ލަންކާ ތިން ކުޅުންތެރިންނާ އެކު ޓެންޓް ދެ ވަނަ ޑިވިޝަނަށް ތައްޔާރު

Jul 12, 2022, 8:32 AM
ލަންކާ ގައުމީ ޓީމުގެ މުހައްމަދު ފަސަލް (ކ) ޓެންޓަށް ސޮއިކުރުމަށް ފަހު ޖޯޒީ ދައްކާލަނީ.--- ފޮޓޯ: ޓެންޓް ސްޕޯޓްސް ކްލަބް

ލަންކާ ގައުމީ ޓީމުގެ މުހައްމަދު ފަސަލް (ކ) ޓެންޓަށް ސޮއިކުރުމަށް ފަހު ޖޯޒީ ދައްކާލަނީ.--- ފޮޓޯ: ޓެންޓް ސްޕޯޓްސް ކްލަބް

މާދަމާ ހަވީރު ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް، ސްރީ ލަންކާގެ ތިން ކުޅުންތެރިންނާ އެކު ޓެންޓް ސްޕޯޓްސް ކްލަބުން ތައްޔާރުވެއްޖެ އެވެ.

ޓެންޓް ސްޕޯޓްސް ކްލަބުން ދެ ވަނަ ޑިވިޝަނުގައި ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒޭރު (ކޮއްކޮ)ގެ ކޯޗުކަމުގަ އެވެ.

ޓެންޓުން ދެ ވަނަ ޑިވިޝަނަށް ޓީމު އެކުލަވާލިއިރު، ގެނައި ލަންކާ ކުޅުންތެރިންގެ ތެރޭގައި ލަންކާ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ލަންކާ ސީނިއާ ގައުމީ ޓީމުގެ މިޑްފީލްޑަރު، މުހައްމަދު ފަސަލް އާއި ލަންކާގެ ދެ ވަނަ ކީޕަރު، ކަވީޝް ލަކްޕްރިޔާ އެވެ. ދެން ޓެންޓުން ގެނައީ ލަންކާގެ ޔޫތު ގައުމީ ޓީމުގެ ކުޅުންތެރިޔާ، ރުސްކާން އެެވެ.

ޓެންޓްގެ ކޯޗުކަމާ ހަވާލުވި ސުޒޭރު (ވ) އަށް އެ ޓީމުގެ ޖޯޒީ ހަވާލުކޮށްދެނީ: ސުޒޭރު ވަނީ ދެ ވަަނަ ޑިވިޝަނުގައި އެންމެ ފަހުން ކޯޗުކޮށްދިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީފައި.

ދެ ވަަނަ ޑިވިޝަނުގައި ކުޅެން، ޓެންޓުން ދެން ސޮއި ހޯދި ދިވެހި ކުޅުންތެރިންގެ ތެރޭގައި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ކުރިން މާޒިޔާ، ޓީސީ އަދި ވެލެންސިއާ އަށް ކުޅުނު އަލީ އިމްރާން (އިންމަ)، ނިއު ރޭޑިއަންޓް، ޓީސީ، ވިކްޓަރީ އަދި ވީބީ އަށް ވެސް ކުޅުނު ޝަފްރާޒް އިބްރާހިމް (ޝަފްލޭ)، ވީބީ، ޓީސީ އަދި ފޯކައިދޫ އަށް ކުޅުނު އަހުމަދު އަމްޖަދުގެ އިތުރުން އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އާއި ނިއު އަށް ކުރިން ކުޅުނު އިބްރާހިމް އުސާމަތު ހިމެނެ އެވެ.

ޖުމްލަ 16 ޓީމު ވާދަކުރާ މި ފަހަރުގެ ދެ ވަަނަ ޑިވިޝަން ކުރިއަށްދާނީ ދެ ގްރޫޕަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި އަށް ޓީމު ކުޅޭ ގޮތަށެވެ.

ގްރޫޕް އޭގައި ޓެންޓްގެ އިތުރުން ދެން ހިމެނެނީ، ކްލަބް ޕީކޭ، ދިވެހި ސިފައިންގެ ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ބިސް ބުރު ސްޕޯޓްސް ކްލަބް، ޖޭޖޭ ސްޕޯޓްސް، ބުރު ސްޕޯޓްސް އަދި ކެޕިޓަލް ސިޓީ އެވެ.

އަނެއް ގްރޫޕްގައި ހިމެނެނީ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ބީޖީ ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކްލަބް އޯވަންއޯ، އެލްޓީ ސްޕޯޓްސް، ކްލަބް ޓީނޭޖް އަދި ލޮރެންޒޯ ސްޕޯޓްސް ކްލަބް އެވެ. ނިއު އާއި ވިކްޓަރީ ވާދަކުރަނީ ސަސްޕެންޝަނުން ސަލާމަތްވެވެގެންނެވެ.

ޓެންޓަށް ސޮއިކުރުމަށް ފަހު އިންމަ (ކ) އެ ޓީމުގެ ޖޯޒީ ދައްކާލަނީ

ގަލޮޅު ދަނޑާއި ޓާފް އެއް ނަމްބަރު ދަނޑުގެ އިތުރުން ވިލިމާލޭ ޓާފްގައި މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ މެޗުތައް ކުރިއަށްދާއިރު، މާދަމާ ހަވީރު ފުރަތަމަ މެޗުގައި ޓެންޓް ކުޅޭނީ ކްލަބް ޕީކޭއާ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި މާދަމާރޭ ދިވެހި ސިފައިންގެ ކްލަބް ކުޅޭނީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ. ސެމީ ފައިނަލަށް ފަހު ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ހޮވޭނެ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައި ކުޅޭނީ މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕް އެވެ. އެ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox