ސިންގަޕޫރުގެ ޖީއެސްޓީ ރޭޓް ނުވަ ޕަސެންޓަށް މަތި ކުރަނީ

ސިންގަޕޫރުގެ ފިހާރައެއްގެ ތެރޭގައި މީހުން ވިޔަފާރި ކުރަނީ. -- ފޮޓޯ: ޓުޑޭ އޮންލައިން

ސިންގަޕޫރުގެ ފިހާރައެއްގެ ތެރޭގައި މީހުން ވިޔަފާރި ކުރަނީ. -- ފޮޓޯ: ޓުޑޭ އޮންލައިން

ދެ މަރުހަލާއަކަށް ބަހާލައިގެން ސިންގަޕޫރުގައި މުދަލާއި ހިދުމަތުގެ އަަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ރޭޓް ހަތް ޕަސެންޓުން ނުވަ ޕަސެންޓަށް މަތި ކުރަން ނިންމައިފި އެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި 2023 ވަނަ އަހަރުގެ ޖެނުއަަރީ އެއް ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ރޭޓް އަށް ޕަސެންޓަށް މަތި ކުރާނެ އެވެ. ދެ ވަނަ މަރުހަލާގައި 2024 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ރޭޓް ނުވަ ޕަސެންޓަށް މަތި ކުރާނެ އެވެ.

މި އަހަރުގެ ކުރީކޮޅު ދައުލަތުގެ ބަޖެޓު ޕާލިމެންޓަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ލޯރެންސް ވޮންގް ވިދާޅުވީ ޖީއެސްޓީ މަތި ކުރުމުން ކުރާނެ އަސަރު ކުޑަ ކުރަން 2020 ވަނަ އަހަރު އިއުލާން ކުރި ހަ ބިލިއަން ޑޮލަރުގެ ޕެކޭޖްގައި އިތުރު 640 މިލިއަން ޑޮލަރު ހިމަނަން ނިންމާފައިވާ ކަމަށެވެ.

ސިންގަޕޫރުގައި ޖީއެސްޓީ މަތި ކުރުމުގެ ވާހަކަތައް ދައްކާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ޖީއެސްޓީ ނުވަ ޕަސެންޓަށް މަތި ކުރުމުން ސިންގަޕޫރުގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ 0.7 ޕަސެންޓް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެއީ 3.5 ބިލިއަން ޑޮލަރެވެ.

އެ ފައިސާ ހޭދަ ކުރާނީ ސިއްހީ ހިދުމަތާއި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ހިދުމަަތްތަކާއި އިޖުތިމާއީ ހިދުމަތްތައް ކުރިއަރުވަން ކަމަށް ސިންގަޕޫރުގެ ސަރުކާރުން ބުނެ އެވެ.

ހަމައެކަނި ޖީއެސްޓީ މަތިކޮށްގެން ސިއްހީ ހިދުމަތްތައް ހަރުދަނާ ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވޮންގް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ ޖީއެސްޓީގެ އިތުރުން ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް އާއި މުދަލުން ނަގާ ޓެކްސް އާއި އުޅަނދުން ނަގާ ޓެކްސް ވެސް ބޮޑު ކުރަން ޖެހޭނެ ކަމަށެވެ.

ކޮވިޑް ބަލިމަޑުކަމާއި ޔޫކްރެއިން ހަނގުރާމައާ ހެދި ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ޖީއެސްޓީ މަތި ކުރާތީ އާއްމުންގެ ކަންބޮޑުވުން ހުރި ނަމަވެސް، ނިންމުމަކާ ހަމައަށް ދިޔައީ ހާލަތު ރަނގަޅަށް ދިރާސާ ކުރުމށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އާާމްދަީ އަވަހަށް އިތުރު ކުރަން އެބަ ޖެހޭ. އެކަމަކު ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ޖީއެސްޓީ މަތިވާތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެކަން ބަލައިގަންނަން،" ވޮންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެސްޓީ މަތި ކުރުން ދެ މަރުހަލާއަކަށް ބަހާލީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެލުމަށް ފަހު ކަމަށެވެ. ސިންގަޕޫރުގައި ޖީއެސްޓީ ރޭޓް ދެ ޕަސެންޓުން މަތި ކުރަން އުޅޭ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރީ 2018 ގަ އެވެ. ނަމަވެސް ކޮވިޑް ބަލިމަޑުކަމާ ހެދި އެކަން ފަސްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox