ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަ ކޮށްގެން ބާއްވާ ހަމައެކަނި އިވެންޓު، މޯލްޑިވްސް މެރިން އެކްސްޕޯ 2022 ގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު މިއަދު ސޮއިކޮށްފި އެވެ.
އޯގަސްޓް 4 އިން 6 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި އަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މިދިޔަ އަހަރުގެ ވެސް މެއިން ސްޕޮންސަރު އެމްޓީސީސީ އެވެ. ކޯ ސްޕޮންސަރުންނަކީ ވެސް މިދިޔަ އަހަރުގެ ކޯސްޕޮންސަރުން ކަމުގައިވާ ކްރޮސްރޯޑްގެ މެރީނާ މެނޭޖުކުރަމުން އަންނަ ޔޫއޭއީގެ މެރިން ސޮލިއުޝަން ކުންފުނި، ޖަލްބޫތު އަދި ރާއްޖޭގައި ލޯންޗް ފަހަރު ބަނދެ ވިއްކާ ގަލްފް ކްރާފްޓް އެވެ.

މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރު ޖަލްބޫތާއެކު ސޮއިކުރުމަށް ފަހު އެއްބަސްވުން ދައްކާލަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ސްޕޮންސާރުންނާއި ޕާޓްނަރުން
- މެއިން ސްޕޮންސަރު: އެމްޓީސީސީ
- ކޯ-ސްޕޮންސަރު: ޖަލްބޫތު، ގަލްފް ކްރާފްޓު
- އޮފިޝަލް ބޯޓް ބިލްޑަރު: އަލްޝާ މެރިން
- ފިއުލް ޕާޓްނަރު: ހޯކްސް
- އޮފިޝަލް ޕްރޮޑަކްޓް: މާކިއުރީ މެރިން އިންޖިން (ހަސަން މެރިން)
- އޮފިޝަލް މެރިން އިންޖިން: ހޮންޑާ މެރިން (މެރިން ވައިބް)
- އޮފިޝަލް ލުބްރިކަންޓް: ޝެލް (ވިލާ)
- ވޯޓާ ސްޕޯޓްސް ޕާޓްނަރު: ސީގިއާ
- އޮފިޝަލް ލޮޖިސްޓިކް ޕާޓްނަރު: ގޯ ލޮޖިސްޓިކްސް
- މެރިން ޕެއިންޓް: އޯޝަން މާސްޓަ (ދަ މާސް)
- ހޯސްޓް ޕާޓްނަރު: ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)
- ލޯކަލް މީޑިއާ ޕާޓްނަރު: އަދަދު
- ޓެބްލޮއިޑް ޕާޓްނަރު: އައިލެންޑް ޗީފް
- ކޭޓަރިން ޕާޓްނަރު: ލެމަން ގްރާސް
- ޕްރިންޓް ޕާޓްނަރު: އެމް ސެވަން
ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކުރުމުގެ ހަފުލާ ބޭއްވީ ރަސްފަންނުގައި ހުންނަ ޕޮމެލޯ ރެސްޓޯރަންޓްގަ އެވެ.

މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރު ގަލްފް ކްރާފްޓާއެކު ސޮއިކުރުމަށް ފަހު -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެރިން އެކްސްޕޯ މުހިންމު ވަނީ ކީއްވެ؟
މެރިން އެކްސްޕޯ އަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ އިވެންޓެވެ.
ހަމައެކަނި ލިވްއެބޯޑާއި، ޔޮޓާއި، މެރިން ޓްރާންސްފޯޓަށް ހާއްސަ ވެގެން 2016ގައި ފެށި މި އިވެންޓު ފުޅާވަމުން ގޮސް، މިހާރު މެރިން ސިނާއަތާ ގުޅުންހުރި ހުރިހާ ބަޔަކަށް ހާއްސަ ބައިތައް އެކްސްޕޯގައި ހިމެނެ އެވެ. މިހާރު އެކްސްޕޯގައި އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ލިވްއެބޯޑުތަކާއި ޔޮޓުތަކާއި، މަސްވެރިކަމުގެ އިތުރުން ވޯޓަ ސްޕޯޓްސް އާއި ލޮޖިސްޓިކްސް ހިމެނެ އެވެ.
އެކްސްޕޯގައި ރެޖިސްޓްރީ ވާނީ ކިހިނެއް؟
އެކްސްޕޯގައި އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިހާރު އެފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، އެކްސްޕޯގެ އީމެއިލަށް ތަފްސީލުތައް ފޮނުވައިގެން ނުވަތަ 7997974 ނަންބަރަށް ގުޅައިގެން މިހާރު ރެޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެ އެވެ.










