"ހުރާކޮޅު ރާޅުގަނޑު" ގައި ވެސް ކާމިޔާބު; އަންމަޑޭ ރާއްޖޭގެ އެއް ވަނަ އަށް

Jul 5, 2022, 8:32 PM
ގައުމީ މުބާރާތުގެ ތެރެއިން އައްމަޑޭ: އޭނާ ވަނީ ގައުމީ ސާފް ލީގުގެ އެންމެ ފަހުން ބޭއްވި ދެ މުބާރާތް ކާމިޔާބުކޮށްފައި.

ގައުމީ މުބާރާތުގެ ތެރެއިން އައްމަޑޭ: އޭނާ ވަނީ ގައުމީ ސާފް ލީގުގެ އެންމެ ފަހުން ބޭއްވި ދެ މުބާރާތް ކާމިޔާބުކޮށްފައި.

ގައުމީ ސާފިން ލީގުގެ ތިން ވަނަ މުބާރާތް ކަމަށްވާ "ހުރާކޮޅު ރާޅުގަނޑު" ވެސް ކާމިޔާބުކޮށް، ކ. ތުލުސްދޫ އަށް އުފަން ކުޅަދާނަ، ސާފަރު، އަހުމަދު އާގިލް (އައްމަޑޭ) ރާއްޖޭގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު މާލޭގައި ބޭއްވި ގައުމީ ސާފިން މުބާރާތުން އައްމަޑޭ ދިޔައީ ދެ ވަނަ އެވެ. އޭގެ ފަހުން ފެބްރުއަރީ މަހު ގދ. ގައްދޫގައި ބޭއްވި ގައުމީ ސާފް ލީގު ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ 2022" ގައި އެހާ ބޮޑަށް އައްމަޑޭގެ ވާހަކަ ނުދެކެވުނު ނަމަވެސް އެ މުބާރާތަށް ފަހު އޭނާގެ އެނބުރި އައުން މި ފެންނަނީ ވަރަށް ވަރުގަދަ ކޮށެވެ.

މިދިޔަ މެއި މަހު މ. މުލީގައި ބޭއްވި "މުލީކޮޅު ރާޅުގަނޑު"ގެ ޗެމްޕިއަންކަން ހޯދައި، އައްމަޑޭ ފިޔަވަޅެއް ކުރިއަށް އެޅި އެވެ. ސާފް ލީގުގެ ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އައްމަޑޭ، ދެން ކުރިއަށް ވިސްނައި، ލީގުގައި ކުރިއަށްދާން ކުރާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ މިއަދު ރ. ކިނޮޅަހުގައި ނިމުނު، "ހުރާކޮޅު ރާޅުގަނޑު" ގެ ޗެމްޕިއަންކަން ވެސް ހޯދައި، ރޭންކިން ކުރިއަށް ޖެހިލުމުންނެވެ.

"ހުރާކޮޅު ރާޅުގަނޑު"ގެ ފައިނަލްގައި އައްމަޑޭ ވާދަކުރީ ޖޫނިއާ ޗެމްޕިއަން ޝާނިފް ޝަފީގްއާ އެވެ. ޖޫނިއާ ކުޅުންތެރިއަކާ އޯޕަން ބައިގައި ވާދަކުރަން ޖެހުނަސް އައްމަޑޭ އަށް މި ފައިނަލް ހީޓް ވީ ފަސޭހަ ޗެލެންޖަކަށް ނޫނެވެ. ގިނަ ބަޔެއްގެ ކުރިމަތީގައި ކުރިއަށްދިޔަ ފައިނަލް ހީޓުގެ ފޯރި ވެސް ފެނުނީ ގަދަ ކޮށެވެ.

އައްމަޑޭ ފައިނަލުގައި 10 ރާޅާ އެޅިއިރު، ޖުމްލަ ސްކޯ އަކީ 12.93 ޕޮއިންޓެވެ. އައްމަޑޭ އަށް ވުރެ އެއް ރާޅު މަދުން އެޅި ޝާނިފް ވެސް ޖުމްލަކޮށް ބަލާއިރު، ޖޫނިއާ ލެވަލްގެ ސާފަރަކާ ބަލާއިރު ފެނުނީ ހިތްވަރު ގަދަކޮށެވެ.

ރާޅާ އެޅުންތެރިން އުފެދެމުން އަންނަ ރަށެއް ކަމަށްވާ، މ. މުއްޔަށް ނިސްބަތްވާ ޝާނިފްގެ ޖުމްލަ ސްކޯ އަކީ 9.03 ޕޮއިންޓެވެ. ޝާނިފް އަކީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ވެސް ޖޫނިއާ ޗެމްޕިއަން އެވެ. މި ފަހަރު އޭނާ ޖޫނިއާ ބައިގެ ޝަރަފްވެރި އެއް ވަނަ ހޯދީ ފައިނަލް ހީޓުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީގެ މައްޗަށް ކުރިހޯދައިގެންނެވެ.

މުޅިން ރާއްޖެ އަށް ފުޅާކޮށްގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން، ދިވެހި ސާފް ލީގު ކުރިއަށްގެންދާއިރު، ދެން ބާކީ އޮތީ ދެ މުބާރާތެވެ. އެ ގޮތުން ދެން ކުރިއަށް އޮތީ އަންނަ އޮކްޓޫބަރު މަހު ކ. ހިންމަފުށީގައި ބާއްވާ މުބާރާތެވެ. ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭގައި އޮންނާނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ސާފިން އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox