ޑި މާރިއާ ޔުވެންޓަސް އަށް، ރެއާލް ދޫކޮށް ޖޮވިޗް ދިޔައީ ފިއޮރެންޓީނާ އަށް

Jul 9, 2022, 4:13 AM
ޔުވެންޓަސް އަށް ސޮއިކުރުމަށް ފަހު ޑި މާރިއާ،-- ފޮޓޯ: ޔުވެންޓަސް

ޔުވެންޓަސް އަށް ސޮއިކުރުމަށް ފަހު ޑި މާރިއާ،-- ފޮޓޯ: ޔުވެންޓަސް

ޓިއުރިން (ޖުލައި 9) - ހިލޭ ޓްރާންސްފާއެއްގައި އާޖެންޓީނާގެ އަންހެލް ޑި މާރިއާ ޔުވެންޓަސް އަށް ބަދަލުވިއިރު، ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ސާބިއާގެ ފޯވަޑް ލޫކާ ޖޮވިޗް ފިއޮރެންޓީނާ އަށް ބަދަލުވެއްޖެ އެވެ.

ފްރާންސްގެ ޕީއެސްޖީގައި ހަތް އަހަރު ހޭދަކުރި ޑި މާރިއާ، 34، ގެ ކޮންޓުރެކްޓް މިދިޔަ ސީޒަނަށް ފަހު ހަމަވުމުން، އެ ކްލަބުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ޕީއެސްޖީން އާ ކޮންޓްރެކްޓެއް ޑި މާރިއާ ބޭނުންވި ނަމަވެސް އެ ކްލަބުގެ މެނޭޖްމަންޓުން އޮތީ އެ ގޮތަށް ކުރިއަށްދާ ގޮތަކަށް ނޫނެވެ.

ޕީއެސްޖީ އަށް ކުޅުނު 294 މެޗުގައި، ޑި މާރިއާ ވަނީ 91 ލަނޑު ޖަހައިފަ އެވެ. އަދި ޑި މާރިއާ ވަނީ އެ މެޗުތަކުގައި 118 ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. ޕީއެސްޖީއާ އެކު ޑި މާރިއާ ވަނީ 14 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ފަސް ލީގު ތަށި ހިމެނެ އެވެ.

ޔުވެންޓަސް އަށް ޑިމާރިއާ ސޮއިކުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ޑިމާރިއާ ޔުވެންޓަސްއާ ގުޅުނީ 7.4 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ.

ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ޑި މާރިއާ ބުނީ ޔުވެންޓަސް އަކީ އިޓަލީގެ އިތުރުން ދުނިޔޭގެ ނިސްބަތުން ބެލިޔަސް ބޮޑު ކްލަބެއް ކަމަށެވެ. އަދި ކުރިން އޭނާ ކުޅުނު ކްލަބްތަކުގައި ކުރި މަސައްކަތް ތަކުރާރުކޮށް ޔުވެންޓަސްއާ އެކު ވެސް ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށް ޑި މާރިއާ ވަނީ ބުނެފަ އެވެ.

މިއަދުގެ ވަގުތެއްގައި ޔުވެންޓަސް އިން ހިލޭ ޓްރާންސްފާއެއްގައި ޕައުލް ޕޮގްބާގެ ސޮއި ހޯދިކަން ވެސް އިއުލާނުކުރާނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިއަކީ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އާއި ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އެވެ.

އެތުލެޓިކޯ މެޑްރިޑުން ވަނީ މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސް އަށް ކުޅުނު، ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އަނބުރާ ކްލަބަށް ގެނެސްފަ އެވެ. ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ އާއި ޖިއޮޖިއޯ ކިއެލީނީ ވެސް ވަނީ ކްލަބް ދޫކޮށްލައިފަ އެވެ.

ރެއާލް މެޗެއްގެ ތެރެއިން ޖޮވިޗް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޖަރުމަންގެ އެއިންޓްރެކްޓް ފްރޭންކްފާޓް އިން 2019 ވަނަ އަހަރު 60 މިލިއަން ޔޫރޯ (75 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި ރެއާލްއާ ގުޅުނު ޖޮވިޗް އަށް އެ ކްލަބުގައި މާގިނަ ފުރުސަތެއް ނުލިބެ އެވެ. އާސެނަލުން މިދިޔަ ޖެނުއަރީ މަހު ޖޮވިޗް ގެންދަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޭނާ އެ ޑީލް ބޭނުންނުވާތީ މަޝްވަރާގެ މޭޒާ ހަމައަށް ވެސް ކަންތައްތައް ނުދިޔަ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި، ރެއާލް އިން ފިއޮރެންޓީނާ އަށް ޖޮވިޗް، 24، ދޫކޮށްލީ ހިލޭ އެވެ. އެހެން ނަމަވެސް، ފިއޮރެންޓީނާ އިން ޖޮވިޗް އެހެން ކްލަބަކަށް ވިއްކާލާނަމަ، ރެއާލަށް އެ ޓްރާންސްފާ އިން ބައެއް ލިބޭ ގޮތަށެވެ.

ފްރޭންކްފަޓާ އެކު ޖަރުމަން ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، ރެއާލް ސަމާލުކަން ހޯދި ނަމަވެސް، ރެއާލްގައި އޭނާގެ ކުރީގެ ފޯމެއް ނުދެއްކުނެވެ. ރެއާލް އިން އޭނާ އެއް ސީޒަނަށް، ލޯނެއްގެ ގޮތުގައި ފްރޭންކްފާޓަށް ވެސް ދޫކުރި އެވެ.

ޒިނެދިން ޒިދާނާއި ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ވެސް ރެއާލުން ޖޮވިޗް ބޭނުންކުރަން ކުރި މަސައްކަތް ކާމިޔާބުނުވީ އެއް ލެވަލެއްގައި ކުޅުން ނުދެމެހެއްޓޭއިރު، ރެއާލްގެ ސްޓައިލާ ނުގުޅުމެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox