އަބޭ ނިސްބަތްވާ ޕާޓީގެ ކޯލިޝަނުން ޖަޕާނުގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދައިފި

ޖަޕާނުގައި އިއްޔެ ބޭއްވި އިންތިހާބުގައި އާންމުން ވޯޓުލަނީ: ލިބަރަލް ޕާޓީން ހޯދީ ސުޕަމެޖޯރިޓީއެއް -- ފޮޓޯ: ކިމިމާސާ ޔަމާމާ/އީޕީއޭ

ޖަޕާނުގައި އިއްޔެ ބޭއްވި އިންތިހާބުގައި އާންމުން ވޯޓުލަނީ: ލިބަރަލް ޕާޓީން ހޯދީ ސުޕަމެޖޯރިޓީއެއް -- ފޮޓޯ: ކިމިމާސާ ޔަމާމާ/އީޕީއޭ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހަށިކޮޅަށް ބަޑި ޖަހައި އަވަހާރަކޮށްލިތާ ދެ ދުވަސް ފަހުން ޖަޕާނުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އެމަނިކުފާނު ނިސްބަތްވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ކޯލިޝަނުން ކާމިޔާބުކޮށް، އެ މަޖިލީހުގެ ސުޕާމެޖޯރިޓީ ހޯދައިފި އެވެ.

އަބޭ، 67، ގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލީ މަޖިލީހަށް ވާދަ ކުރި ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތެއްގައި، ޕޯޑިއަމް ކައިރީ ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ. އިއްޔެ ބޭއްވި އިންތިހާބުގައި ލިބަރަލް ޕާޓީގެ ކޯލިޝަނަށް ވަނީ ޓޫ-ތާޑްސް ސުޕާމެޖޯރިޓީއެއް ލިބިފަ އެވެ. މާނައަކީ ޖަޕާނުގެ ގާނޫނޫ އަސާސީއަށް އިސްލާހު ގެނެވޭ މިންވަރަށް އެ ކޯލިޝަނަށް ވޯޓު ހަމަވީ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ލިބަރަލް ޕާޓީ އަދި ކޮމެއިޓޯ (ޖަޕާނުގެ ކޮންޒަވޭޓިވް ޕާޓީއެއް) އަދި އެ ދެ ޕާޓީގެ ކޯލިޝަން ބައިވެރިން ވަނީ މަތިގޭގެ 87 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ އެ މަޖިލީހުގެ 70 ޕަސެންޓު ގޮނޑި އެވެ. ތިރިގޭގެ މެޖޯރިޓީ ވެސް އޮންނަނީ މި ދެ ޕާޓީ ހިމެނޭ ކޯލިޝަނަކަށެވެ.

Advertisement

ޖަޕާނުގެ އެނަލިސްޓުން ބުނީ އަބޭ އަވަހާރަކޮށްލުމުން ވޯޓުލާން ނިކުތް މީހުންގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު ގިނަވެފައިވާ ކަމަށެވެ. މިފަހަރު ވޯޓުލާން ނިކުތް މީހުންގެ އިންސައްތައަކީ ހައްގު އޮންނަ މީހުންގެ 52 ޕަސެންޓެވެ. ކުރިން، 2019 ގައި ވޯޓުލީ އެ ހައްގު އޮންނަ މީހުންގެ ތެރެއިން 49 ޕަސެންޓު މީހުންނެވެ.

ގޭގައި އަމިއްލައަށް ހެދި ޝޮޓްގަންއަކުން އަބޭގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލީ ޓެޓްސޫޔާ ޔަމަގާމީ ނަމަކަށް ކިޔާ 42 އަހަރުގެ ފިރިހެނެކެވެ. ބަޑި ޖެހި ތަނުން އޭނާ ހައްޔަރުކޮށްފައިވާއިރު މިހާތަނަށް އެނގެން ހުރި މައުލޫމާތަށް ބަލާއިރު އޭނާ އަބޭ އަވަހާރަކޮށްލީ ސިޔާސީ މައްސަލައެއްގައެއް ނޫނެވެ.

އަބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރެވެ. އޭނާ ބޮޑުވަޒީރުކަން އެންމެ ފުރަތަމަ ކުރެއްވީ 2006 ފެށިގެން 2007 ވަނަ އަހަރާ ހަމައަށެވެ. އަދި ފަހުން 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވި އެވެ. އިސްތިއުފާ ދެއްވީ މަގާމުގައި ހުންނެވުމަށް ސިއްހީ ހާލަތު ތަންނުދޭ ކަމަށް ވިދާޅުވެ އެވެ.

އަބޭއަކީ ޖަޕާނުގެ މުއްސަނދި، ޖަޕާނުގެ ސިޔާސީ ދާއިރާގައި އިސް ރޯލެއް އަދާ ކުރެއްވި އާއިލާއެއްގެ ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ ކުރީގެ ފޮރިން މިނިސްޓަރެކެވެ. އަދި އާއިލާގެ ބޭފުޅަކު ވަނީ ކުރީގައި ޖަޕާނުގެ ޕްރިމިއާގެ މަގާމުގެ ވެސް އަދާ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox