މުޒާހަރާ ކުރަން އުޅޭތީ ލަންކާގައި އަނެއްކާވެސް ކާފިއު

ސްރީލަންކާގައި މީގެ ކުރިން ބޭއްވި މުޒާހަރާއެއްގައި ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: އީޕީއޭ

ސްރީލަންކާގައި މީގެ ކުރިން ބޭއްވި މުޒާހަރާއެއްގައި ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: އީޕީއޭ

މި ހަފްތާ ބަންދާ ދިމާކޮށް ސްރީލަންކާގައި މުޒާހަރާ ކުރަން އުޅޭތީ ވެރިރަށް ކޮލޮމްބޯގައި އަނެއްކާ ވެސް ކާފިއު ހިންގަން ފަށައިފި އެވެ.

ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ 09:00 އިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގާނެ ކަމަށެވެ. އެހެން ކަމުން އާއްމުން ބޭރަށް ނުކުމެ އުޅުން މަނާ ވާނެ އެވެ.

ހުކުރު ދުވަހު ވެސް ޔުނިވާސިޓީ ދަރިވަރުންގެ އެއްވުމެއް ރައީސްގެ ގެކޮޅު ކައިރީގައި އޮތް އިރު، އެ މުޒާހަރާ ރޫޅާލަން ފުލުހުން ކަރުނަ ގޭސް ޖަހައި، ބާރު ސްޕީޑުގައި ފެން ޖެހި އެވެ.

ސްރީ ލަންކާ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ ޑޮލަރު ހުސްވެ، ޒަރޫރީ ތަކެތި އިމްޕޯޓް ނުކުރެވި، ގައުމު ހާލުގައި ޖެހިފައި ވާތީ އެވެ.

ހާލަތު އެހާ ގޯސްވީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ގޯސް ނިންމެވުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މީގެ ކުރިން ބޭއްވި ބައެއް އެއްވުންތަކުގައި ބޮޑެތި ހަމަނުޖެހުން ހިނގި އެވެ.

"ތެޔޮ ހޯދަން ކިޔުގައި ތިބެ މީހުން ދަނީ މަރުވަމުން. ތިން އިރުގެ ކޮއްތު ވެސް ނުލިބޭ. މި ރައީސާއި ސަރުކާރުން މި ގައުމަށް ގެނެސްފަައިވާ ހާލަތަކީ މިއީ،" ހުކުރު ދުވަހު ޔުނިވާސިޓީ ދަރިވަރުންގެ މުޒާހަރާ ރޭވުމުގަައި އުޅުނު ވަސާންތަ މުޑަލިގެ ރޮއިޓާޒް ނޫހަށް ބުންޏެވެ.

"ރައީސާއި ބޮޑު ވަޒީރު މަގާމުން އިސްތިއުފާ ދެއްވަން ދެން އަހަރުމެން ހުއްޓައެއް ނުލާނަން،" މިދިޔަ މޭ މަހު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ރަނިލް ވިކްރަމަސިންހައަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

ރައީސް ނެރުއްވި ބަޔާނެއްގައި ހުކުރު ދުވަހު ވިދާޅުވީ ބަޔަކު ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށާއި ޒަރޫރީ ތަަކެތި ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

"މި އޮތް ގޮންޖެހުން ގިނަ ހާލަތަށް ކާމިޔާބު ހައްލުތަކެއް ލިބެން ފަށާފަައި ވަނިކޮށް، އިދިކޮޅު ސިޔާސީ ގްރޫޕްތަކުން ރައްޔިތުންނަށް އޮޅުވާލަން ހިންގާ ހަރަކާތްތަކާ މެދު ކަންބޮޑުވެ، ދެރަވޭ،" އެ ބަޔާނުގައިވެ އެވެ.

ޔުނިވާސިޓީ ދަރިވަރުން ރާވާފަައި ވަނީ ހުކުރު ދުވަހުގެ ރޭ ރައީސްގެ ގެކޮޅު ކައިރީގައި މަޑުކޮށްގެން ތިބުމަށެވެ. ސިއްހީ މަސައްކަތްތެރިންނާއި، ދީނީ އެކި ފަރާތްތަކާއި، ޓްރޭޑް ޔޫނިއަންތަކާއި އިދިކޮޅު ސަޕޯޓަރުން އެ ތަނަށް ޖަމާވާން ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހުގެ ހެނދުނެވެ.

އެހެން ނަމަވެސް ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ 09:00 އިން ފެށިގެން ކާާފިއު ހިންގާނެ ކަމަށާއި، ކާފިއުއާ ހިލާފުވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮލޮމްބޯގެ ސެކިއުރިޓީ ވަރުގަދަކޮށް 3،000 ފުލުހުންނާއި ޕެރެމިލިޓަރީ ނެރިފައިވާ އިރު، ބޮޑެތި އާއްމު އިމާރާތްތައް ކައިރީގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ތަައްޔާރުވާ މުޒާހަަރާގައި ލޭއޮހޮރުވުން ހިނގާނެ ކަމަށް ބެލެވޭތީ އދ. ގެ އިންސާާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ ތަރުޖަމާނު ވަނީ ކަންބޮޑުވުން ފާާޅުކުރައްވާފަ އެވެ.

"ސަލާމަތީ ފއުޖުތަކުން މީގެ ކުރިން ވެސް އެއްވުންތަކުގައި ބޮޑެތި ހަތިޔާރު ބޭނުން ކުރި މަަންޒަރު ފެނުނު. އެހެންވީމާ، އެފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އަޅުގަނޑުމެން ގޮވާލަން،" ރަވީނާ ޝަމްސަދާނީ ވިދާޅުވި އެވެ.

އެމެރިކާގެ ސަފީރު ޖޫލީ ޗުންގް ވެސް ވަނީ ސުލްހަވެރި މުޒާހަރާއަށް ހުރަސް ނޭޅުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލަައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox