވުމުން ސިފައިންގެ ކްލަބަށް މެޗު ލިބިއްޖެ

Jul 13, 2022, 4:40 PM
ޕީކޭގެ ހަމްދޫން (ވ) އަތުން ބޯޅަ ހޯދަން ޓެންޓް ޓީމުގެ އަރާޝް ޓެކަލް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޕީކޭގެ ހަމްދޫން (ވ) އަތުން ބޯޅަ ހޯދަން ޓެންޓް ޓީމުގެ އަރާޝް ޓެކަލް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ކްލަބް ޕީކޭ އަތުން 4-1 އިން ޓެންޓް މޮޅުވިއިރު، މިރޭ ކެޕިޓަލް ސިޓީން ކުޅެން އޮތް މެޗަށް ގަވާއިދު ބުނާ ވަރަށް ޓީމު ހަމަނުވުމުން އިދިކޮޅަށް ނުކުތް ދިވެހި ސިފައިންގެ ކްލަބަށް މެޗު ލިބިއްޖެ އެވެ.

ސޯޅަ ޓީމާ އެކު މި ފަހަރުގެ ދެ ވަނަ ޑިވިޝަން ކުރިއަށްދާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަށް ބަހާލައިފަ އެވެ. މިއަދު ގަލޮޅު ދަނޑުގައި ކުޅެން ނިންމީ ގްރޫޕް އޭގެ ދެ މެޗެވެ.

ހަވީރު ކުޅުނު މެޗުގައި ޓެންޓުން ވަނީ ފުރަތަމަ 30 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން މެޗުގެ 18 ވަނަ މިނިޓްގައި ޓެންޓަށް ލީޑުނަގައިދިނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު އަރާޝް އައްސަދު އެވެ. އަދި 29 ވަނަ މިނިޓްގައ ސްރީ ލަންކާ ގައުމީ ޓީމުގެ މުހައްމަދު ފަސަލް ވަނީ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަހުމަދު އަބްދުލް އަޒީޒް ވަނީ ޕީކޭ އަށް ގޯލެއް ޖަހައިދީފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭ އަރާޝް ވަނީ ޓެންޓްގެ ތިން ވަނަ ގޯލު ޖަހައި، އެ ޓީމަށް ދެ ގޯލުގެ ލީޑެއް އަލުން ނަގައިދީފަ އެވެ. ޓެންޓްގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ޒުވާން ކުޅުންތެރިޔާ، ޔޫޝައު ބިން އަލީ ނަޝީދު އެވެ. އޭނާ އަކީ މި އަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އަށް ކުޅުނު ކުޅުންތެރިއެކެވެ.

ގްރޫޕް އޭގެ ދެ ވަނަ މެޗުގައި މިރޭ ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅެން އޮތް ކެޕިޓަލް ސިޓީ ޓީމާއި އޮފިޝަލުން ގަވާއިދު ބުނާ ވަރަށް ހަމަނުވި އެވެ. މެޗު ކުޅެން އެގާރަ ކުޅުންތެރިން ހަމަވި ނަމަވެސް ޓީމުގެ އޮފިޝަލެއް ނެތުމުން، މެޗު ރެފްރީއާ އެކު މަޝްވަރާކުރުމަށް ފަހު އެ އޮންނަ ގަވާއިދުގެ ތެރެއިން އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން އިއުލާނުކުރީ މެޗުން ސިފައިންގެ ކްލަބް މޮޅުވީ ކަމަށެވެ. އަދި ސިފައިންނަށް ފައިދާ ދެ ގޯލާއި ތިން ޕޮއިންޓް ދިނުމަށެވެ.

ގަލޮޅު ދަނޑާއި ޓާފް އެއް ނަމްބަރު ދަނޑުގެ އިތުރުން ވިލިމާލޭ ޓާފްގައި މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ މެޗުތައް ކުރިއަށްދާއިރު، މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ.

ސެމީ ފައިނަލަށް ފަހު ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ހޮވޭނެ އެވެ. ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައި ކުޅޭނީ މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕް އެވެ. އެ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

މާދަމާ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑާއި ބުރު ސްޕޯޓްސް ކްލަބްގެ މެޗު ކުޅޭއިރު، މާދަމާރޭ އޮންނާނީ ބިސްބުރު އާއި ޖޭޖޭ ސްޕޯޓްސް ކްލަބް އެވެ.

އާފިއު މުހައްމަދުގެ ކޯޗުކަމުގައި ކުޅޭ ބުރު ސްޕޯޓްސް ކްލަބަކީ މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމެވެ. ޖޭޖޭ ސްޕޯޓްސް ކްލަބަކީ ވެސް ފާއިތުވި އަހަރުތަކުގައި ދެ ވަނަ ޑިވިޝަނަށް ރަނގަޅު ޓީމެއް އެކުލަވާލައިގެން ނުކުތް ކްލަބެކެވެ. މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި އެ ޓީމުން ވާދަކުރަނީ ކްލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކުރި އަހުމަދު ނިމާދު (ނިމާ)ގެ ކޯޗުކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox