ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަބޭ ޕޯޑިއަމް ކައިރީގައި ވާހަކަ ދައްކަވަނިކޮށް ބަޑި ޖަހައިފި

ކުރީގެ ބޮޑުވަޒީރު އަބޭ ޒަހަމްވެފައި: ބަޑިޖެހީ ފަހަތުން، ޝޮޓްގަންއަކުން، ދެ ފަހަރަށް -- ފޮޓޯ: ކިޔޯޑޫ/ރޮއިޓާސް

ކުރީގެ ބޮޑުވަޒީރު އަބޭ ޒަހަމްވެފައި: ބަޑިޖެހީ ފަހަތުން، ޝޮޓްގަންއަކުން، ދެ ފަހަރަށް -- ފޮޓޯ: ކިޔޯޑޫ/ރޮއިޓާސް

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މިއަދު ހެނދުނު ޕޯޑިއަމެއް ކައިރީގައި ވާހަކަ ދައްކަވަން ހުއްޓައި މީހަކު އޭނާގެ ހަށިކޮޅަށް ފަހަތުން ބަޑިޖަހައިފި އެވެ.

މި ވަގުތަށް އެނގެން ހުރި މައުލޫމާތަށް ބަލާއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ އަބޭގެ ހަށިކޮޅަށް ޝޮޓްގަންއަކުން ބަޑިޖެހީ ފަހަތުން ކަމަށް ބެލެވެ އެވެ. އަދި ވައަތް ފަރާތުން މެޔަށް އަދި ކަރަށް ބަޑީގެ ވަޒަން އަރާފައިވާ ކަމަށް ބެލެވެ އެވެ.

އަބޭ, 67, ބިންމައްޗަށް ވެއްޓިވަޑައިގެންފައި ހުރި ފޮޓޯ އާންމުވެފައިވާއިރު ތުރުކުރައްވައިގެން ހުންނެވި ހުދު ގަމީހުގައި ލޭ ހުރިތަން ފެނެ އެވެ. ހާދިސާ ހިނގި ތަނުގައި އަވަސް ފަރުވާ ދިނުމަށްފަހު އަބޭ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ހާދިސާ ހިނގި ސަރަހައްދަށް އެންމެ އަވަހަށް ހާޒިރުވި ފަޔާ ޑިޕާޓްމަންޓުގެ ސެއިގޯ ޔަސުހާރާ ވިދާޅުވީ އަބޭގެ ހަށިކޮޅުން ވައިޓަލް ސައިންސް ނުވަތަ ހިތް، ތެޅުން، ނޭވާލުން، ވިންދު ހުރުން ފަދަ ދިރިހުރިކަމުގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ.

ނިއުޔޯޓް ޓައިމްސް އިން ބުނެފައި ވަނީ ޖަޕާނުގެ ފުލުހުން އެ މައްސަލައިގައި ޓެޓްސޫޔާ ޔަމަގާމީ ނަމަކަށް ކިޔާ 42 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަބޭ މިއަދު ހެނދުނު ބައިވެރިވެވަޑައިގެންފައި ވަނީ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހަށް ވާދަ ކުރައްވާ ކެއި ސޭޓޯ، 43، ގެ ކެމްޕެއިން ހަރަކާތެއްގަ އެވެ. އާންމުންގެ މެދުގައި މިހާރު ވެސް މަގުބޫލު އަބޭ ކެމްޕެއިން ކުރައްވަމުން ގެންދަނީ ލިބަރެލް ޑިމޮކްރެޓިކް ޕާޓީއަށެވެ.

އަބޭ ބޮޑުވަޒީރުކަން އެންމެ ފުރަތަމަ ކުރެއްވީ 2006 ފެށިގެން 2007 ވަނަ އަހަރާ ހަމައަށެވެ. އަދި ފަހުން 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވި އެވެ. އިސްތިއުފާ ދެއްވީ މަގާމުގައި ހުންނެވުމަށް ސިއްހީ ހާލަތު ތަންނުދޭ ކަމަށް ވިދާޅުވެ އެވެ.

އަބޭއަކީ ޖަޕާނުގެ މުއްސަނދި، ޖަޕާނުގެ ސިޔާސީ ދާއިރާގައި އިސް ރޯލެއް އަދާ ކުރެއްވި އާއިލާއެއްގެ ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ ކުރީގެ ފޮރިން މިނިސްޓަރެކެވެ. އަދި އާއިލާގެ ބޭފުޅަކު ވަނީ ކުރީގައި ޖަޕާނުގެ ޕްރިމިއާގެ މަގާމުގެ ވެސް އަދާ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox