މާލޭ އާދައިގެ މީހުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭ ޒާތުގެ މައްސަލަތައް މަޖިލީހަށް ހުށަނޭޅުމަށް އެދިއްޖެ

Jul 5, 2022, 3:59 PM
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް: މާލެ ސަރަހައްދުން ގޯތި ދޫކުރުމާ ދެކޮޅަށް އެއްވެސް މައްސަލައެއް މަޖިލީހަށް ނުވައްދަން އެދުނު

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް: މާލެ ސަރަހައްދުން ގޯތި ދޫކުރުމާ ދެކޮޅަށް އެއްވެސް މައްސަލައެއް މަޖިލީހަށް ނުވައްދަން އެދުނު

މާލެ ސަރަަހައްދުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ފަށާފައިވާ މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މަޖިލީހަށް މައްސަަލަ ހުށަނޭޅުމަށް ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ދާއިރާއެއް ކަމުގައިވާ ގަލޮޅު ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު މީކާއީލް އަހްމަދު ނަސީމް އެދިވަޑައިގެންފި އެވެ.

"ބިންވެރިޔާ-ގެދޮރުވެރިޔާ" ގެ ނަމުގައި މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެހެންނަމަވެސް ގޯތި ދިނުމާމެދު، ބައެއް މީހުން އަންނަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވެސް ވަނީ އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެ މަޖިލީހަށް އޭގެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

"ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތުގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގުހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން," ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރު ސިރާޖް ހުށަހަޅުއްވާފައިވާ މައްސަލާގައިވެ އެވެ.

މި ސިޓީގެ ފޮޓޯއަކާއެކު ސިރާޖް ކުރައްވާފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވައި މީކާއީލް ލިޔުއްވާފައިވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލެ ސަރަހައްދުން ދިން 250 ގޯތި ފިޔަވައި، ފާއިތުވެދިޔަ 40 އަހަރު ވެސް މާލޭގެ ރައްޔިތަކަށް ގޯތި ދޫކޮށްފައި ނުވާ ކަމަށެވެ.

"މާލޭގެ ރައްޔިތުން މި މަޝްރޫއަށް އިންތިޒާރު ކުރަމުން އަންނަތާ އެތައް، އެތައް އަހަރެއް. އެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނޭ އެއްވެސްކަމެއް ނުކުރުމަށް ވަރަށް އިހްތިރާމާއިއެކު ދަންނަވަން،" އެމްޑީޕީގެ މެންބަރު މީކާއީލް ކުރައްވާފައިވާ ޓްވީޓްގައިވެ އެވެ.

މީކާއީލް ވިދާޅުވީ މާލެ ސަރަހައްދުން ފެންނަ އުސް އިމާރާތްތަކުގެ މިލްކުވެރިންނަކީ މާލޭގެ މަދު އާއިލާތަކެއް ކަމަށެވެ. އާއިލާގެ ވާރުތައިން ވެސް މާލޭ ބިމަކުން ޖާގައެއް ނުލިބި ނުވަތަ ކުދިކުދި ތަންތަނުގައި ދިރިއުޅޭ ވަރަށް އާދައިގެ މީހުން މާލޭގައި ގިނަ ކަމަށް މިކާއީލް ވިދާޅުވި އެވެ.

"މުނިމާމަ ކާފަގެ ގޯތި ފޮތިފޮތި ކުރަމުން ގޮސް، އަށް ފޫޓު 10 ފޫޓު ކޮޓަރީގައި ކުރު އަތް މައްޗަށް ބޯލައިގެން ތިން ހަތަރު މީހުނާ އެކު ނިދާ، މާލޭ މީހުން މަދެއް ނޫން، އުސް އިމާރާތްތައް ނިސްބަތް ވަނީ މާލޭގެ މަދު، މުއްސަނދި އާއިލާތަކަށް؛ އެއީ މާލޭގެ އަގުލަބިއްޔަތުގެ ހާލަތެއް ނޫން،"

މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިދިޔަ އޭޕްރިލް މަހު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

އެގޮތުން، ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް އެ ދުވަހު އިއުލާނުކުރެއްވި އެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox