ޕީއެސްޖީގެ ކޯޗަކަށް ގަލްޓިއޭ ހަމަޖައްސަނީ: ރިޕޯޓް

Jul 5, 2022, 3:27 AM
ޕީއެސްޖީގެ ކޯޗަކަށް ގަލްޓިއޭ ހަމަޖައްސަނީ: ރިޕޯޓް

ޕެރިސް (ޖުލައި 5) - ފްރާންސްގެ ޕީއެސްޖީގެ ކޯޗަކަށް ކްރިސްޓޮފް ގަލްޓިއޭ ހަމަޖައްސައި، އެކަން އިއުލާނު ކުރުމަށް ޕީއެސްޖީން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ޕީއެސްޖީން ވަނީ މިއަދަށް ނޫސްވެރިންގެ ބައްދަލުވުމެއް ތާވަލްކޮށްފަ އެވެ. މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ޕީއެސްޖީން ނުދިން ނަމަވެސް، މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިއީ ގަލްޓިއޭ ،55، އެ ކްލަބާ ގުޅުނުކަން އިއުލާންކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.

އޭއެފްޕީން ސުވާލުކުރުމުން ވެސް، ޕީއެސްޖީން ގަލްޓިއޭ އެ ކްލަބާ ގުޅުނުކަން ކަށަވަރެއް ނުކޮށްދިނެވެ. އެހެން ނަމަވެސް، ޕީއެސްޖީ އޮފީހަށް ގަލްޓިއޭ ވަންނަނިކޮށް ފެންނަ ވީޑިއޯއެއް ފްރާންސްގެ ބައެއް މީޑިއާތަކުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ޕީއެސްޖީން އާ ކޯޗެއް ހޯދަން މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް، އެ ކްލަބުގެ ކޯޗަކަށް ހުރި، އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނިއޯ އާއި އޭނައާއެކު ތިބި ކޯޗިން ސްޓާފުން ކޮންޓުރެކްޓްގައި ތިބުމުން ވަކި ގޮތެއް އޮތީ ނުނިމި އެވެ.

ޕީއެސްޖީގައި 18 މަސް ދުވަސް ހޭދަކުުރުމަށް ފަހު، ޕޮޗެޓީނޯ އެ ކްލަބުން ވަކިވާކަން މިހާރު އޮތީ ކަށަވަރުވެފަ އެވެ. ޕީއެސްޖީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކުރަން ނިންމާފައިވާއިރު، އޭނާގެ ކޮންޓްރެކްޓްގައިވާ ބާކީ މުއްދަތަށް 21 މިލިއަން ޑޮލަރު ޕީއެސްޖީން ދައްކަން ޖެހޭނެ އެވެ. މިއީ ކޯޗިން ސްޓާފުންނާ އެކު ދައްކާ އަދަދެކެވެ.

އެންމެ ފަހުން ފްރާންސްގެ ނީސްގެ ކޯޗަކަށްހުރި ގަލްޓިއޭ އަކީ ފްރާންސްގެ ކްލަބު ފުޓްބޯޅައިގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ނަމެކެވެ. ގަލްޓިއޭ ވަނީ ސެއިންޓް އެޓިއެން އާއި ލިލް އަށް ވެސް ކޯޗުކޮށްދީފަ އެވެ.

ލިލްއާ އެކު ގަލްޓިއޭ ވަނީ 2021 ވަނަ އަހަރު ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގަލްޓިއޭ އަށް އިނގިރޭސި ކްލަބްތަކުގެ ހުށަހެޅުންތަކެއް ލިބުނު ނަމަވެސް އޭނާ ފްރާންސް ފުޓްބޯޅައިގައި މަސައްކަތްކުރަން ބޭނުންވާތީ މަޑުކުރީ އެވެ.

ޕީއެސްޖީގެ ކޯޗަކަށް ގަލްޓިއޭ ހަމަޖެއްސުމަކީ، ބައެއް ފަރާތްތަކަށް ހައިރާންކަމެއް ލިބޭނެ ކަމެކެވެ. ގަލްޓިއޭ އަށް ވުރެ މަޝްހޫރު ކޯޗެއް ޕީއެސްޖީން ހަމަޖައްސާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެހެން ނަމަވެސް، ޕީއެސްޖީގެ ފުޓްބޯލް އެޑްވައިޒަރަކަށް ދާދި ފަހުން ހަމަޖެއްސި ލުއިސް ކެމްޕޯސް އަކީ ގަލްޓިއޭއާ އެކު ކުރިން ލިލްގައި މަސައްކަތްކުރި ފަރާތެކެވެ. ޕީއެސްޖީގެ ކޯޗަކަށް ގަލްޓިއޭ ހަމަޖެއްސުމުގައި، އެންމެ މުހިންމު ރޯލެއް އަދާކުރީ ކަމްޕޯސްކަމަށް ގަބޫލްކުރެވެ އެވެ.

ޕީއެސްޖީގެ ކޯޗުކަމަށް ޒިނެދިން ޒިދާން ގެންނަން ކުރި މަސައްކަތް ކާމިޔާބުނުވާނެ ކަމަށް ބެލެވެނީ ފްރާންސް ގައުމީ ޓީމާ ހަވާލުވާން އޭނާ މާ ބޮޑަށް ބޭނުންވެފައި ހުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox