ތެޔޮ ހުސްވެ ސްރީލަންކާގެ އާއްމު ދަތުރުފަތުރު ހުއްޓުމަކަށް

ސްރީލަންކާގެ ޕެޓްރޯލް ކިޔޫއެއް. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ޕެޓްރޯލް ކިޔޫއެއް. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގައި މިހާރު ހުރީ އެންމެ ދުވަހަކަށް ފުދޭ ވަރަށް ވުރެ ވެސް މަދު ތެޔޮ ކަމަށް ހަކަތައާ ބެހޭ މިނިސްޓަރު އާދީއްތަަ ދުވަހު ވިދާޅުވި އިރު، އާއްމު ދަތުރުފަތުރު ހުއްޓުމަކަށް އައިސްފި އެވެ.

ޕެޓްރޯލާއި ޑީސެލް ބޭނުންވާ އުޅނދުތަކުގެ ކިޔޫ ވެރިރަށް ކޮލޮމްބޯގައި އެތައް ކިލޯމީޓަރަކަށް ފެތުރިފައިވާ އިރު، ގިނަ ޕަމްޕް ސްޓޭޝަންތަކުން ތެޔޮ ހުސްވިތާ ދުވަަސްތަކެއް ވެއްޖެ އެވެ.

ހަކަތައާ ބެހޭ މިނިސްޓަރު ކަންޗަަނާ ވިޖެސޭކަރަ ވިދާޅުވީ ޕެޓްރޯލް ރިޒާާވްގައި ހުރީ 4،000 ޓަން ކަމަށެވެ. އެއީ އެންމެ ދުވަހަކަށް ފުދޭ ވަރަށް ވުރެ ވެސް މަދެވެ.

Advertisement

"އާ ޝިޕްމަންޓެއް އަންނާނެ ކަމަށް ބެލެވެނީ ޖުލައި 22 ނުވަތަ 23 ގައި،" ވިޖެސޭކަރަ ނޫސްވެރިންނަށް ވިދާޅުވި އެވެ.

"ސަަޕްލަޔަރުންނާ ވާހަކަ ދައްކައިފިން، އެކަމަކު ޖުލައި 22 ގެ ކުރިން އާ ސަޕްލައި އަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް."

މިދިޔަ ހަފްތާގައި ސްރީލަންކާއިން ވަނީ ދެ ހަފްތާއަށް އާއްމުންނަށް ތެޔޮ ވިއްކުން މެދުކަނޑާލާފަ އެވެ. އެއީ ޒަރޫރީ ހިދުމަތްތަކަށް ތެޔޮ ރައްކާ ކުރުމުގެ ގޮތުންނެވެ.

އާދީއްތަ ދުވަހު ގިނަ ފިހާރަތައް ބަންދުކޮށްފަައި ހުރި އިރު، ހޯމަ ދުވަހު ބޭންކްތަކާއި އޮފީސްތައް ހުޅުވުމުން ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ.

އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރެވޭނެ ގޮތެއް ނެތި ބަސްތަކާއި ރޭލުތަކުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން އުފުލާތާ މިހާރު ވެސް ދުވަސްތަކެއް ވެއްޖެ އެވެ.

ޕްރައިވެޓް ބަސްތައް ދުއްވުން ވަރަށް ބޮޑަަށް މަދުވެފަައިވާ އިރު، ހޯމަ ދުވަހުން ފެށިގެން އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމަށް ކުންފުނިތަކުން ބުނެ އެވެ.

އޭގެ އިތުރުން ޓުކްޓުކްތައް ވެސް ޕެޓްރޯލް ކިޔުގައި ފުނިޖެހިފައި ވާތީ، ދަތުރު ކުރުމަށް ޓުކްޓުކެއް ވެސް ނުލިބޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޒަރޫރީ ނޫން ސަރުކާރުގެ ހިދުމަތްދޭ ތަންތަނާއި ސްކޫލްތައް ޖުލައި 10 އާ ހަމައަށް ބަންދުކޮށްފައިވާ އިރު، ޕެޓްރޯލް ސްޓޭޝަންތަކުގައި ދޭތެރެ ދޭތެރެއިން ދަނީ ހަމަނުޖެހުން ހިނގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox