ހުލާސާކޮށް އިއްޔެ: އާމްދަނީ އިތުރުކުރަން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރާން ނިންމިކަން ހާމަކުރުން

ފިނޭންސް މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އަމީރު

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް ހާމަކުރެއްވީ އިއްޔެ އެވެ.

ރާއްޖޭގެ އިގުތިސޯދީ ހަލާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތުން ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް، ރަޝިއާ-ޔޫކްރޭނު ހަނގުރާމަ އާއެކު ދުނިޔޭގެ ބާޒާރުގައި މުދަލާއި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ.

"ގޮދަން ފަދަ ކޮމޯޑިޓީ ފުޑް ޕްރައިސަސް ވަރަށް ބޮޑަށް އުފުލިފައިމިވަނީ. އެހެންވީމާ ހުރިހާ އެއްޗެއް އިމްޕޯޓް ކުރާ ރާއްޖެ ފަދަ ގައުމަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މުދަލާއި ތަކެތީގެ އަގު ނޫނީ އިންފްލޭޝަން އެ މިންވަރަށް މަތިވަމުން ނުދަނީ، ތެލާއި ކާޑު ފަދަ ތަކެތިން ރައްޔިތުންނަށް ސަބްސިޑީ ދެމުންދާތީ އެވެ.

ދުނިޔޭގެ އަގުތައް މަތިވުމުގެ މައިގަނޑު ސަބްސިޑީގެ ސިފައިގައި ސީދާ ދައުލަތުން އުފުލުމުގެ ނަތީޖާއަކީ ބަޖެޓު ކުރި މިންވަރަށް ވުރެ އެތައް ގުނައެއް ރިކަރެންޓު ހަރަދު އިތުރުވެގެން ދިޔުން ކަން އަމީރު ފާހަގަކުރެއްވި އެވެ.

މިގޮތުން، ރައްޔިތުންނަށް ތެލާއި ކަރަންޓު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް، ތެލުގެ ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ހިމެނީ 343 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް، މިއަހަރުގެ ފުރަތަމަ ހަ މަހަށް 910 މިލިއަން ހަރަދުވެފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

އެއާއެކު އަމީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓު ރޭޓުތައް މަތިވުމުގެ ސަބަބުން، އަގުބޮޑުކޮށް ދަރަނި ނަގައިގެން މިއަހަރުގެ ޑެފިސިޓް ބަޖެޓު ފޫއްބެއްދުމަކީ ދެކޮޅު ޖެހޭނެ ކަމަކަށް ނުވާތީ، އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފަ އެވެ.

މިހާރުގެ ހާލަތާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން، ހަ ޕަސަންޓުގެ ކަރެކްޝަނެއް ބޭނުންވާއިރު، އާމްދަނީ އިތުރުކުރެވޭނެ މަގެއް ނުހޯދައި، ހަމައެކަނި ހަރަދުތައް ކުޑަކޮށްގެން ނުފުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މިހާރު ވެސް އަންގާފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު މިއަދު ވަނީ ޓެކްސް ބޮޑުކުރަން ނިންމާފައިވާ އަދަދު ވެސް ފުރަތަމަ ފަހަރަށް ރަސްމީކޮށް ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑުމެން މި މަޝްވަރާކުރަނީ ޓީޖެސްޓީ ހަތަރު ޕަސަންޓުން އިތުރުކުރަން އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރުން. މިއާއެކު ހަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީއަށް ރިފޯމްތަކެއް ވެސް ގެންނާނަން. އަދި ސަރުކާރު ކުންފުނިތައް ހިންގުން ވެސް ސަރުކާރަށް ބަރޯސާނުވާ ގޮތަށް ބަދަލުކުރާނަން،" އަމީރު އިއްޔެ ވިދާޅުވި އެވެ.

ޓީޖީއެސްޓީ ބޮޑުކުރަން ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި އަހަރެއްހާ ދުވަހުގެ މުއްދަތެއް ދޭން ވަނީ އެދިފަ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރާތް ކުރައްވައި، ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ އެ ދާރިއާގެ އެކި ފަރާތްތަކުން އެއް އަހަރާއި ދެ އަހަރުގެ މުއްދަތެއް ދޭން އެދިފައިވާ ކަމަށެވެ.

ނަމަވެސް، ސަރުކާރުގެ ވިސްނުމަކީ ޓެކްސް ބޮޑުކުރަން ގިނަވެގެން ހަ މަސް ދުވަހުގެ މުއްދަތެއް ދިނުން ކަމަށް އޭނާ އިއްޔެ ހާމަކުރެއްވި އެވެ.

ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑުކުރުމާ ގުޅޭގޮތުން އޮތް ކަންބޮޑުވުމަށް ވެސް ސަރުވަޝް ޖަވާބު ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގެ އިންފްލޭޝަން ހުރީ ގާތްގަނޑަކަށް ތިން ޕަސަންޓުގައި ކަމަށާއި، ޓެކްސް ބޮޑު ކުރުމުގެ ސީދާ އަސަރު އިންފްލޭޝަނަށް ކުރާނީ ގިނަވެގެން އެއް ޕަސަންޓު ކަމަށް ލަފާކުރެވެ އެވެ.

"އަޅުގަނޑުމެން މިދަނީ އައިއެމްއެފްއާ ގުޅިގެން މީޑިއަމް ޓާމު ރެވެނިއު ސްޓްރެޓަޖީއެއް އެކުލަވާލަމުން. އެ ސްޓްރެޓަޖީ މިއަހަރު ފަހުކޮޅު އާންމުކުރެވޭނެ ކަމަށް މިބަލަނީ. އޭރުން ހަރަދުތަކަށް ބޭނުންވާ ފައިސާ މޮބިލައިޒް ކުރާނީ ކިހިނެއްތޯ އެނގިގެންދާނެ،" ސަރުވަޝް އިއްޔެ ވިދާޅުވި އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ފަދަ ރިގްރެސިވް ޓެކްސްގެ އިތުރުން އިންކަމް ޓެކްސް ފަދަ ޕްރޮގްރެސިވް ޓެކްސްތަކަށް ވެސް ބަދަލުގެންނަން، އެކުލަވާލެވޭ އެ ސްޓްރެޓަޖީގެ އަލީގައި ދިރާސާތައް ކުރެވޭނެ ކަމަށާއި، އަދި 11 އަހަރުވީ ޓެކްސްގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަންކަން ވެސް ކުރެވޭނެ ކަން ވެސް އޭނާ އިއްޔެ ހާމަކުރެއްވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖެޓް ފިއުލް ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ޖެހުނީ ސްރީލަންކާއިން ތެޔޮ ހުސްވެ ރާއްޖޭގެ ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން ތެޔޮ ގަންނަމުން ދިޔަ ވަރު ކުއްލިއަކަށް އިތުރުވުމުން ކަމަށް އެމްއޭސީއެލް އާއި އެސްޓީއޯއިން ބުނީ އިއްޔެ އެވެ.
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ދިވެހިރާއްޖޭގެ ވެރިކަން ހިންގާ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުފަތުރުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކުރީ އިއްޔެ އެވެ.
  • މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް 39 މިލިއަން ރުފިޔާގެ ބަޖެޓަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ހުށަހެޅި ނަމަވެސް އެ އަގުގައި ފެންވަރު ރަނގަޅު ތާރާއެކު މަގު ނުހެދޭނެ ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރައްވާނެކަން ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ:

އަޅުގަނޑުމެން އޭރު އަންދާޒާ ކުރި ހާލަތު މުޅީން ބަދަލުވެފައި މިއޮތީ. ޓޫރިސްޓުން އައުން އިތުރުވިޔަސް ހަރަދުތައް ދެމެހެއްޓެނެވި ގޮތެއްގައި ހިފަހައްޓަން ސިޔާސަތުތަކެއް އެބަ އެކުލަވާލަންޖެހޭ. ރިހޭ ފައި މައްޗަށް ފޮއި މި ވެއްޓުނީ،

ދުވަހުގެ ފޮޓޯ

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައި ގޮތް ނޭނގޭ އެއްޗެއް އޮތް ކަމަށް މީހަކު ކުރި ރިޕޯޓަކާއެކު އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ. އެތަން ބަންދުކޮށް ބޮމް ސްކޮޑު ހިމެނޭހެން ބެލި ބެލުމުން އެއްވެސް އެއްޗެއް ފެނިފައި ނުވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައި ގޮތް ނޭނގޭ އެއްޗެއް އޮތް ކަމަށް މީހަކު ކުރި ރިޕޯޓަކާއެކު އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ. އެތަން ބަންދުކޮށް ބޮމް ސްކޮޑު ހިމެނޭހެން ބެލި ބެލުމުން އެއްވެސް އެއްޗެއް ފެނިފައި ނުވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައި ގޮތް ނޭނގޭ އެއްޗެއް އޮތް ކަމަށް މީހަކު ކުރި ރިޕޯޓަކާއެކު އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ. އެތަން ބަންދުކޮށް ބޮމް ސްކޮޑު ހިމެނޭހެން ބެލި ބެލުމުން އެއްވެސް އެއްޗެއް ފެނިފައި ނުވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox