އިންޑިއާ ސަރުކާރުގެ އެންގުމަކާ ދެކޮޅަށް ޓްވިޓާއިން ކޯޓަށް

އިންޑިއާގައި 24 މިލިއަަނަށް ވުރެ ގިނަ މީހުން ޓްވިޓާ ބޭނުން ކުރޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގައި 24 މިލިއަަނަށް ވުރެ ގިނަ މީހުން ޓްވިޓާ ބޭނުން ކުރޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޓްވިޓާގައިވާ ބައެއް ކޮންޓެންޓު ނެގުމަށް އިންޑިއާ ސަރުކާރުން އަންގާފައި ވާތީ، އެކަމާ ދެކޮޅަށް ޓްވިޓާއިން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޓްވިޓާގެ ޕެޓިޝަން ހުށަހެޅީ ކަރްނާޓަކާގެ ހައި ކޯޓަށެވެ. ކޯޓަށް މައްސަލަ ގެންދިޔައީ ކޮންޓެންޓް ނަގަން އިންޑިއާ ސަރުކާރުން އެންގި ގިނަ އެންގުންތަކަށް އަމަލުނުކޮށް މަޑު ކުރުމަށް ފަހު އެވެ.

ނަމަވެސް ޖޫން މަހު ސަަރުކާރުން ފޮނުވި ސިޓީއެއްގައި ބުނީ އެންގުންތަކާ އެއް ގޮތަށް އަމަލު ނުކުރާ ނަމަ ޓްވިޓާއާާ މެދު "ސީރިއަސް ފިޔަވަަޅު" އަޅަން ޖެހޭނެ ކަމަށެވެ.

އިންޑިއާގައި 24 މިލިއަނަށް ވުރެ ގިނަ މީހުން ޓްވިޓާ ބޭނުން ކުރާ ކަމަށް ލަފާ ކުރެވެ އެވެ.

ބައެއް ކޮންޓެންޓު ނެގުމަށް އިންޑިއާ ސަރުކާާރުން ޓްވިޓާއަށް އަންގަމުން ދަނީ އެ ގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައިވާ ގޮތުން "ގައުމީ ސަލާމަތަށް ނުރައްކާވާ" ކަންކަމާއި އާއްމު މަސްލަހަތު ގެއްލޭ ކަންކަމުގައި ކޮންޓެންޓް ބްލޮކް ކުރުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ.

އިންޑިއާ ސަރުކާރުން މީގެ ކުރިން ވަނީ ޓްވީޓްތައް ނެގުމަށާއި އެކައުންޓްތައް ބްލޮކް ކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ޓްވިޓާއަށް ތަަކުރާރުކޮށް އަންގާފަ އެވެ.

މިދިޔަ މޭ މަހު ވެރިރަށް ނިއު ދިއްލީގައި ހުންނަ ޓްވިޓާގެ އޮފީހަށް ފުލުހުން ވަނުމުން، އެ ކުންފުނުން ވަަނީ އިންޑިއާގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުން ނެތެމުންދާ ކަމަަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox