އިންވެސްޓު ކުރި ފަރާތްތަކުގެ ފައިސާ "ގެއްލިއްޖެ": ކިންގްސް

ކިންގްސް ފޮރެކްސްގެ ޗެއާމަން އަލްހާން ފަހުމީ: އިންވެސްޓަރުންނަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ގެއްލިފައި-- އަދަދު ފައިލް ފޮޓޯ

ކިންގްސް ފޮރެކްސްގެ ޗެއާމަން އަލްހާން ފަހުމީ: އިންވެސްޓަރުންނަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ގެއްލިފައި-- އަދަދު ފައިލް ފޮޓޯ

ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައި ހިންގި ކިންގްސް ފޮރެކްސްގައި އިންވްޓުކުރި ފަރާތްތަކުގެ އެތައް މިލިއަން ރުފިޔާ އެއް "ގެއްލިއްޖެ" ކަމަށް، ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނުސީދާކޮށް ކިންގްސް ފޮރެކްސް އާ ދެކޮޅަށް ބަޔާން ނެރެ، ބީއެމްއެލްގައި ހުޅުވާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓްތައް ފްރީޒް ކުރީ، ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ.

މާޗު މަހު އެ ފިޔަވަޅު އެޅި ފަހުން ކިންގްސް ފޮރެކްސް އިން އިންވެސްޓަރުންނަށް ފައިސާ ދޫކޮށްފަ އެއް ނުވެ އެވެ. އެ ސްކީމުގައި ފަންސާސް މިލިއަނަށް ވުރެ ގިނަ ރުފިޔާ 1،600 އަށްވުރެ ގިނަފަރާތުން އިންވެސްޓު ކޮށްފައިވާ ކަމަށް ބެލެވެ އެވެ.

މީގެ އެއް ދުވަސް ކުރިން ކިންގްސްގެ ޓެލެގްރާމް ގްރޫޕުގައި ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އަގުވެއްޓޭ ގޮތަށް ޖިނާއީ ތުހުމަތުކޮށް، ފުލުހަށް މަނީ ލޯންޑަރިންގެ މައްސަލައެއް ވައްދާ، "ކުރި ގާނޫނާ ހިލާފު ކަންކަމުގެ ސަބަބުން" ވިޔަފާރި ހުއްޓި އޮންލައިންކޮށް ކޮށްފައި ހުރި އިންވެސްޓްމަންޓްތައް ހުއްޓި، އެފިލިއޭޓް ޓްރޭޑިން ޕާޓްނަރުގެ އެފިލިއޭޝަން ކެންސަލްވެ ވެފައިވާ ކަމަށެވެ.

".... ކުންފުނިން ޓްރޭޑްކުރަން ބޭނުންކުރި އެކައުންޓްތައް ވެސް ބަންދުވެ، ވިޔަފާރި އެކީ ހުއްޓި މިކުންފުންޏަށް ވަނީ އެތައް މިލިޔަން ރުފިޔާ, މިކުންފުނީގެ ޒިންމާގައި ހުރި ތިޔަ ބެފުޅުންގެ ފައިސާ, ގެއްލި ނުހަނު ބޮޑު ގެއްލުންވެފަ،" ކިންގްސް ގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކިންގްސް އިން ކުރިން ބުނެފައި ވަނީ އިންވެސްޓަރުންނަށް ފައިސާ އަނބުރާ ދޭނެ ގޮތްތަކެއް ޖުލައި މަހުގެ ތެރޭގައި ހަމަޖައްސާނެ ކަމަށެވެ. އަދި މިފަހަރުގެ ބަޔާނުގައި ވެސް އެ ޔަގީންކަން ދީފައިވެ އެވެ.

ކިންގްސް ފޮރެކްސްގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އަލްހާން ފަހުމީ އާ ގުޅުން ހުރި އިތުރު މައްސަލަ އެއްގައި އޭނާ އާއި އޭނާގެ އާއިލާ އިތުރު ތިން މީހަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ ކަމަށް ބޭންކުން ބުނާ 6.4 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ދެއްކުމަށް މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ވަނީ ހުކުން ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox