އުދައިގެ ސަބަބުން ބަލިތައް ގިނަވެދާނެތީ ސަމާލުވާން އިލްތިމާސްކޮށްފި

ގދ. މަޑަވެއްޔަށް އުދަ އަރާފައި: އުދައިގެ ސަބަބުން ބަލިތައް ގިނަވެދާނެތީ ސަމާލުވުމަސް ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައި

ގދ. މަޑަވެއްޔަށް އުދަ އަރާފައި: އުދައިގެ ސަބަބުން ބަލިތައް ގިނަވެދާނެތީ ސަމާލުވުމަސް ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައި

ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް އުދަ އެރުމުގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް ގިނަވެދަނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީގެ ޓްވިޓާގައި ވަނީ، ގައިން ގަޔަށް އަރާ ބަލިތައް ގިނަވެދަނެތީ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ހިއްސާކޮށް ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ އުދަ އެރުމުގެ ސަބަބުން ރަށު ތެރޭގައި ފެން ހެދި، އެންމެ އާންމުކޮށް ގިނަވެދާނެފަދަ ގައިން ގަޔަށް އަރާ ބައްޔަކީ ބޭރަށް ހިންގުން ކަމަށެވެ.

ބޭރަށްހިންގުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ކެއިން ބުއިމުގައި ސާފު ބޯފެން ބޭނުންކުރުން
  • ކައްކާ ހިހޫކޮށްފައި ހުންނަ ބޯފެން ބޭނުން ކުރުން
  • ކެއުމުގެ ކުރިންނާއި ފަހުންވެސް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން
  • ކެއުމަށް ބޭނުންކުރާ ތަށި ސަމުސާ ރަނގަޅަށް ދޮވެފައި ބޭނުންކުރުން
  • ބޭރަށްހިންގާނަމަ ލޮނުޕެކެޓް ބޭނުން ކުރުން

މިއާއެކު ޑރ. މުހައްމަދު އަލީ ވަނީ ލޮނު ޕެކެޓު ތައްޔަރުކުރާނެ ގޮތުގެ އިރުޝާދު ވެސް ހިއްސާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ލޮނު ޕެކެޓު ތައްޔާރުކުރަން ވާނީ ކައްކާ ހިހޫކޮށްފައި ހުންނަ އެއް ލީޓަރުގެ ފެނަށް އެއް ޕެކެޓް އަޅައިގެން ކަމަށެވެ. އަދި ލޮނުޕެކެޓް ތައްޔާރު ކުރާތާ 24 ގަޑިއިރުތެރޭ ހުސްނުވާ ބައި އުކާލުމަށްފަހު އަލުން ތައްޔާރު ކުރުމަށް ވެސް އޭނާ އިރުޝާދު ދެއްވި އެވެ.

ޑރ. މުހައްމަދު އަލީ އިތުރަށް ވިދާޅުވީ ހޮޑުލެވޭނަމަ އެންމެ ފުރަތަމަ ބޭނުން ކުރާންވީ ހޮޑު މަނާކުރާބޭސް ކަމަށާއި ލޮނުޕެކެޓު ބޭނުންކުރަން ފަށާނީ ބޭސް ބޭނުންކުރަތާ 30 މިނިޓް ތެރޭގައި ކަމަށެވެ. އަދި ހޮޑު މަނާކުރާ ބޭސް ބޭނުން ކުރާތާ 30 މިނިޓް ތެރޭގައި ހޮޑު ލެވިއްޖެނަމަ, ހަމަ ކުރިން ބޭސް ދިން ވަރަށް ހޮޑު މަނާކުރާ ބޭސް ބޭނުން ކުރުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފަ އެވެ.

މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ހޮޑުލައި ބޭރަށް ހިންގާ ދުވަސްވަރު، ކިރު އަޅާފައި ހުންނަ އެއްޗިހި ބޭނުންކުރުމުން ގިނައިން ބޭރަށްހިންގުން އެކަށީގެންވާ ކަމަށެވެ.

އުދައިގެ އަސަރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުދައިގެ އަސަރު 34 ރަށަކަށްކޮށް، 450 އަށް ވުރެ ގެއަކަށް ވަނީ ގެއްލުންވެފަ އެވެ.

ގެތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބައެއް އާއިލާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އެންޑީއެމްއޭއިން ބުނީ މިވަގުތު ތިން ރަށަކުން ހަ އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމުގައި އެބަތިބި ކަމަށެވެ. ހަމައެއާއެކު އިޖާބަ ދިނުމަށް ބޭނުންވާ ތަކެއްޗާއި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިންނާ ކައުންސިލް އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އުދަ އެރި ރަށްތަކުގެ ތެރެއިން، ހާލުގައި ޖެހުމުގެ ސަބަބުން އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދަނީ އައްޑުއާއި، ތ. ތިމަރަފުއްޓާއި، ގދ. މަޑަވެއްޔެވެ. މަޑަވެލީގެ ހަތަރު އާއިލާއެއް، ތިމަރަފުށީގެ އެއް އާއިލާ އަދި އައްޑޫގެ އެއް އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދަނީ އިއްޔެއިން ފެށިގެންނެވެ.

އުދައިގެ އަސަރު ގދ، ރަތަފަންދޫ 110 ގެއަކަށް ކޮށްފައިވާއިރު، ތ. މަޑިފުށީގެ 60 ގެއަށް، ތ. ކިނބިދޫގެ 58 ގެއަށް އަދި އައްޑޫ ސިޓީ މަރަދޫއާއި މަރަދޫފޭދޫގެ 80 ގެއަކަށް ވަނީ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox