ސިޑްނީގެ އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ވާން އަންގައިފި

ސިޑްނީގައި ފެންބޮޑުވެފައި އޮތް ހިސާބަކު މީހަކު ސަލާމަތްކޮށްގެން ގެންދަނީ. -- ފޮޓޯ: ނިއު ސައުތު ވޭލްސް ސްޓޭޓް އެމެޖެންސީ ސާވިސް ކޮގާރާ ޔުނިޓް/ ފޭސްބުކް

ސިޑްނީގައި ފެންބޮޑުވެފައި އޮތް ހިސާބަކު މީހަކު ސަލާމަތްކޮށްގެން ގެންދަނީ. -- ފޮޓޯ: ނިއު ސައުތު ވޭލްސް ސްޓޭޓް އެމެޖެންސީ ސާވިސް ކޮގާރާ ޔުނިޓް/ ފޭސްބުކް

އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ، ސިޑްނީގެ ހުޅަނގު ދެކުނުގައި ފުރާނަައަށް ނުރައްކާވާ މިންވަރަށް ފެންބޮޑުވެދާނެތީ، އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ވާން އަންގައިފި އެވެ.

ނިއު ސައުތު ވޭލްސް ސްޓޭޓުގެ އިރުމަތީ އައްސޭރިފަށުގައި ނިއުކާސްލްއިން ފެށިގެން ބޭޓްމޭންސް ބޭޒް ސަރަހައްދާ ހަމައަށް ބޯކޮށް ވާރޭވެހި، ކޯރުތައް ބަންޑުންވެ، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ނުރައްކާ ވަަނީ ބޮޑުވެފަ އެވެ. ބެލެވޭ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ އިތުރަށް މޫސުން ގޯސްވާނެ އެވެ.

ނިއު ސައުތު ވޭލްސްގެ އެމެޖެންސީ ހިދުމަތްތަކާ ބެހޭ މިނިސްޓަރު ސްޓެފް ކުކް ވިދާޅުވީ ހާލަތު ދަނީ ވަރަށް އަވަހަށް ބަދަލުވަމުން ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ފެންބޮޑުނުވާ ހިސާބުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

Advertisement

"މިއީ ފުރާނައަށް ނުރައްކާ އޮތް، ކުއްލި ހާލަތެއް،" ކުކް ވިދާޅުވި އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ބައެއް ހިސާބުތަކަށް 350 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށާއި ނެޕިއަން އަދި ހޯކްސްބަރީ ކޯރުތައް ކައިރީގައި ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

ސިޑްނީގެ ހުޅަނގު ދެކުނުގައި އޮންނަ ކެމްޑެން އަަވަށް އޮތީ ފެނު އަޑީގައި ކަމަަށާއި ނޯތު ރިޗްމަންޑް އަދި ވިންޑްސާގައި ވެސް ފަހުގެ ތާރީހުގައި ފެންބޮޑުނުވާ މިންވަރަަށް ބޮޑުވާނެ ކަމަަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެހީއަށް އެދި 2000 އަށް ވުރެ ގިނަ ކޯލް އެމެޖެންސީ ހިދުމަތްތަކަަށް ލިބިފައިވާ އިރު، ފެންގަނޑުގެ ތެރެއިން 29 މީހުން ސަލާމަތްކޮށްފައިވެ އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އެހީވުމަށް ނިއު ސަައުތު ވޭލްސްއަށް ދެ ހެލިކޮޕްޓަރާއި 100 ސިފައިން ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox