ގަތަރު ވޯލްޑް ކަޕްގައި ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރާނެ

Jul 1, 2022, 1:39 PM
ފީފާގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ފީފާގެ ރައީސް އިންފަންޓީނޯ (ކ) އާއި ފީފާގެ ރެފްރީސް ހެޑް، ކޮލީނާ.-- ފޮޓޯ: އޭއެފްޕީ

ފީފާގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ފީފާގެ ރައީސް އިންފަންޓީނޯ (ކ) އާއި ފީފާގެ ރެފްރީސް ހެޑް، ކޮލީނާ.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (ޖުލައި 1) - ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ނިންމާފައިވާ ކަމަށް ފީފާ އިން އިއުލާނުކޮށްފި އެވެ.

ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ އެންމެ ފުރަތަމަ ޓެސްޓްކުރީ މިދިޔަ އޮކްޓޫބަރު މަހު ކުރިއަށްދިޔަ އަރަބް ކަޕްގަ އެވެ. އޭގެ ފަހުން މި އަހަރު ކުރީކޮޅުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ވަނީ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކޮށްފަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ އަކީ މިދިޔަ އަހަރުތަކުގައި ބޭނުންކުރަމުން އައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވިއޭއާރް) އަށް އިތުރު ފުރިހަަމަ ކަމެއް ގެނެސްދީ، ފުޓްބޯޅަ، ޒަމާނީ މޮޑެލަށް ބަދަލުކޮށްލަން ކުރެވޭ މަސައްކަތުގެ އަނެއް ހަރުފަތް ކަމަށެވެ.

"މިއީ ގިނަ ކަންތައްތަކެއް ދިރާސާކުރެވިގެން މިދިޔަ ތިން އަހަރު ތެރޭ އެކި ޓެސްޓިން މަރުހަލާ ވެސް ފުރިހަމަ ކޮށްފައި އައިސްފައި އޮތް ޓެކްނޮލޮޖީއެއް. މި ޓެކްނޮލޮޖީގެ އެހީ ހޯދައިގެން މި ފަހަރުގެ ވޯލްޑް ކަޕް ކުރިއަށްދިއުމަކީ ގަތަރަށް މެޗު ބަލަންދާ ސަޕޯޓަރުންނާއި ޓީވީ ކައިރީގައި މެޗު ބަލަން ތިބޭ ސަޕޯޓަރުންނަށް ވެސް ވަރަށް ފުރިހަމަ ތަޖުރިބާ އަކަށްވާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތަށް ބަލާއިރު، ބޯޅައިގައި އިންނަ ސެންސާ ޗިފް-ޑިވައިސް އެއް މެދުވެރިކޮށް، ކުޅުންތެރިއާ ބޯޅައިގައި ޖަހާ ސީދާ ވަގުތު ދެނެގަނެ، އެ ޑާޓާ ވަގުތުން ހިއްސާކުރާނީ ވީއޭއާރް ސިސްޓަމަަށެވެ. ވީއޭއާރް ސިސްޓަމަށް މައުލޫމާތު ލިބުނުހާ އަވަހަކަށް މެޗު ރެފްރީ އަށް ވީއޭއާރް ރޫމުން އެކަން އަންގާނެ އެވެ. މިއީ ގޯލް ލައިން ޓެކްނޮލޮޖީހާ ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެ ބަދަލެއް ކަމަށް ފީފާ އިން ގަބޫލުކުރެ އެވެ.

"މިއީ ވަރަށް މޮޅު، ތަފާތެއް ގެނުވާނެ ބަދަލެއް، އަހަރެމެން މި ތިބީ ތައްޔާރަށް،" ފީފާގެ ރެފްރީންގެ ކަންތައްތަކާ ބެހޭ އެންމެ މަތީ ފަރާތް، ކުރީގެ ކުޅަދާނަ ރެފްރީ، ޕިއެރްލުއީޖީ ކޮލީނާ ބުންޏެވެ.

ކޮލީނާ ބުނީ މީޑިއާގެ ޒަރިއްޔާ އިން އޭނާ އަށް ފެންނަ އަނެއް ކަމަކީ މުސްތަގުބަލުގައި "ރޮބޮޓް ރެފްރީ" އިން ފުޓްބޯޅައިން ފެނިދާނެ ކަމަށް ބުނެވޭ ވާހަަކަތައް ކަމަށެވެ. އެކަމަކު، އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ކަމެއް ނޫން ކަމަށާއި ފީފާއިން ދިރާސާ ކުރަމުން އަންނަ ކަންތައްތަކުގެ ތެރޭގައި ރޮބޮޓް ރެފްރީން ބޭނުން ކުރުން ނުހިމެނޭ ކަމަށެވެ.

ގަތަރު ވޯލްޑް ކަޕްގައި ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ތައްޔާރުވުމުގެ ގޮތުން މުބާރާތަށް ނެގި ރެފްރީން އެ ކަންކަމަށް އަހުލުވެރި ކުރުމުގެ ގޮތުން ސެމިނާތަކެއް ބާއްވާނެ އެވެ.

ވޯލްޑް ކަޕް ފަށާނީ މި އަހަރު ނޮވެމްބަރު މަހު 21 ވަނަ ދުވަހު ގަތަރުގެ ދޯހާގައި ނެދަލެންޑްސް އާއި ސެނެގާލް ބައްދަލުކުރާ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox