ކްރިމިނަލް ކޯޓުން އެންމެ ގިނަ މައްސަލަތައް ނިންމީ މި އަހަރުގެ ފުރަތަމަ ހަ މަހު

ކްރިމިނަލް ކޯޓު--

ކްރިމިނަލް ކޯޓު--

ފާއިތުވީ ފަސް އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި، ކްރިމިނަލް ކޯޓުން އެންމެ ގިނަ މައްސަލަ ބަލާފައިވަނީ މި އަހަރުގެ ފުރަތަމަ ހަ މަހު ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ކޯޓަށް 404 މައްސަލަ ވަނީ ހުށަހެޅިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ މެއި މަހު އެވެ.

މެއި މަހު 81 މައްސަލަ ހުށަހެޅުނުއިރު، ޖޫން މަހު 81 މައްސަލަ އަދި ފެބްރުއަރީ މަހު 77 މައްސަލަ ވަނީ ހުށަހެޅިފަ އެވެ. ދެން އެންމެ ގިނަ މައްސަލަ ހުށަހެޅުނު މާޗު މަހު 66 މައްސަލަ ހުށަހެޅުނުއިރު ޖެނުއަރީ މަހު 51 މައްސަލަ އަދި އޭޕްރިލް މަހު 41 މައްސަލަ ވަނީ ހުށަހެޅިފަ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ 548 މައްސަލަ ބަލައި ނިންމާފަ އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ ގިނަ މައްސަލަތަކެއް ހިމެނެ އެވެ.

ކްރިމިނަލް ކޯޓުގެ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ނިންމައި ބެކްލޮގް ހުސްކުރުމުގެ ގޮތުން ޖޫން މަހުން ފެށިގެން ތިން މަސް ދުވަހަށް ޝަރީއަތްތައް ތާވަލްކުރާ ވަގުތު އިތުރުކޮށްގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެއާއެކު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ވެސް ޖޫން މަހު އެވެ. ޖޫން މަހު ވަނީ 165 މައްސަލަ ނިންމާފަ އެވެ. އޭގެ ތެރެއިން 53 މައްސަލައަކީ ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ މަދުން މައްސަލަ ނިންމާފައިވަނީ ޖެނުއަރީ މަހު އެވެ. އެ މަހު 40 މައްސަލަ ނިންމާފައިވާއިރު، ފެބްރުއަރީ މަހު 110 މައްސަލަ، މާޗު މަހު 115 މައްސަލަ، އަދި އޭޕްރިލް މަހު 49 މައްސަލައިގެ އިތުރުން މެއި މަހު 69 މައްސަލަ ވަނީ ބަލައި ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ނިންމާފައިވާ މައްސަލަތަކަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 51 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި، 2018 ވަނަ އަހަރުން ފެށިގެން މި މުއްދަތުގައި އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ވެސް މި އަހަރު އެވެ.

ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަނީ 2000 ވުރެ ގިނަ މައްސަލަތައް ހިމެނޭ ބެކްލޮގަކާ އެކު އެވެ.

އެވަރަށް މައްސަލަތައް ނުނިމި އޮތް އިރު އަހަރަކު އިތުރު 900 މައްސަލަ ހުށަހެޅެ އެވެ. އެހެންވީމާ އެކޯޓުން މަސައްކަތް ކުރަން ޖެހެނީ އަހަރަކު އިތުރަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ މައްސަލަތަކާ ވެސް އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox