ބެލޮންޑިއޯ ހޯދި ސްޕެއިނުގެ އަލެކްސިއާ ޔޫރޯގައި ނުފެންނާނެ

Jul 5, 2022, 9:50 PM
އަލެކްސިއާ ޕުޓޭޔާސްގެ ކަކުލަށް އަނިޔާވީ ޕްރެކްޓިހުގެ ތެރެއިން.

އަލެކްސިއާ ޕުޓޭޔާސްގެ ކަކުލަށް އަނިޔާވީ ޕްރެކްޓިހުގެ ތެރެއިން.

މެޑްރިޑް (ޖުލައި 6) - މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްސް ހޯދި ސްޕެއިނުގެ ތަރި، އަލެކްސިއާ ޕުޓޭޔާސް އަށް އަނިޔާގެ ސަބަބުން މާދަމާ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މިދިޔަ އަންގާރަ ދުވަހު ފަރިތަކުރުންތަކުގެ ތެރެއިން ސްޕެއިނުގެ ކެޕްޓަން، އަލެކްސިއާ، 28، ގެ ކަކުލަށް ލިބުނު އަނިޔާގެ ސަަބަބުން އިތުރު ޓެސްޓްތައް ހެދުމުން އެނގުނީ އެންޓީރިއާ ކްރޫސިއެޓް ލިގަމެންޓް (އޭސީއެލް) ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، ޔޫރޯގައި މި ފަަހަރު އަލެކްސިއާ ނުފެންނާނެ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

އަލެކްސިއާ އަށް އަނިޔާވިއިރު، ޔޫރޯގައި ސްޕެއިން ކުޅެން އޮތް ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ފިންލެންޑާ އެވެ.

ފީފާ އިން ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑްސް 2021 ވަނަ އަހަރު ހޯދި އަލެކްސިއާ ވަނީ ސްޕެއިން ގައުމީ ޓީމަށް 100 މެޗު ކުޅެދީ 27 ގޯލު ޖަހައިފަ އެވެ.

ބާސެލޯނާގެ މެޗެއްގެ ތެރެއިން އަލެކްސިއާ: އޭނާ އަކީ ބާސެލޯނާގެ އަންހެން ޓީމުގެ ތަރިއެއް.

ފަހަކަށް އައިސް އަލެކްސިއާ ބާސެލޯނާގައި ދައްކަމުން އައި ކުޅުމަށް ބަލާއިރު، ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އަލެކްސިއާ ވަނީ 11 ގޯލު ޖަހައިފަ އެވެ. އަދި ސްޕެނިޝް ލީގު ބާސެލޯނާ އިން ޖެހިޖެހިގެން ތިން ފަހަރު ހޯދިއިރު، އަލެކްސިއާ ވަނީ 18 ގޯލު ޖަހައިފަ އެވެ. އެހެންވެ، މި ފަހަރުގެ ޔޫރޯ އަށް ސްޕެއިނުން ކާމިޔާބެއް ހޯދަން ބަރޯސާވި އެއް ކުޅުންތެރިއަކީ އަލެކްސިއާ އެެވެ. އެކަމަކު، އަލެކްސިއާ އަށް ލިބުނު މި އަނިޔާގެ ސަބަބުން ސްޕެއިން ޓީމަށް މި ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

އަލެކްސިއާ އަކީ ކަކުލަށް އަނިޔާވެގެން މި ފަަހަރުގެ ޔޫރޯގެ ކުރިން ސްޕެއިނަށް ގެއްލުނު ދެ ވަނަ ކުޅުންތެރިޔާ އެވެ. ސްޕެއިންގެ ތަޖުރިބާކާރު ފޯވާޑް، ޖެނިފާ ހާމޯސޯ ވެސް ވަނީ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ޓީމާ ވަކިވެފަ އެވެ.

ފިންލެންޑާއި ސްޕެއިންގެ އިތުރުން އަންހެން ޔޫރޯގެ ގްރޫޕް ބީގައި އޮތީ ޖަރުމަނާއި ޑެންމާކް އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާރޭ، މުބާރާތް ހޯސްޓްކުރާ ޓީމު ކަމަށްވާ، އިންގްލެންޑުން ނުކުންނާނީއޮސްޓްރިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox