ކުރިއަށް އޮތް ބޮޑު އީދު ބަންދާ ދިމާކޮށް މެލޭޝިޔާ އާއި ތައިލެންޑަށް މޯލްޑިވިއަންގެ ހާއްސަ ފެއާތަކެއް ތައާރަފުކޮށްފި އެވެ.
މި ފެއާގެ ދަށުން މާދަމައިން ފެށިގެން މިމަހު 17 އަށް ހާއްސަ ފްލައިޓުތަކެއް ތާވަލުކޮށްފައި ވަނީ މެލޭޝިޔާގެ ކުއާލާލަމްޕޫރާއި ތައިލެންޑުގެ ބެންކޮކަށެވެ. އެ ފެއާގައި ދަތުރުކުރާ ފަރާތްތަކަށް 40 ކިލޯގެ ބެގޭޖް އެލަވަންސެއް ލިބޭނެ އެވެ.
އެއްކޮޅު ދަތުރުތަކަށް ތައާރަފުކުރާ މި ފެއާގެ ފުރަތަމަ ފްލައިޓް ބާއްވަން ހަމަޖެހިފައި ވަނީ ކުއާލާލަމްޕޫރުން މާލެއަށެވެ. އެ ފްލައިޓުގެ ފެއާ އަގަކީ 176 ޑޮލަރު (2713.92 ރުފިޔާ) އެވެ. އެއަށްފަހު މިމަހު 17 އާ ހަމައަށް ހަތަރު ފްލައިޓެއް ތާވަލުކޮށްފައިވާއިރު، އެ ފްލައިޓުތަކުގެ އަގަކީ 125 ޑޮލަރު (1927.5 ރުފިޔާ) އެވެ.
އީދާ ދިމާކޮށް މޯލްޑިވިއަނުން ތައާރަފުކުރި ހާއްސަ ފެއާގެ ދަށުން ތާވަލުކޮށްފައިވާ ފްލައިޓުތައް:
- 8 ޖުލައި - ކުއާލާލަމްޕޫރުން މާލެއަށް
- 15 ޖުލައި - ކުއާލާލަމްޕޫރުން މާލެއަށް
- 29 ޖުލައި - މާލެއިން ކުއާލާލަމްޕޫރަށް
- 10 ޖުލައި - ބެންކޮކުން މާލެއަށް
- 17 ޖުލައި - މާލެއިން ބެންކޮކަށް
އީދާ ދިމާކޮށް މާދަމާ ބަންދުވާއިރު، ސަރުކާރު ދެން ހުޅުވޭނީ މިމަހު 17 ވާ އާދިއްތަ ދުވަހު އެވެ.












