އަޅުގަނޑުގެ ކޮއްކޮ ދިފާއުކޮށް ލިބެންޖެހޭ އަދަބެއް ހުއްޓުވާކަށް ނޫޅެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި ކޮއްކޯފުޅު ނާޒިމް ސައްތާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި ކޮއްކޯފުޅު ނާޒިމް ސައްތާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ދިފާއުކޮށް ލިބެން ޖެހޭ އަދަބެއް ހުއްޓުވަން މަސައްކަތް ނުކުރައްވާ ކަމަށް ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ނާޒިމް ކަމަށް ބެލެވޭ މީހަކު އިތުރު ފިރިހެނަކާ އެކު އެއް ޖިންސުން ގުޅުން ހިންގައި ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެ މައްސަލައާއެކު ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަޖިލީހުގެ ރައީސްއަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އެ ވީޑިއޯއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެއްވެސް މީހަކަށް ދޭން ޖެހޭ ހައްގު އަދަބެއް ހުއްޓުވަން އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ.

"އެއް ގޮތަކަށް ވެސް އަޅުގަނޑުގެ ކޮއްކޮއަށް ލިބެން ޖެހޭ ހައްގު އަދަބެއް ނުދޭން އަޅުގަނޑު ނުދަންނަވާނަން، އަދި އެއްވެސް މީހަކަށް ލިބެން ޖެހޭ ހައްގު އަދަބު ލިބުން ހުއްޓުވުމަކަށް ވެސް އަޅުގަނޑު ނުދަންނަވާނަން،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ކަމެއް ހިނގުމުން އެ ކަމުގެ ދެކޮޅު ނުބަލައި، އެއަށް ބަސް ބުނުމާއި އަދަބު ދޭން އުޅުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކުގައި ވެސް އޮތް ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމައެކަނި މި ދަންނަވާ ވާހަކައަކީ ކަމެއް ހިނގާ އިރަށް އަޅުގަނޑުމެން އޭގެ ދެކޮޅު ނުބަލައި، ވާނުވާ ނޭނގި، އެ އަމަލު ކުރަން ފެށުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކުގައި ވެސް އޮތް ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ބްލެކްމެއިލްގެ މައްސަލާގައި 43 މީހުންނާ ގުޅޭ ފޮޓޯ ނަގައި އަދި ބައެއް ފޮޓޯ އުފައްދާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ އަތްޕުޅުގައި އެ މައްސަލާގައި ހުރި ބައެއް މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ވީޑިއޯއިން ފެންނަނީ ނާޒިމް ކަމަށް އޭނާ އިންކާރު ކުރެ އެވެ. ވީޑިއޯގެ މައްސަލައިގައި ނާޒިމް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފި އެވެ.

ވީޑިއޯގެ އިތުރަށް މީގެ އަހަރުތަކެއް ކުރިން ނާާޒިމް ކުރެއްވި ޓްވީޓެއްގައި ރަސޫލާއަށް ފުރައްސާކޮށްފައިވާ ކަމަށް ބެލެވޭ ވާހަކަތަކެއް ލިޔުއްވާފައި އޮތުމުން އެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox